
ރަސްމާލެ ހިއްކުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހަށް ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފައެވެ. މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުތައް ފެށުމަށް ނިންމަވާފައިވާ ރަސްމާލެ މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށް އަންނަ މަހުގެ ތެރޭގައި ބޮޑު ޑްރެޖަރެއް އަންނާނެކަމަށެވެ. އެގޮތުން ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ޑްރެޖަރުތަކަށްވުރެ ބޮޑު ޑްރެޖަރަކާއެކު ބިން ހިއްކުމުގެ މަސައްކަތް އަވަސްވާނެކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިވަގުތުވެސް 3 ސަރަޙައްދަކުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަސް ނުވަތަ އޭޕްރީލް މަހާއި ހަމައަށް ނިންމޭނެކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“ރަސްމާލެ ހިއްކާ ނިމޭނެ އަންނަ މާރިޗު ނުވަތަ އޭޕްރީލް މަހާހިސާބަށް، އެއީ ހުޅުމާލެއަށްވުރެ ތިންގުނަ ބޮޑު ސަރަޙައްދެއް. ޖުމްލަ 25000 ގޯތިދޫކުރުމަށް ނިންމާފައިވަނީ. ފުރަތަމަ ބުރުގައި 15000 މިހާރުވާނީ ޢިއުލާން ކުރެވިފައި.” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަސްމާލެ ބިން ހިއްކާ ނިމޭއިރު އެސަރަޙައްދުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ ނިމޭނެކަމަށެވެ. އެކަމަށްޓަކައި އުސޫލުގެ ތެރެއިން މިހާރުވެސް މިމަސައްކަތްތައް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރީގެ ސަރުކާރުން ގޯތިތައް ދީފައި ހުރި ތަންތަނަކީ ނުހިއްކާ ހުރި ތަންތަންކަމަށާއި މިތަންތަން ހިއްކުމުގެ މަސައްކަތް މިސަރުކާރުން ފަށައިގެން ކުރިއަށްދާ ކަމަށެވެ. މިތަންތަން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް އިތުރު ޑްރެޖަރު ގެނެސްފައިވާ ކަމަށާއި އެޑްރެޖަރު ބޭނުންކޮށްގެން ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށާއި، އަންނަމަހުގެ ނިއަލަށް ފޭސް ތިނެއްގެ ފުލް ސްކޯޕްގެ މަސައްކަތް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ނިމުމުން ގިރާވަރު ފަޅުގެ މަސައްކަތް ފަށައި މިމަސައްކަތްވެސް ދެމަހެއްހާ ދުވަސް ތެރޭގައި ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވިދާޅުވީ، ރަސްމާލޭގެ މާސްޓަރޕްލޭން ހެދުމުގެ މަސައްކަތް ކުރުމަށް ބޭރުގެ ކޮންސަލްޓަންޓަކާއި ހަވާލުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނިމެންވާއިރަށް އެމަސައްކަތްކުރުމަށްވެސް މިހާރުދަނީ މަސައްކަތް ކުރަމުންނެވެ. މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔަވަހިކަމުގެ މައްސަލައަށް ހައްލެއް ގެނުވާނެ މަޝްރޫޢަކީ، ރަސްމާލެ މަޝްރޫޢުކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިގޮތުން ޖުމްލަ 25000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ބުރުގައި ސަރުކާރުންވަނީ ރަސްމާލެއިން 15000 ގޯތިދޫކުރުމަށް ނިންމަވާ އެކަން ޢިއުލާންކުރައްވާފައެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރަމުން އަންނަ ފްލެޓްތައް ލިބިފައިވާ ފަރާތްތައް އެތަނަށް ވެއްދުމަށްޓކައި ކުރަން ޖެހޭ މަސައްކަތް އެޗްޑީސީން ކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އައު ފުލެޓުތަކުގެ ހުރިހާ ޓަވަރަކަށްވެސް ދިރާސީ އައު އަހަރު ފެށޭއިރަށް މީހުންނަށް ވަދެވޭނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވިގޮތަށް ފްލެޓާއި ގޯތި ލިބުނު ފަރާތްތަކަށް ހަމައެގޮތަށް ފްލެޓާއި ގޯތި ލިބޭނެކަމަށާއި އެކަން އެގޮތަށް ކުރައްވަމުން ގެންދަވާކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
