
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގެ އިތުރުން ހުޅަނގު އައްސޭރި އިސްތިޢުމާރުކޮށް، އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އޭގެކުރިން ފަލަސްޠީނަށް ލިބެމުން އައި އިޤްތިޞާދީ ކުރިއެރުންތައް ވަޅުޖެހި، ތާރީޚް ނުދެކޭ މިންވަރަށް އިޤްތިޞާދު ފުނޑުފުނޑުވެފައިވާ ކަމަށް އދގެ ރިޕޯޓެއްގައި ބުނެފިއެވެ. އދގެ ޓްރޭޑް އެންޑް ޑިވެލޮޕްމެންޓް އޭޖެންސީން ނެރުނު ރިޕޯޓުގައި ބުނީ، 2022 ވަނަ އަހަރާ އަޅާބަލާއިރު، ޣައްޒާ އާއި ހުޅަނގު އައްސޭރި ހިމެނޭ ގޮތުން، 2024 ވަނަ އަހަރު ފަލަސްޠީންގެ އިޤްތިޞާދު 30 އިންސައްތައިން ސޮއްސައިލާފައިވާ ކަމަށެވެ. މިއީ 1972 ވަނަ އަހަރަށް ފަހު، ފަލަސްޠީންގެ އިޤްތިޞާދަށް އައި އެންމެ ބޮޑު ހީނަރުކަމުގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެ އޭޖެންސީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު ޕެޑްރޯ މެނުއަލް މޮރޭނޯ ވިދާޅުވީ، ހަނގުރާމަ އާއި ޣައްޒާ އަދި ހުޅަނގު އައްސޭރިއަށް ކުރިމަތިކުރަމުންދާ ފިއްތުންތަކުގެ ސަބަބުން، ފަލަސްޠީންގެ އިޤްތިޞާދު ކަންބޮޑުވާ ދަރަޖައަށް ވެއްޓިފައިވާ ކަމަށެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ފާއިތުވި 22 އަހަރުގެ ތެރޭގައި ލިބެމުން އައި އިޤްތިޞާދީ ކުރިއެރުން ވަޅުޖެހި، ފަލަސްޠީންގެ ޖީޑީޕީ ނުވަތަ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް 2003 ވަނަ ހުރި މިންވަރަށް ވަނީ ސޮއްސާލައިފައެވެ. އަދި ފަލަސްޠީންގެ އިޤްތިޞާދު ވެއްޓިފައިވާ ފުން އަނދަވަޅުގެ ސަބަބުން، ކުރިއަށް އޮތް އަހަރުތަކުގައި ބައިނަލްއަޤްވާމީ އެހީއަށް ބަރޯސާވާން މަޖުބޫރުވާނެކަމަށް އެ ރިޕޯޓުގައި އަންދާޒާކޮށްފައިވެއެވެ.
މިގޮތުން، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ފަލަސްޠީންގެ އުމްރާނީ ގިނަ ވަޞީލަތްތައް ބިމާހަމަވެފައިވާއިރު، އުފެއްދުންތެރިކަން އިތުރުކޮށް، އިޤްތިޞާދީ ހަރަކާތްތައް އަލުން ފެށުމަށް ގިނަ އަހަރުތަކެއް ނަގާނެކަމަށް ވަނީ ލަފާކޮށްފައެވެ. މިގޮތުން، ފަލަސްޠީންގެ ކޮންމެ ރައްޔިތަކަށް ޖެހޭ އުފެއްދުންތެރިކަމުގެ ނިސްބަތް، މި ވަގުތު ހުރީ އަހަރަކު 161 އެމެރިކާ ޑޮލަރުގައި ކަމަށާއި، އެއީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ މަދުން ބޮލަކަށް ޖެހޭ މިންވަރުކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ޣައްޒާގެ އިތުރުން، ހުޅަނގު އައްސޭރީގައި ވެސް އިޤްތިޞާދީ ޙާލަތު ނުރައްކާތެރި މިންވަރަކަށް ވަނީ ވެއްޓިފައެވެ. މިގޮތުން، ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން ހުޅަނގު އައްސޭރީގެ ދަނޑުބިންތަކުގައި ހުޅުޖަހައި، ގެއްލުން ދެމުންދާތީ، ހުޅަނގު އައްސޭރީގައި ދަނޑުވެރިކަން އެކީގައިހެން ހުއްޓި، އިޤްތިޞާދީ ހަރަކާތްތައް ހުއްޓުމަކަށް އައިސްފައިވާކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
