
(ފޮޓޯ ކްރެޑިޓްސް: ވީއެމްސީ)
އައްސޭރިފަށުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީ ކުރާއިރު، ޤުދުރަތީ މުއްސަނދިކަން ޙިމާޔަތްކޮށް މޫސުމީ ކާރިސާތަކަށް ތައްޔާރުވެފައިވާ އުމްރާނީ ވަސީލަތްތައް ޤާއިމްކުރުން މުހިންމު ކަމަށް ވިސިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީ ވިދާޅުވެެއްޖެއެވެ. ޝިއުރީ މިހެން ވިދާޅުވީ، މިމަހުގެ 18އިން 21އަށް ޗައިނާގައި ބޭއްވި ޓްރޮޕިކަލް ކޯސްޓަލް ސިޓީ ޓުއަރިޒަމް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ޕާޓާގެ ބޯޑުގައި ދިވެހިރާއްޖެ ތަމްސީލްކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވަނީ، ރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާގައި ހޯދާފައިވާ ކާމިޔާބީތައް ޙިއްސާކުރައްވާފައެވެ.
ޝިޢުރީގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ސިންގަލް-އައިލެންޑް ރިސޯޓް މޮޑެލްގެ ކާމިޔާބީއަށް ބާރުއަޅުއްވައި، އައްސޭރިފަށުގެ ސިޓީތަކުން ފަތުރުވެރިކަމާއި، އިޤްތިޞާދީ އެހެނިހެން ހަރަކާތްތަކާއި މުޖުތަމަޢުގެ އަސާސީ ޚިދުމަތްތައް ޒޯން ކުރުމަށް ކުރެވިދާނެ ކަންކަމަށް އިޝާރާތް ކުރެއްވިއެވެ. އަދި ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދަށް ލިބޭ ކުރިއެރުމުގެ އަލީގައި ދެމެހެއްޓެނިވި ގޮތެެއްގައި މިފަދަ ފަތުރުވެރިކަމެއް ކުރިއެރުވޭނެ ގޮތްތަކަށްވެސް އޭނާ އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ޤުދުރަތީ ލޮޅުންތައްކަން ފާހަގަކުރައްވައި ޝިއުރީ ވަނީ، ތިމާވެއްޓާއި ރައްޓެހި އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އައްސޭރިފަށުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީ ކުރާއިރު، ޤުދުރަތީ މުއްސަނދިކަން ޙިމާޔަތް ކުރުމާއެކު، މޫސުމީ ކާރިސާތަކަށް ތައްޔާރުވެފައިވާ ފަދަ އުމްރާނީ ވަސީލަތްތައް ޤާއިމްކުރުމަށްވެސް އޭނާ ގޮވާލެއްވިއެވެ. މިބައްދަލުވުމުގެ އިތުރުން ޝިޢުރީ ވަނީ، ރާއްޖޭގެ ހައި-އެންޑް ފަތުރުވެރިކަމުގެ މޮޑަލުގެ އަލީގައި ސަންޔާގެ ފަތުރުވެރިކަން ބައްޓަން ކުރުމަށް ކުރެވިދާނެ ކަންކަމާބެހޭ ޕެނަލް ޑިސްކަޝަން އެއްގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.
ޓްރޮޕިކަލް ކޯސްޓަލް ސިޓީ ޓުއަރިޒަމް ބައްދަލުވުމަކީ، ސަންޔާ ޓުއަރިޒަމް ބޯޑު އަދި ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާއިން ގުޅިގެން އިންތިޒާމް ކުރި ބައްދަލުވުމެކެވެ. މި ބައްދަލުވުން ބޭއްވީ، “ފްރޮމް ސަންޔާ ޓު ދަ ވޯލްޑް: ރީ ތިންކިންގް ދަ ފިއުޗަރ އޮފް ޓުއަރިޒަމް ސިޓީޒް” މި ޝިއާރުގެ ދަށުންނެވެ. މި ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
