
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ގައުމީ ބޭންކް، ބީއެމްއެލް އިން ބޭންކިންގ ގާނޫނާ ހިލާފަށް ލޯނު ދޫކުރަން އުޅޭ ކަމަށް ބުނެ ފަތުރާ ވާހަކަތައް މިއަދު ދޮގުކޮށްފި އެވެ. ބީއެމްއެލްގެ ތަރުޖަމާން މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރުން ބައެއް އަމިއްލަ ކުންފުނިތަކާ އެކު ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކިން ގާނޫނާ ހިލާފަށް ލޯނު ދޫކުރާ ކަމަށް ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. ބީއެމްއެލް އިން ލޯނު ދޫކުރަނީ އަބަދުވެސް ރާއްޖޭގެ ބޭންކިންގ ގާނޫނާއި ގަވާއިދުތަކާ، އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިފަދަ ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ބީއެމްއެލް އިން ވަނީ ސިފަކޮށްފަ އެވެ.
މިކަމަށް ބީއެމްއެލް އިން ރައްދު ދީފައި މިވަނީ، ސަރުކާރުން 2.7 ބިލިއަން ރުފިޔާގެ 206 މަޝްރޫއު 53 ކުންފުންޏަކާ، ބީލަމަށް ނުލައި އަދި ހާމަކަމެއް ނެތި ހަވާލުކޮށްފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ފާޑުކިޔައި، އެ މަޝްރޫއުތަކަށް ބީއެމްއެލް މެދުވެރިކޮށް ފައިނޭންސް ހަމަޖައްސާ ކަމަށް ބުނެ ނޫސްބަޔާނެއް ނެރެފައި ވަނިކޮށެވެ. ފިނޭންސް މިނިސްޓަރު ޒަމީރު ވަނީ އެ މަޝްރޫއުތައް ހިންގާ ދިވެހި ވިޔަފާރިތަކަށް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެެއިން ބަރާބަރަށް ފައިސާ ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
