
އަންނަ އަހަރު ބާއްވާ ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި ވާދަވެރި ޕާކިސްތާނާއި އިންޑިޔާ އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ. އަންނަ ފެބްރުއަރީ ފަހު ފަށާ މި ފަހަރުގެ މުބާރާތް ކުޅޭނީ ދެ ގައުމެއްގަ އެވެ. އެއީ އިންޑިޔާ އާއި ސްރީލަންކާގަ އެވެ. މި ގޮތަށް ކުޅެން ޖެހުނީ ވެސް އިންޑިޔާ އާއި ޕާކިސްތާނުގެ އަރައިރުންތަކުގެ ސަބަބުންނެވެ. އިންޑިޔާގެ ފަސްގަނޑުގައި ޕާކިސްތާން މީހަކު ހުންނަން ބޭނުންނުވާތީ އެވެ. މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއި އެމެރިކާ އާއި ނެދަލޭންޑްސް އާއި ނެމީބިއާ އެވެ. ގްރޫޕް ބީގައި ހިމެނެނީ ލަންކާ އާއި އޮސްޓްރޭލިޔާ އާއި އަޔަލޭންޑް އާއި ޒިމްބާބުވޭ އާއި އޮމާނެވެ. ގްރޫޕް ސީގައި ހިމެނޭ އެންމެ ގަދަ ގައުމަމީ އިނގިރޭސިވިލާތެވެ. ދެން ހިމެނެނީ ވެސްޓް އިންޑީޒާއި ބަނގްލަދޭޝް އާއި ނޭޕާލް އަދި އިޓަލީ އެވެ. ގްރޫޕް ޑީގައި ހިމެނެނީ ނިއުޒީލޭންޑާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި ކެނެޑާ އާއި ޔޫއޭއީ އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖައްސާފައިވަނީ މާޗު މަހުގެ އަށް ވަނަ ދުވަހު އިންޑިޔާގަ އެވެ. މިހާރު އޮތް ގޮތުން ސެމީ ފައިނަލުގެ ދެ މެޗު ވެސް ކުޅެނީ އިންޑިޔާގެ ކަލްކަތާގަ އެވެ. ނަމަވެސް ޕާކިސްތާން ސެމީ ފައިނަލަށް ދަތުރުކޮށްފިނަމަ އެ މެޗު ކުޅޭނީ ލަންކާގަ އެވެ. ޕާކިސްތާނު ފައިނަލަށް ދަތުރުކޮށްފިނަމަ އެކަމާމެދު ގޮތެއް ނިންމާނީ އަދި ފަހުންނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕާކިސްތާނާއި އިންޑިޔާ ވާދަކުރާނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ލަންކާގެ ކުރީގެ ރައީސް ރަނަހިންހާ ޕްރެމަދާސާ ކްރިކެޓް ދަނޑުގަ އެވެ. މި މުބާރާތުގައި އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާ ދެ ގައުމަކީ ވެސް މިއީ އެވެ. ސަބަބަކީ ސިޔާސީ އަރައިރުންތަކުގެ ސަބަބުން އިންޑިޔާއިން ޕާކިސްތާނުގައި މެޗު ކުޅެން ދެކޮޅު ހެދުމެވެ. ޕާކިސްތާނުގައި މި އަހަރު ބޭއްވި އޭޝިޔާ ކަޕުގެ މެޗުތަކަށް ވެސް އިންޑިޔާ ނުދެ އެވެ. އެ ގައުމުގެ މެޗުތައް ކުޅުނީ ޑުބާއީގަ އެވެ. އިންޑިޔާ ފައިނަލަށް ދިއުމުން ފައިނަލް ކުޅުނީ ވެސް އެ ގައުމުގަ އެވެ. ނަމަވެސް ޗެމްޕިއަންކަން ލިބުމުން އިންޑިޔާ އަށް ތަށި ހިފައިގެން ގައުމަށް ދެވޭ ގޮތެއްނުވި އެވެ. ސަބަބަކަށްވީ އޭސީސީގެ ރައީސް މޮހްސިން ނަގްވީގެ އަތްޕުޅުން ތަށި ލިބިގަންނަން އިންޑިޔާ ބޭނުންނުވުމެވެ.
ސަބަބެއް ކަމުގައި ބުނީ އޭނާ އަކީ ޕާކިސްތާން ސަރުކާރުގެ އިސް ވަޒީރަކަށް ވާތީ ކަމަށެވެ. މިހެންވެ ނަގްވީ އެންގެވީ އޭނާގެ އަތްޕުޅުން ތަށި ބޭނުންނުވާނަމަ ތަށި ނުދީ ރަސްމިއްޔާތު ނިންމާލުމަށެވެ. މިކަމާ ގުޅިގެން އިންޑިޔާއިން މިހާރު ވެސް ވަނީ ނަގްވީގެ މައްސަލަ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލަށް ހުށަހަޅާފަ އެވެ. މީގެ އިތުރުން ޕާކިސްތާނުގެ ގައުމީ ޓީމުތަކަށް އިންޑިޔާގައި ބާއްވާ މުބާރާތްތަކުގައި ކުޅެން އެ ގައުމަށް އެތެރެވެވެނީ ވެސް ހަރުކަށި ގަވާއިދުތަކެއްގެ ތެރެއިން ދަތި އުނދަގޫތަކަކާއެކުގަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
