
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ލުބުނާނުގެ ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމްކޮށް، އެ އެއްބަސްވުމަށް ޢަަމަލުކުރަން ފެށި ފަހުން ޔަހޫދީންގެ ޙަމަލާތަކުގައި ލުބުނާނުގެ 127 ޢާންމުން ޝަހީދުވެފައިވާ ކަމަށް އދގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއިން ބުނެފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށުމުން ޙިޒްބުاللهން ވަނީ ޔަހޫދީންނަށް އަމާޒުކޮށް ރޮކެޓު ޙަމަލާތައް ދޭން ފަށާފައެވެ. އެއާއެކު އަހަރެއްހާ ދުވަސް ވަންދެން ދެ ފަރާތުން ވަނީ ވަރުގަދަ ޙަމަލާތައް ބަދަލުކޮށްފައެވެ. އެ ޙަމަލާތަކުގައި ޔަހޫދީން ވަނީ ޙިޒްބުاللهގެ އެންމެ އިސް ވެރިން ވެސް ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ޙިޒްބުاللهގެ އޭރުގެ އިސްވެރިޔާ، ޙަސަން ނަޞްރުالله ހިމެނެއެވެ.
ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު ބަދަލުކުރަމުންދިޔަ ޙަމަލާތައް ހުއްޓާލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޤާއިމްކުރި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ދަނީ ލުބުނާނަށް ކޮަންމެ ދުވަހަކުހެން ޙަމަލާތައް ދެމުންނެވެ. އަދި ފާއިތުވި ހަފްތާތަކުގައި އެ ޙަމަލާތައް ވަނީ އިތުރުކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އދގެ އިންސާނީ ހައްޤުތަކާބެހޭ އިދާރާގެ ތަރުޖަމާނު، ތަމީމް އަލް ޚީތަން ވިދާޅުވީ އެއްބަސްވުމަށް ޢަމަލުކުރަން ފެށިތާ އަހަރަކާ ގާތްވެފައިވާއިރު، ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ. ޢާންމުންގެ ގިނަ ބަޔަކު ޝަހީދުވަމުންދާ ކަމަށާއި، ޙަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ވެސް ޔަހޫދީން ދެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވަނީ އެއްބަސްވުމަށް އިޙްތިރާމު ކުރުމަށް ޔަހޫދީންނަށް ގޮވާލައްވައި، އެއްބަސްވުމާ ޚިލާފަށް ދެމުންދާ ޙަަމަލާތައް ތަހުޤީޤުކުރުމަށް ވެސް ގޮވާލައްވައިފައެވެ.
ތަމީމް އިތުރަށް ވިދާޅުވީ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ޔަހޫދީން ޝަހީދުކޮށްލި މީހުންގެ ހަޤީޤީ ޢަދަދު މިހާރު ލަފާކޮށްފައިވާ ޢަދަދަށް ވުރެއިތުރުވުން ވެސް އެކަށީގެންވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
