
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ސަރުކާރަށް ވުރެ ޓެކްސީ ޑްރައިވަރުންގެ އަގުވަޒަންކުރާ ސަރުކާރެއް ނާންނާނެ ކަމަށެވެ. މިއީ އާއްމު ދަތުރުފަތުރުގެ ގޮތުގައި ސަރުކާރުން ފަށަން ތައްޔާރުވެފައިވާ ޓެކްސީ ލައިންގެ ހިދުމަތާ ގުޅިގެން ޑްރައިވަރުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ރޭ މާލޭގައި ދެއްވި ޖަވާބެކެވެ.
ރައީސް ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް ސަރުކާރުން އިސްކަންދޭކަން ދައްކުވައިދެނީ، ފްލެޓު ސްކީމްގައި ޓެކްސީ ޑްރައިވަރުންގެ އާއިލާތަކަށް 50 ފްލެޓް ހާއްސަކުރުމާއި، ގާނޫނީ ހައިސިއްޔަތު ލިބިގެންދާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް ގާއިމުކޮށް، އެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ހައުސިން ސްކީމްތަކާއި ލުއި ލޯނު ފަދަ ފުރުސަތުތައް ލިބޭނެ ގޮތް ހަމަޖެއްސުންފަދަ ކަންކަމުންނެވެ. މިހާތަނަށް 100 އަށް ވުރެ ގިނަ ޑްރައިވަރުން މި ދަފްތަރުގައި ވަނީ ނަންނޯޓުކޮށްފަ އެވެ. ރައީސް އިތުރަށް ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްގެން ފަށާ ޓެކްސީ ލައިންގެ ހިދުމަތަކީ ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި އަތުލުމުގެ ބޭނުމުގައި ފަށާ ހިދުމަތެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ދަތުރުފަތުރުގެ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ފަށާ ހިދުމަތެއް ކަމަށެވެ. މި ހިދުމަތަށް ޑްރައިވަރުން ހޯދުމުގައި މިހާރު ޓެކްސީ ޑްރައިވަރުންނަށް އިސްކަންދޭނެ ކަމަށާއި، 150 އިލެކްޓްރިކް ވެހިކަލް އަންނަ އަހަރުގެ ޖެނުއަރީ ހިސާބުގައި ރާއްޖެ ގެނެސް ހިދުމަތް ފެށޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މި ހިދުމަތުން ޑްރައިވަރުންނަށް ގަވާއިދުން ފައިސާ ލިބި، އާއިލާއާ އެކު ވަގުތު ހޭދަކޮށް، އަބުރުވެރި ދިރިއުޅުމެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
24 ގަޑިއިރު ދޭން ނިންމާފައިވާ މި ހިދުމަތަކީ އޫބާ ފަދަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ދޭ ހިދުމަތެކެވެ. މި ހިދުމަތް ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހިދުމަތް ދޭން ފަށާއިރު، ދެވަނަ ފިޔަވަހީގައި 2026 އަދި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް ހިދުމަތް ތައާރަފްކުރާނެ އެވެ. ތިންވަނަ ފިޔަވަހީގައި ރަސްމާލެ، ގިރާވަރު، އައްޑޫ އަދި ފުވައްމުލަކުގައި މި ހިދުމަތް ފެށުމަށް ހަމަޖެހިފައިވެ އެވެ. ކުރިން މި ހިދުމަތް މި އަހަރުގެ އޮގަސްޓްގައި ފެށޭނެ ކަމަށް އިއުލާނުކޮށްފައިވީ ނަމަވެސް، އެކި ސަބަބުތަކާ ހުރެ ވަނީ ލަސްވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
