
މާލެގޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ އެކި މަރުޙަލާތަކަށް ކުރިއަށްދާ ބޮޑު މަސައްކަތްތަކެއްކަމަށާއި، މުޅި މަޝްރޫޢު ފުރިހަމަވާން 10 ވަރަކަށް އަހަރުގެ މުއްދަތެއް ހޭދަވާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ރިޝްވާން ވިދާޅުވިއެވެ. ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ. ޕީއެސްއެމް ނިއުސްގެ ހަފްތާ 104 ޕްރޮގްރާމްގައި ވާހަކަދައްވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ރިޝްވާން ވިދާޅުވީ ކެޕޭސިޓީއަށްވުރެ އިތުރަށް ޚިދުމަތްދޭން ޖެހި، މާލޭގެ ވިޔަފާރި ބަނދަރު ވަރަށް ބޮޑަށް ތޮއްޖެހިފަވާކަމަށެވެ. އެގޮތުން 1500 ކޮންޓެއިނަރަށް ހެދި ބަނދަރުގައި މިހާރު 3000 ކޮންޓެއިނަރު ބަހައްޓާ ޚިދުމަތްދޭކަމަށާއި، ހުޅުމާލޭގައި 2000 ކޮންޓެއިނަރުގެ ޖާގައިގެ ކެޕޭސިޓީ ބޭނުންކުރާކަމަށް ރިޝްވާން ވިދާޅުވިއެވެ.
ރިޝްވާން ވިދާޅުވީ ތިލަފުށީގައި 60 ހެކްޓަރުގައި ތަރައްޤީކުރާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރާއެކު ޖާގައިގެ މައްސަލަ ޙައްލުވާނެކަމަށެވެ. 250 މިލިޔަން ޑޮލަރުގެ މި މަޝްރޫޢު ކުރިއަށްގެންދަނީ އެކި ފިޔަވައްސަށް ބަހާލައިގެންނެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރިޝްވާން ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި، ތިލަފުށީގައި ހުސް ކޮންޓެއިނަރު ބެހެއްޓުމަށް ހެދި 60 މީޓަރުގެ ކީވޯލްގެ މަސައްކަތް ނިމި، އެ ޚިދުމަތް ބަދަލުކުރުމަށް ދަތުރުފަތުރާބެހޭ ވުޒާރާއާއި ކަސްޓަމްސްއިން ނަގަންޖެހޭ ހުއްދަތައް ނަގަމުންދާކަމަށެވެ. ދެން ކުރިއަށްގެންދިއުމަށް ނިންމާފަވާ މަސައްކަތަކީ، މާލޭގެ ވިޔަފާރި ބަނދަރާއި ނޯތު ހާބަރު އަދި ޓީޖެޓީއަށް އޮތް ބާރު ކުޑަކުރުމަށްް ތިލަފުށީގައި ހަދާ “ރިލިފް ޖެޓީ”ގެ މަސައްކަތެވެ. މި މަސައްކަތް ނިންމަން 2 އަހަރުގެ މުއްދަތެއް ހޭދަވާނެކަމަށް ރިޝްވާން ވިދާޅުވިއެވެ. “ފުރަތަމަ ފިޔަވަހީގައި 100 މީޓަރުގެ މައިނަލް 15ގެ ކީވޯލްއެއް ހެދުމަށް ދިރާސާގެ މަސައްކަތް ވަނީ ނިންމާފައި. 660 ލޯކަލް ކީވޯލް ހެދުމަށް ކުރެހުންތައް ވަނީ ހަދާފަ. ގުދަންތަކާއި ޢުމްރާނީ ތަރައްޤީއާއި ވަސީލަތްތައް އަދި އިންސާނީ ވަސީލަތްތައް ނިމި، މުޅި ފޭސް 1، 2027ގެ ނޮވެމްބަރަށް ނިންމާލެވޭނީ.” މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވިއެވެ.
ރިޝްވާން ވިދާޅުވީ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ފޭސް 1ގެ ހުރިހާ މަސައްކަތްތަކަށް 60 މިލިޔަނެއްހާ ޑޮލަރު ހޭދަވާނެކަމަށެވެ. އަދި ލޯކަލް ހާބަރ ރިލީފް މަސައްކަތާއެކު 150 މިލިޔަން ޑޮލަރު ހޭދަވާނެކަމަށެވެ. ރިޝްވާން ވިދާޅުވީ މިއީ ވަރަށް ބޮޑެތި އަދި މުހިންމު ބަދަލުތަކެއްކަމަށާއި، ވިޔަފާރި ބަނދަރު ތިލަފުށްޓަށް މުޅިން ބަދަލުކުރުމުގެ މަރުޙަލާތައް 10ވަރަކަށް އަވަހަށް ދެމިގެންދާނެކަމަށް ބެލެވޭކަމަށެވެ. މިކަމަކީ ޢުމްރާނީ އަދި އިންސާނީ ވަސީލަތްތަކަށް ބޮޑެތި ހޭދަތަކެއް ކުރަންޖެހޭނެ މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ. މާލޭގެ މައި ވިޔަފާރި ބަނދަރުގެ ޚިދުމަތަށް 39 އަހަރު ވަނީ ފުރިފައެވެ. ނަމަވެސް ޖާގައިގެ ދަތިކަމުގެ ސަބަބުން، މި ޚިދުމަތް ދިނުމުގައި ދަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
