
ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޕެލޭގެ ބްރޭންޑްގެ ހުރިހާ ތަކެއްޗަކާއި ވިޔަފާރިތަކެއް ބްރެޒިލްގެ މިހާރުގެ ތަރި ނޭމާގެ ކުންފުނި، ނޭމާ ސްޕޯޓްސް (އެންއާރު ސްޕޯޓްސްއިން) ބަލަހައްޓަން ފަށައިފިއެވެ. ނޭމާ ސްޕޯޓްސްއިން ޕެލޭ ބްރޭންޑް ބަލަހައްޓައި އޭގެ ވިޔަފާރި ކުރަން ފެށީ އެ ބްރޭންޑް އެ ކުންފުނީގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އެވެ. މީގެ ކުރިން ޕެލޭ ބްރޭންޑްގެ ހުރިހާ ތަކެއްޗެއް މާކެޓްކޮށް ބަލަހައްޓައި ވިޔަފާރި ކުރަމުންދިޔައީ އެމެރިކާގެ ސްޕޯޓްސް 10 ކުންފުނިންނެވެ. ނަމަވެސް މި މުއާމަލާމާތުގެ ރަސްމީ އަގެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ބްރެޒިލްގެ ބައެއް މީޑިއާތަކުން ބުނަނީ މިއީ 18 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ޕެލޭ ބްރޭންޑް ތަމްސީލުކުރީ އޭނާގެ އަންހެން ދަރިފުޅު ފްލާވިއާ އެވެ. ނޭމާ ބްރޭންޑް ތަމްސީލު ކުރީ އެ ކުންފުނީގެ އެންމެހާ ކަމެއް ބަލަހައްޓަމުންދާ ނޭމާގެ ބައްޕަ ނޭމާ ސަންޓޯސް ސީނިއާ އެވެ. “މިއީ ވަރަށް އަގުހުރި ފުރުސަތެއް. މި ބްރޭންޑް މާކެޓް ކުރަން ލިބުމަކީ އަހަރުމެންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ބްރެޒިލްގައި މި ބްރޭންޑަކީ އަދިވެސް މީހުން ގަޔާވާ އަދި ލޯބިކުރާ ބްރޭންޑެއް،” ނޭމާގެ ބައްޕަ ބުންޏެވެ. ތިން ފަހަރެއްގެ މަތީން ބްރެޒިލަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޕެލޭ މަރުވީ 2022 ވަނަ އަހަރު އެވެ. އޭނަ އަކީ ދުނިޔެ ދެކެފައިވާ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އަދި ބްރެޒިލްގެ އެންމެ ވަރުގަދަ ލެޖެންޑެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
