
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަންހެނުންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކަކީ ދުނިޔޭގެ ފެންވަރުގައިވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް އުފައްދާ މައްސަލަތަކެކެވެ. ޚާއްސަކޮށް ގޭތެރޭގެ އަނިޔާ އާއި ޖިންސީ އަނިޔާ އަކީ ދުނިޔޭގައި އިތުރުވަމުންދާ ކަންކަމެވެ. މިފަދަ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ހުއްޓުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގޮވާލަމުންދާއިރު، ހޭލުންތެރިކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދެއެވެ. އެހެންނަމަވެސް، މިފަދަ މައްސަލަތައް މަދުނުވުމަކީ ހިތާމަވެރި ކަމެކެވެ. އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު 453 މައްސަލަ، 2023 ވަނަ އަހަރު 431 މައްސަލަ، އަދި 2024 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް 342 މައްސަލަ ހުށަހަޅާފައިވެއެވެ. އަންހެނުންނަށް ލިބޭ އަނިޔާތަކުގެ ތެރޭގައި އެންމެ އާންމުކޮށް ފާހަގަކުރެވޭނީ ފިރިމީހާ ނުވަތަ ޕާޓްނަރުގެ ފަރާތުން ލިބޭ ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ އިތުރުން ޖިންސީ އަނިޔާ، ބްލެކްމެއިލް ކުރުން، އަދި އިހުމާލުވުން ފަދަ ކަންކަމެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިފަދަ އަނިޔާތަކުގެ ތެރެއަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ އަނިޔާވެ ދަނީ އިތުރުވަމުންނެވެ. އޮންލައިންކޮށް ފުރައްސާރަކުރުން، ސައިބަރ ފާރަލުން، މަކަރާއި ހީލަތުން ފައިސާ ހޯދުން، އޭ.އައި މެދުވެރިކޮށް ޑީޕް ފޭކް ހެދުން، ބްލެކްމެއިލް ކުރުން، ނަފްރަތު އުފެއްދުމަށް އޮންލައިން ވާހަކަ ފެތުރުން، ހުއްދަނެތި ޒާތީ ފޮޓޯ އިންޓަރނެޓަށް ލުން، އަދި ބުލީ ކުރުން ފަދަ ކަންކަން މިގޮތުން ހިމެނެއެވެ. މިފަދަ އަނިޔާއިން ސަލާމަތްވުމަށް ނޭނގޭ ފަރާތްތައް ބްލޮކް ކުރުމާއި، ގޮތް ނޭނގޭ ލިންކްތަކަށް ނުފިއްތުމާއި، އޮންލައިންކޮށް ޒާތީ މަޢުލޫމާތު ހިއްސާނުކުރުން، އަދި ޕަބްލިކް ވައިފައި މެދުވެރިކޮށް ފައިސާގެ މުޢާމަލާތް ނުކުރުން މުހިންމެވެ. މިފަދަ މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެނަމަ އެއީ އަނިޔާއެއްކަން ދަނެގަނެ، ވީ އެންމެ އަވަހަކަށް އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ޔުނިޓްއަށް 3329237 އަށް ގުޅައިގެން، ނުވަތަ ކުޑަކުދިންގެ މައްސަލައެއްނަމަ 1412 އަށް އަދި ބޮޑެތި މީހުންގެ މައްސަލައެއްނަމަ 1421 އަށް ހުށަހެޅޭނެއެވެ.
އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ މަހުގެ 25 ވަނަ ދުވަސް ފާހަގަކުރެއެވެ. މި ދުވަހާ ގުޅުވައިގެން، ޖެންޑަރ ބޭސްޑް ވަޔަލަންސްއާ ދެކޮޅަށް “ސިކްސްޓީން ޑޭސް އޮފް އެކްޓިވިޒަމް” ކެމްޕޭނެއް “އޮރެންޖް ދަ ވޯލްޑް” ތީމުގެ ދަށުން ކުރިއަށްގެންދެއެވެ. މިއަހަރުގެ ކެމްޕޭނުގެ ޝިއާރަކީ “ޔުނައިޓް ޓު އެންޑް ޑިޖިޓަލް ވަޔަލަންސް އެގެއިންސްޓް އޯލް ވިމެން އެންޑް ގާލްސް” އެވެ. މި ކެމްޕޭނުގެ މައިގަނޑު މަޤްސަދަކީ އަންހެނުންނަށް ވީތީ ކުރާ އަނިޔާ ވިޔަނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއެޅުމެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
