
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ކުރިއަށް އޮތް ރަމަޟާން މަސް އައުމުގެ ކުރިން އައްޑޫ ކަރަންޓު ކެޕޭސިޓީ 17 މެގަ ވޮޓަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށް މި ސަރުކާރުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމެޓީގައި ވާހަކަ ދައްކަވަމުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވީ، އައްޑޫ ކަރަންޓު މައްސަލައަކީ މި ސަރުކާރު އައުމުގެ މާކުރިންވެސް އޮތް މައްސަލައެއް ކަމަށެވެ. އަދި މިއަދު މި މައްސަލަ ދިމާވެގެން އުޅެނީ، މީގެކުރިން މިކަން ޙައްލު ކުރުމަށް މިދިޔަ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތުމުން ކަމަށެވެ.
މީގެއިތުރުން މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ލިޔެކިޔުންތަކުން ފެންނަ ގޮތުގައި 2019 އިން ފެށިގެން 2023 އަށް 14 ޖަނަރޭޓަރެއް އައްޑޫއަށް ގެންގޮސްފައިވާ ކަމަށް ދައްކާ ކަމަށާއި، މީގެތެރެއިން 2 ޖަނަރޭޓަރެއް ފިޔަވައި ހުރިހައި ޖަނަރޭޓަރެއް ހުރީ ހަލާކުވެފައި ކަމަށް ފެނަކައިގެ އެމްޑީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ޖަނަރޭޓަރުތައް ހެދުމަށް މި ސަރުކާރުން މިހާތަނަށް 16 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި އައްޑޫގެ ކަރަންޓު މައްސަލަ ޙައްލު ކުރުމަށް މި ސަރުކާރުން މިހާތަނަށް އައްޑޫއަށް 8 ޖަނަރޭޓަރު ގެންގޮސް ކަރަންޓު ކެޕޭސިޓީ 12 މެގަވޮޓަށް އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދާއި ހަމައަށް އެ ޖަނަރޭޓަރުތަކަށް މައްސަލައެއް ދިމާވެ ޝަޓްޑައުންވެފައި ނެތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
“މި ރޯދަމަހަށް އަޅުގަނޑުމެން އިތުރު 1.8 މެގަވޮޓް ޖަނަރޭޓަރެއް އެބަ އަރުވަން. މިއަދާއި ހަމައަށް އަޅުގަނޑުމެން 12 މެގަވޮޓް އެރުވިއްޖެ. އަދި އޭގެ އިތުރުން މި 1.8 މެގަވޮޓް އެރުވީމަ ގާތްގަނޑަކަށް 13، 14 މެގަވޮޓް އަޅުގަނޑުމެންނަށް ޖެނެރޭޓް ކުރެވޭނެ. ހަލާކުވެފައި ހުރި އެއްޗެހީގެ ތެރެއިން އަޅުގަނޑުމެންނަށް ހެދޭ އެއްޗެހީގެ ތެރެއިން މެކްސިމަމް ހުރިހައި އެއްޗެއް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން. ބޭނުންވާ މެޓީރިއަލްސް ސްޕެއަރ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ލިބި މަސައްކަތް ފެށި އިރާދަކުރެއްވިއްޔާ ހެދެން ހުރި ހުރިހައި އެއްޗެއް ހެދި އަޕްކޮށް ގާތްގަނޑަކަށް 16 ނުވަތަ 17 މެގަ ވޮޓް މިބަލަނީ ސިސްޓަމްއަށް ގެނެވޭނެތޯ.” ނަޖާޙް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޝޯޝަލް މީޑިއާ)
ނަޖާޙް ވިދާޅުވީ، އައްޑޫ ކަރަންޓު މައްސަލަ ޙައްލު ކުރުމަށް ކުރެވެން ހުރި ހުރިހައި މަސައްކަތެއް ފެނަކައިން ކުރަމުންދާ ކަމަށެވެ. އައްޑޫގައި މިހާރު ލޯޑް ބޮޑުވާއިރު، އަރަނީ 13 މެގަ ވޯޓަށެވެ. އެހެންކަމުން ރަމަޟާން މަހަށް ގެންނަ އިތުރު ޖަނަރޭޓަރާއިއެކު ލޯޑު ހިފެހެއްޓޭނެ ކަމަށްވެސް ނަޖާޙް ވިދާޅުވިއެވެ. ފެނަކައިން ވިދާޅުވީ، އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މީޑިއަމް ސްޕީޑުގެ ޕަވަރ ޖަނަރޭޓަރަށް އައްޑޫގެ ޕަވަރ ޖަނަރޭޝަން ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މަސައްކަތް ކުރަނީ 6 މެގަވޮޓުގެ 5 ޖަނަރޭޓަރު ބެހެއްޓުމަށް ކަމަށްވެސް ފެނަކައިން ވިދާޅުވިއެވެ. އެއީ، 30 މެގަވޮޓުގެ ކަރަންޓެވެ.
މި މަސައްކަތް ފެށުމަށް ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ފެނަކައިގެ ޓެކްނިކަލް ޓީމުތައް އައްޑޫއަށް ދާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. އަދި އަމާޒަކީ، ދޮޅު އަހަރުގެ ތެރޭގައި މި މަސައްކަތް ނިންމާލުންކަންވެސް އެކުންފުނިންވަނީ ފާހަގަކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
