
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދުންފަތާއި ގުޅުންހުރި ކުށްތަކަށް އަރައިގަންނަނީ، ޤާނޫނުގެ ތެރެއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ޤަބޫނުކުރައްވާ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޖީލަކަށް ދުންފަން މަނާކުރުން ތަންފީޒު ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރުމާއި، ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ސަރުކާރުން ޖެނެރޭޝަނަލް ބޭން ނުވަތަ ޖީލަކަށް ދުންފަތް މަނާކުރުން ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުން ދަނީ އެކަމުގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށެވެ. ވަޒީރު ވަނީ، އެކަން ތަންފީޒު ކުރުމަށް ކުރައްވާ ބައެއް މަސައްކަތްތައްވެސް ޙިއްސާ ކޮށްދެއްވާފައެވެ.
ސިއްޙީ ވަޒީރު ވިދާޅުވީ، ގައިގައިން ނާރާ ބަލިތައް އިތުރުވާ މައްސަލައަށް ޙައްލެއް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ދުންފަތުގެ ސަބަބުން މިފަދަ ބަލިތައް އިތުރުވާ މިންވަރު މަދުކުރުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރާ ކަމަށެވެ. އަދި މިކަމުގައި އަޅަމުންދާ ފިޔަވަޅުތައް 3 ކަމަކަށް ބިނާވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން މިކަމަށް މީހުން ހޭލުންތެރި ކުރުވުމާއި، އެކަން ކުރުމަށް ބޭނުންވާ ސިފަތައް ނުވަތަ ވައްޓަފާޅި މީހުންނަށް އޮޅުން ފިލުވައިދިނުމަށް އަދި އެކަމަށް މީހުންގެ މެދުގައި ޝައުޤުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުން މިމައްސަލަ ޙައްލު ކުރުމަށް ދުންފަތުގެ ނުރައްކަލާއި ގުޅޭގޮތުން އެކި މަންސަތައް މެދުވެރިކޮށް އާންމުންނަށް މައުލޫމާތުދީ، މިކަން ހުއްޓަން ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހިކޮށްދިނުމަށް މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ސިޒޭޝަން ޚިދުމަތް ލިބޭނެ ގޮތް މަގުފަހިކޮށްދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަން ތަންފީޒު ކުރުމުގައި ޤާނޫނާއި ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ނިޒާމުވެސް މިހާރު ޤާއިވްވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިކަންކަން ތަންފީޒުކުރަނީ، ދުނިޔޭގައި މިފަދަ ކަންކަން ކުރާ ގޮތްތަކާއި، އެކަމާއި މެދު ހެދިފައިވާ ޢިލްމީ ދިރާސާތަކާއި، ކަމާއި ގުޅުން ހުރި ހުރިހައި އިދާރާތަކާއިއެކު މަޝްވަރާކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މިކަމުގެ ސަބަބުން އަންނާނެ ބަދަލުތައް ދެނެގަނެވޭނީ، މިފިޔަވަޅުތައް ތަންފީޒުކޮށް އޭގެ ދުވަސްކޮޅެއް ފަހުން ކަމަށެވެ. ސިއްޙީ ވަޒީރު ދެއްވި ޖަވާބާއި ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ވަނީ، މިފަހަކަށް އައިސް ދުންފަތާއި ގުޅުން ހުރި ރޭވިގެން ހިންގާ ކުށްތައް އިތުރުވެފައިވާކަން ފާހަގަކުރައްވާ، މިހާރުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި އެކަމާއި ގުޅުމެއްވޭތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ، އެކަން އެގޮތަށް ހިނގާ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
“އަބަދުވެސް ބައެއް ބަދަލުތަކަކީ، އޭގެއިން ކޮންމެވެސް “އަސަރެއް” ކުރާ ކަން އެއީ އަޅުގަނޑުމެންނަށް އެނގޭ ކަމެއް. އެކަމަކު އަޅުގަނޑު ނުދެކެން ފަހަރެއްގައިވެސް ދުންފަތާއި ގުޅިގެން އަޅުގަނޑުމެން މިއަޅަމުންދާ ފިޔަވަޅުތައް އެއީ ކޮންމެހެން ކުށްތައް އިތުރުވާންޖެހޭ ސަބަބެއް ގޮތުގައެއް. އެގޮތަށް އަޅުގަނޑަށް އަމިއްލަ ހައިސިއްޔަތުންވެސް ޤަބޫލެއް ނުކުރެވޭ. ” ސިއްޙީ ވަޒީރު ނާޡިމް ވިދާޅުވިއެވެ. ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙުގެ ތެރެއިން 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން ވަނީ މަނާވެފައެވެ. އަދި އެއުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މި ޤާނޫނުގެ ދަށުން މަނާ ކަމެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
