
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވޯލްޑް ކަޕުގެ ގިނަ މެޗުތަކެއް ގެއްލުނަނުދީ ވާނެ ގޮތް ހަދައިފިއެވެ. ޔޫރަޕުގެ ކޮލިފައިންގެ ފަހު މެޗަށް ރޮނާލްޑޯ ސަސްޕެންޑް ކުރީ އޭގެ ކުރީ މެޗުގައި އަޔަލޭންޑްގެ އޯޝެއާ ދިން ހަމަލާގެ ސަބަބުންނެވެ. މި ހަމަލާގެ ސަބަބުން އެ މެޗުގައި ދެއްކި ރަތްކާޑާއެކު ރޮނާލްދޯ ހުރީ ތިން މެޗަށް ސަސްޕެންޑްކޮށްފަ އެވެ. މީގެ ސަބަބުން އޮތް ބިރަކީ އޭނާ އަށް އަންނަ އަހަރުގެ ވޯލްޑް ކަޕުގައި ޕޯޗުގަލް ކުޅޭ ފުރަތަމަ ދެ މެޗުގައި ނުކުޅެވޭނެތީ އެވެ.
ނަމަވެސް ފީފާއިން މިހާރު ވަނީ އޭނާގެ އަދަބު ތަންފީޒު ކުރުން އެއް އަހަރަށް ސަސްޕެންޑްކޮށްފަ އެވެ. މިހެން ހެދުމުން ވޯލްޑް ކަޕުގެ އެއްވެސް މެޗެއް އޭނާއަށް ނުގެއްލޭނެ އެވެ. ޕޯޗުގަލްގެ ކެޕްޓަންކަން ވެސް ކުރާ ކުޅުންތެރިޔާގެ މި އަދަބަށް ލުއިދިނީ މީހެ ހަފުތާއެއްހާ ދުވަސް ކުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ވައިޓް ހައުސްގައި ހާއްސަ ބައްދަލުވުމެއް ބާއްވާފާއިވަނި ވަނިކޮށެވެ. މި ބައްދަލުވުމަށް ފަހު އޮތް ހާއްސަ ފަރިއްކޮޅުގައި ސައޫދީ އަރަބިއާގެ ޕްރިންސް މުހައްމަދާއި ދުނިޔޭގެ މަޝްހޫރު ވިޔަފާރިވެރިންނާއި ފީފާގެ އިސްވެރިން ވެސް ބައިވެރިވި އެވެ. މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އަށް ވެސް ކުޅުނު ރޮނާލްޑޯ މިހާރު ކުޅެމުންދަނީ ސައޫދީ އަރަބިއާގެ އައް ނަސްރަށެވެ.
އުމުރުން މިހާރު 40 އަހަރުގެ ރޮނާލްޑޯ އަކީ ދުނިޔެ ދެކެފައިވާ އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. އޭނާ އަކީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމާއި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮންނަ ކުޅުންތެރިޔާ ވެސްމެ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ފޯވަޑަށް އަޔަލޭންޑް މެޗުގައި ދެއްކި ރަތްކާޑަކީ ގައުމީ ޖާޒީގައި ކުޅުނު 226 މެޗުގެ ތެރެއިން އޭނާ އަށް ދެއްކި ފުރަތަމަ ރަތްކާޑެވެ. ފީފާއިން ބުނީ އެ ޖަމާއަތުގެ ޑިސިޕްލިނަރީ ގަވާއިދުގެ 27 މާއްދާގެ ދަށުން ރޮނާލްޑޯ އަށް ދީފައިވާ ތިން މެޗުގެ ސަސްޕެންޝަނުގެ ތެރެއިން ދެ މެޗު އެއް އަހަރު ދުވަހަށް ފަސްކުރީ ކަމަށެވެ. އަދި އަނެއް މެޗު މިހާރު ފުރިހަމަވެފައިވާ ކަމަށެވެ.
މިއާއެކު ހަ ވަނަ ފަހަރަށް ވޯލްޑް ކަޕުގައި ކުޅެން އޭނަ ކުރާ އުއްމީދު ހަގީގަތަށް ހަދައި ޕޯޗުގަލް ގޮވައިގެން ކުރިއަށްދާން ހުރަހެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
