
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި ފަގީރުން ދިރިއުޅޭ ސަރަޙައްދެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، އެތަކެއް ހާސް ބަޔެއްގެ ގެދޮރު އަނދައި، ހުލިވެއްޖެއެވެ. ނޮވެންބަރު 25ވަނަ ދުވަހު އިރުއޮއްސުނު ވަގުތު އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ކޯރައިލް ސަރަޙައްދުގައެވެ. އެއީ، ޓިނުޖަހައިގެން ހިޔާކޮށް، އާދައިގެ ގޮތަކަށް ބިނާ ކޮށްފައިވާ އެތަކެއް ހާސް ގެދޮރު ހުންނަ ސަރަޙައްދެކެވެ. 80،000 އެއްހާ މީހުން ދިރިއުޅޭ ކޯރައިލަކީ ދާކާގައި ފަގީރުން ދިރިއުޅޭ އެންމެ ބޮޑު އެއް ސަރަޙައްދެވެ. ދާކާގެ ކަމާ ގުޅޭ އިދާރާތަކުން ބުނީ، އަލިފާނުގެ ހާދިސާގައި އެތަކެއް ސަތޭކަ ގެއެއް އަނދައި ހުލިވެފައިވާ ކަމުގައެވެ. އަދި، މި ހާދިސާއާ ގުޅިގެން އެތަކެއް ހާސް ބަޔެއްގެ ގެދޮރު ނެތިފައިވާ ކަމުގައެވެ. އަލިފާނުގެ ހުޅުގަނޑު ފެތުރެން ފެށުމާ އެކު، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ވަނީ ހިފައިގެންގުޅޭ ތަކެތި ހިފައިގެން އެ އަވަށުން ނިކުމެފައެވެ.
ކޯރައިލަކީ ފޯރާ މީހުންނާއި މުއްސަނދިން ދިރިއުޅޭ ގުލްޝަން އަދި ބޮނާނީ އަވަށުގެ މެދުގައި އޮންނަ ސަރަޙައްދެކެވެ. ދާކާގެ އަލިފާން ނިއްވާ އިދާރާގެ އޮފިޝަލެއް ކަމުގައިވާ ތަލްހާ ބިން ޖާސިމް ވިދާޅުވީ، ކޯރައިލްގެ ގެތަކުގައި ރޯވި އަލިފާންގަނޑު ކޮންޓުރޯލު ކުރުމަށް 19 އަލިފާން ނިއްވާ ލޮރީ ފޮނުވަން ޖެހުނު ކަމުގައެވެ. “މަގުތަކުގައި ކާރޫބާރޫ ބޮޑުވުމާ ގުޅިގެން [އަލިފާން ނިއްވާ ލޮރީތަކަށް] އެ ސަރަޙައްދަށް ދަތުރު ކުރުމަށް ލަސްތަކެއް ކުރިމަތިވި، އެ ސަރަޙައްދަށް ވަނުމަށް ފަހު ވެސް، ހަނި ގޯޅިތަކުން އަލިފާން ރޯވެފައިވާ ސަރަޙައްދަށް ދިޔުމަށް ދަތިތަކެއް ކުރިމަތިވި،” ޖާސިމް ވިދާޅުވިއެވެ. ކޯރައިލްގެ ގެތަކުގައި ރޯވި އަލިފާންގަނޑު ކޮންޓުރޯލުކޮށް، ނިއްވައިލެވިފައި ވަނީ ފަސް ގަޑިއިރުގެ މަސައްކަތުންންނެވެ.
އަލިފާނުގެ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ. ނަމަވެސް، އެ ސަރަޙައްދުގެ ރައްޔިތުންނަށް ވަނީ މާއްދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. “އަޅުގަނޑުގެ ހުރިހާ މުދަލެއް [އަލިފާނުގައި] ގެއްލިއްޖެ. އަޅުގަނޑު ދެން ދިރިއުޅޭނީ ކިހިނެއް؟” އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތެއް ކަމުގައިވާ އާމިނާ ބޭގަމް ސުވާލު ކުރިއެވެ. ކޯރައިލްގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ސާފެއް ނޫނެވެ. ނަމަވެސް، އެ ކަން ދެނެގަތުމަށް ތަޙުޤީޤެއް ހިންގާނެ ކަމަށް ބެލެވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
