
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސަރުކާރުން ގާއިމުކޮށްފައިވާ އެއްވެސް ސްޕޯޓްސް ކޮމްޕްލެކްސްއެއްގައި އަދި ބޮޑީ ބިލްޑިން އެތުލީޓުން ޓްރެއިން ކުރެވޭވަރުގެ ފެސިލިޓީއެއް ބިނާކުރެވިފައި ނެތް ކަމަށާއި، އުންމީދަކީ ކުރިޔަށް އޮތް ތަނުގައި ސަރުކާރުން އެފަދަ ފުރުސަތެއް ފަހިކޮށްދިނުން ކަމަށް ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)ގެ ރައީސް އަބްދުލް ހަސީބު ހުސެއިން ވިދާޅުވެއްޖެއެވެ. ބޮޑީ ބިލްޑިންގ އެސޯސިއޭޝަނުގެ ރައީސް ވިދާޅުވީ މިހާރު މިކުޅިވަރަށް ކުދިން ނެރެން ކުރާ މަސައްކަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ މިންވަރަށް ރާއްޖޭގައި ވަސީލަތްތައް ނެތުން ކަމަށެވެ. އޭޝިއާ މުބާރާތާއި ވޯލްޑް ޗެމްޕިއަންޝިޕުގައި ވެސް ރާއްޖޭގެ އެތުލީޓުން ރަންވަނަތައް ހާސިލުކުރާ މިކުޅިވަރަށް ދިމާވެފައިވާ ގޮންޖެހުންތައް ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން ހަސީބް ވިދާޅުވީ ބީބީއެމް އިން މިހާރު ޓްރޭނިން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަނީ އަމިއްލަ ފަރުދެއްގެ ޖިމެއް ކަމަށެވެ.
“އަމިއްލަ ފަރުދެއްގެ ޖިމް މި ބޭނުން ކުރަނީ. އެއްވެސް ކުޅިވަރު ކޮމްޕްލެކްސްއެއްގައި ބޮޑީ ބިލްޑިންގެ ޓްރޭނިންތައް ހެދޭވަރުގެ ވަސީލަތްތަކެއް ގާއިމުވެފައި ނެތް ކަމަށާއި، ކުރިޔަށް އޮތްތަނުގައި މި ކުޅިވަރަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރަން” ހަސީބު ވިދާޅުވިއެވެ. ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ވަނީ ސަރުކާރުން ވަކިން ހާއްސަކޮށް ކުޅިވަރު ވަޒީރު އަދި ކޮމިޝަނަރް އޮފް ސްޕޯޓްސް މި ކުޅިވަރުގެ ކަންކަން ގާތުން ބައްލަވާ ދެއްވާ އަހަންމިޔަތުކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. ރާއްޖެއިން ރަން މެޑަލް، ރިހި މެޑަލް އަދި ލޯ މެޑަލް ހޯދި ވޯލްޑް ޗެމްޕިއަންޕިއަންޝިޕަށް އިޝާރާތް ކުރައްވާ ހަސީބު ވިދާޅުވީ މިއީ އެތުލީޓުންގެ 12 ހަފްތާގެ ވަރަށް ބުރަ މަސައްކަތް ކަމަށެވެ. އެހެން ކުޅިވަރުތަކާއި މި ކުޅިވަރުގައި ހިފަހައްޓަންޖެހޭ އަހުލާޤުތައް ތަފާތު ކަމަށާއި، ކާމިޔާބީއާއި ހަމައަށް ދެވެނީ ވަރަށް ގިނަ ކަންތައްތަކެއް ގުރުބާން ކޮށްގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިއީ ބޮޑު ހަރަދެއް ހިނގާ ކުޅިވަރެއް ކަމަށާއި، ކެއިން ބުއިމަށް އެކަނިވެސް ބޮޑު ހޭދައެއް ހިނގާއިރު އެ ހަރަދުތައް ހަމަޖައްސަން ޖެހެނީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެ ލިބޭ މުސާރައިންކަން ހަސީބު ފާހަގަކުރިއެވެ. ސަރުކާރުން އެތުލީޓުންގެ މުސާރަ 7000 ރުފިޔާއަށް ބޮޑު ކޮށްދެއްވުމުން އެ ތަކްލީފަށް ވަރަށް ބޮޑު ލުއެއް ލިބިގެން ހިނގައްޖެ ކަމަށްވެސް ހަސީބު ވިދާޅުވިއެވެ. “މި ކުދިންގެ ކެއުމާއި އެއްޗެހި ވަރަށް ސްޓްރިކްޓް ވެގެންދާނެ ފަހު ދެ ހަފްތާގައި ވަރަށް ބޮޑު ސެކްރިފައިޒެއް ވެގެން މި ހިސާބަށް ދެވޭނީ. ކުޅިވަރުގެ ގޮތުން ޑައިޓްގެ ބޮޑުބައި އެކުއްޖެ އަމިއްލައަށް ހަމަޖައްސަނީ އެއްވެސް ވުޒާރާއަކުން ނުވަތަ ސަރުކާރަކުން ނީންދެ އިތުރު އިނާޔަތެއް. މަންތްލީ އިންނަ ސެލަރީ ލިބޭނީ ހަމަ” ހަސީބު ވިދާޅުވިއެވެ. ބޮޑީ ބިލްޑިންއަކީދުޅަހެޔޮ މުޖުތަމައެއް ޕްރޮމޯޓް ކޮށްދޭ ކުޅިވަރެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
“ބޮޑީ ބިލްޑިން އަކީ ނޭޝަން ބިލްޑިން. އެހެން ކުޅިވަރުތަކާއި ހިލާފަށް ތަންކޮޅެއް ޓަފްވާނެ، އުންދަގޫވާނެ، ކޮންމެ ސްޕޯޓަކީވެސް ވަރަށް ޑިސިޕްލިން، ހާޑް ވޯކް. އެކްސްޓްރީމަށް ދާން ޖެހޭ އެއްޗެއް މީ ތަންކޮޅެއް މައްޗަށް. ދުޅަހެޔޮ މުޖުތަމައަކަށް ސިއްހަތު ބިނާކުރަންވެސް ރަނގަޅު ކުޅިވަރެއްމީ” ހަސީބު ވިދާޅުވިއެވެ. އެސޯސިއޭޝަނުގެ އުންމީދަކީ ގައުމީ މުބާރާތާއި އެހެނިހެން މުބާރާތްތަކުގައިވެސް ބައިވެރިވާ އެތުލީޓުންގެ އަދަދު އިތުރުން ކަމަށާއި، ކުރިޔަށް އޮތްތަނުގައި މިކުޅިވަރަށް ޝައުގުވެރިވާ ޒުވާނުން އިތުރުކޮށް މިކަމުގެ ތެރެއަށް ނެރުން ކަމަށްވެސް ހަސީބު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
