
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޒުވާނުން ބާރުވެރިކޮށް، އެފަދަ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޚާއްސަ އިސްކަމެކެވެ. މިދިޔަ ދެ އަހަރު ވަނީ މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރެވިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ކުޅިވަރާއި ޒުވާނުންގެ ދާއިރާ ވަކިކުރައްވައި، ޒުވާނުންގެ ކުރިމަގަށް ޚާއްސަ ވުޒާރާއެއް އުފެއްދެވިއެވެ. މި ވުޒާރާގެ އަމާޒަކީ ދިވެހި ޒުވާނުން ހީވާގި، އުފެއްދުންތެރި އަދި ޒަމާނަށް އަހުލުވެރި ބަޔަކަށް ހަދައި، ޤައުމީ ތަރައްޤީގައި އެމީހުންގެ ދައުރު ފުޅާކުރުމެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ މުހިންމު މަސައްކަތަކީ، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ހިންގުމެވެ. މި ޕްރޮގްރާމްގެ މަޤުސަދަކީ، ބިދޭސީ މަސައްކަތްތެރިންގެ އަދަދު މަދުކޮށް، ހުނަރުވެރި ދިވެހި ޒުވާނުން މަސައްކަތުގެ ބާޒާރަށް ނެރުމެވެ. މިހާތަނަށް 62 ޒުވާނުން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާއިރު، 112 ޒުވާނުން ދަނީ ތަމްރީނު ހާސިލުކުރަމުންނެވެ. މީޑިއާ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށް ޕަބްލިކް ސަރވިސް މީޑިއާއާ ގުޅިގެން “ބީމް ޓްރެއިނިންގ އިނިޝިއޭޓިވް” ފަށާފައިވެއެވެ. އަދި ނޫސްވެރިކަން ދަސްކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާ އެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.
މީގެ އިތުރުން، ޒުވާނުންގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ފަށައި، ފްރޭމްވޯކް ހެދުމުގެ މަސައްކަތް އިސްލާމިކް ޔުނިވަރސިޓީއާ ހަވާލުކުރުމަށް އެއްބަސްވުމެއް އެކުލަވާލާފައިވެއެވެ. އަދި “ނޭޝަނަލް ނިއުސް އެޖެންސީ” ގެ ނަމުގައި، ދިވެހި މީޑިއާތަކަށް އެއް ޕްލެޓްފޯމަކުން ކޮންޓެންޓް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް، ރާއްޖޭގައި ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުޞޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލާފައިވާއިރު، އެގޮތުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގެ ލަފާކުރާ ރެވެނިއުގެ 0.1 އިންސައްތަ މީޑިއާތަކަށް ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ. ޖުމްލަކޮށް ބަލާއިރު، މިދިޔަ ދެ އަހަރަކީ ޒުވާނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު މުހިންމު ދެ އަހަރެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
