
(ފޮޓޯ ކްރެޑިޓްސް: ވިކްޓްރީ)
ރާއްޖޭގައި ހުއްޓިފައި އޮތް އަންހެނުންގެ ފުޓްބޯޅަ މުބާރާތް 6 ޓީމާއެކު ނަމަވެސް އަލުން ފަށައިގަތުމަކީ ރަނގަޅު ފެށުމެއް ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ވިދާޅުވެއްޖެއެވެ. 10 ވަރަކަށް އަހަރަށްފަހު އެފްއޭއެމްގެ އަންހެން ލީގު ފެށުމަށްވަމުން ދާ ތައްޔާރީތަކާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ޒަރީރު ވިދާޅުވީ ގިނަ ޓީމުތައް ބައިވެރިކުރެވޭތޯ އެފްއޭއެމުން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެހެންނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި ޓީމުތައް އެކުލަވާލަން ކުލަބުތަކަށް ދަތިތައް ހުރިކަން ފާހަގަ ކުރެވުނު ނަމަށާއި އެހެންނަމަވެސް އިރާދުކުރެއްވިއްޔާ އަންނަ އަހަރު ޓީމުތަކުގެ އަދަދު އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ޒަރީރު ވިދާޅުވީ އެންމެ ފުރަތަމަ ބެލީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ އަންހެން ޓީމުތައް ބައިވެރިކޮށްގެން “އެފްއޭއެމް ވުމެންސް ލީގު 2025” ކުރިޔަށް ގެންދިއުމަށް ކަމަށެވެ. އެހެންނަމަވެސް އަންހެން ޓީމުތައް އެކުލަވާލުމަށް ކުލަބުތަކަށް އުނދަގޫތަކެއް އެބަހުރި ކަމަށެވެ.
“ގިނަ ޓީމު ބައިވެރި ކުރެވޭތޯ މަސައްކަތް ކުރިން. އެހެންނަމަވެސް ބައެއް ކުލަބުތަކަށް އުނދަގޫތަކެއް އެބަހުރި. މިކަމަށް ހުރިހާ ކުލަބުތަކުން ދިން އެއްބާރުލުން އުފަލާއެކު ފާހަގަކުރަން. އިރާދު ކުރެއްވިއްޔާ އަންނަ އަހަަރު މިއަށްވުރެ ރަނގަޅުވާނެ. 6 ޓީމާއެކު ފެށުމަކީވެސް ރަނގަޅު ފެށުމެއް ކަމަށް މި ބަލަނީ” ޒަރީރު ވިދާޅުވިއެވެ. އެފްއޭއެމް ވުމަންސް ލީގު 2025 ކުރިޔަށްދާނީ ޑިސެންބަރު 1-23 އަށް ގަލޮޅު ދަނޑުގައެވެ. މި މުބާރާތުގައި ވާދަކުރާނީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ވިކްޓްރީ ސްޕޯޓްސް ކުލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، ޓީސީ ސްޕޯޓްސް ކުލަބު، އޮޑި ސްޕޯޓްސް ކުލަބު އަދި ދެވަނަ ޑިވިޝަނުގެ ކުލަބު ބިސްބުރު ސްޕޯޓްސްއެވެ. އެފްއޭއެމް ވުމަންސް ލީގު 2025 ލީގު އުސޫލުން ކުޅުމަށް ހަމަޖެހިފައިވާއިރު ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކުރަން ޖެހޭނެއެވެ. 35 މިނިޓްގެ ދެ ހާފު ކުޅުމަށް ހަމަޖެހިފައިވާއިރު މެޗުތައް ރާވާފައިވަނީ ދިވެހި ޕްރިމިއާ ލީގުގެ ތާވަލާ ފުށޫނާރާ ގޮތަށެވެ. އަދި ކޮންމެ ދެ މެޗެއް ދޭތެރެއިން މަދުވެގެން ދެ ދުވަހުގެ ބްރޭކެއް ލިބޭ ގޮތަށެވެ.
މުބާރާތުގައި ބައިވެރިވާ ކުލަބުތަކުން ވަނީ އަންހެނުންގެ ފުޓްބޯޅައަށް އިދާރާތަކުން ދޭ އަހަންމިއްޔަތުކަން ކުޑަކަން ފާހަގަކޮށް ކުޅުންތެރިންގެ ރިލީޒް ނުލިބޭތީ އެކަން ބޮޑުވުން އެފްއޭއެމާއި ހިއްސާކޮށްފައެވެ. އެގޮތުން ސަރުކާރުގެ ބައެއް އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުބާރާތުގައި ނުކުޅެވޭނެކަން އަންގާފައިވާ ކަމަށާއި، އެހެންނަމަވެސް ފިރިހެން ކުޅުންތެރިންނަށްނަށް ބަރާބަރަށް ރިލީޒްދޭކަން ބައެއް ކުލަބުތަކުން ފާހަގަ ކުރިއެވެ. އެހެންކަމުން ޓީމުތައް އެކުލަވާލުމަށް ދަތިތައް އެބަހުރި ކަމަށާއި، ލީގު ފެށުން ކުޑަކޮށް ލަސްކޮށްދިނުމަށްވެސް ބައެއް ކުލަބުތަކުންވަނީ އެފްއޭއެމުގައި އެދިފައެވެ.
އެފްއޭއެމުން ބުނީ ކުލަބުތަކުގެ މި ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމަށް ސްޕޯޓްސް ކޮމިޝަނަރގެ އޮފީހާއި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ލީގު ފެށުން ލަސްކުރެވެން ނެތީ ދިވެހި ޕްރިމިއާ ލީގުގެ ތާވަލާ ފުށޫއެރުންތަކެއް ކުރިމަތިވެދާނީ ދަނޑު ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް އެފްއޭމުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
