
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަންނަ ރަމަޟާން މަހަށް ރޯދަ ހަދިޔާ ބެހުމަށް ބޭނުންވާ ގޭބިސީތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތުގެ %80 ނިމިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިދިޔަ ރޯދަ މަހެކޭ އެއްގޮތަށް ކުރިއަށް އޮތް ރޯދަމަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިގޮތުން މިހާރު ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ރޯދަ ހަދިޔާއަކީ، ގޭބިސީތަކުގެ ޢަދަދަށް ބެލުމަށްފަހު ދޭ ހަދިޔާއެކެވެ. އެގޮތުން އެއް ގެއެއްގައި ގިނަ ގޭބިސީތަކެއް ދިރިއުޅޭނަމަ، އެ ގޭބިސީތައް ވަކިވަކިން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ރަފީޤު ވިދާޅުވީ، ރަށްރަށުގެ ގޭބިސީތަކުގެ މަޢޫލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކައުންސިލްތަކުން ކުރަމުންދާ ކަމަށާއި، އަދި އެ މަޢުލޫމާތައް އެއްކުރުމަށްފަހު އެ ވުޒާރާއަށް އަންގަމުންދާ ކަމަށެވެ. އެގޮތުން މަޢުލޫމާތު އެއްކުުރުމުގެ މަސައްކަތުގެ %80 މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރަފީޤު ވިދާޅުވީ، އަތޮޅު ތެރެއަށް ރޯދަ ހަދިޔާ ފޮނުވުމުގެ އިތުރަށް މާލެ ސަރަޙައްދުގެ ގޭބިސީތަކަށް ރޯދަ ހަދިޔާ ދިނުމަށް މިދިޔަ ފަހަރަށްވުރެ ރަނގަޅު އިންތިޒާމެއްގެ ތެރެއިން މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ބަލަމުންދާ ކަމަށެވެ.
” މިއަހަރު މަސްދަޅު ކޭސް ބަހަން ފަށާއިރުވެސް ދަތިތަކެއް ނެތި އެކަން ކުރެވޭނެ. އެކި އިދާރާތައް ގުޅިގެން މި މަސައްކަތް މިކުރަނީ. އެހެންވީމަ ކުރީ ފަހަރަށްވުރެ ރަނގަޅު އިންތިޒާމެއް ހަމަޖައްސައިގެން އެކަން ކުރެވޭނެ ކަމަށް މި ބަލަނީ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރޯދަ ހަދިޔާ ބެހުމަށް އެކި ގޮތް ގޮތުން ތައްޔާރީތައް ވަމުންދާއިރު، ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް އުފެއްދުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީން ވަނީ ވިދާޅުވެފައެވެ. މިފްކޯއިން ވިދާޅުވީ، ރޯދަ ހަދިޔާ ދިނުމަށް ބޭނުންވާ މަސްދަޅު އުފެއްދުމުގެ މަސައްކަތް މިދިޔަ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހު އެކުންފުނިން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް މިމަސައްކަތުގެ 33 އިންސައްތަ ނިމިފައިވާ ކަމަށާއި، އަމާޒަކީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ ދެވަނަ ހަފްތާއަށް މަސައްކަތް ނިންމާލުން ކަމަށެވެ.
މިފްކޯއިން ވިދާޅުވީ، އެކުންފުނިން މަސްދަޅު އުފައްދަނީ މިދިޔަ ރޯދަމަހު ރޯދަ ހަދިޔާ ދިނުމަށް މަސްދަޅު އުފެއްދި މިންވަރަށް ރިޢާޔަތް ކޮށްގެން ކަމަށެވެ. އަދި މިމަސައްކަތަށް ދުރާލާ ތައްޔާރުވެ މަސައްކަތް ފަށާފައިވާކަންވެސް އެކުންފުނިން ފާހަގަކުރެއެވެ. މިދިޔަ ރަމަޟާންމަހު ސަރުކާރުން ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅުތެރޭގެ ގޭބިސީތަކަށް ހަދިޔާކުރި 60،712 މަސްދަޅު ކޭހެވެ.
ކުރިއަށް އޮތް ރަމަޟާންމަހު ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދޭއިރު، ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ރާއްޖޭގެ ޑޮމެސްޓިކް ރޭޓުގައި ބިލް ކުރާ ކޮންމެ ގޭބީސީއަކަށް ރޯދަ މަހު އެންމެ ބޮޑުވެގެންވެސް ލިބޭނީ، 400 ރުފިޔާގެ ކަރަންޓު ބިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
