
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އުތުރު ކޮރެޔާއާއި ދެކުނު ކޮރެޔާއާ ދެމެދު ވަރަށް ބޮޑަށް ނުތަނަވަސްކަން އިތުުރުވެފައިވާ ކަމަށާއި، މި ނާޒުކު ޙާލަތުގައި ދެ ޤައުމުން ދެންމެދެންމެ ކުރިމަތިލުމަކަށް ދާން ޖެހިދާނެ ކަމަށް ދެކުުނު ކޮރެޔާއިން ބުނެފިއެވެ. ދެކުނު ކޮރެޔާއާއި އުތުރު ކޮރެޔާއާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގުގައި ދެ ޤައުމުގެ އިން ފާހަގަ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ދެކުނު ކޮރެޔާއިން ވަނީ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު އުތުރު ކޮރެޔާއަށް ހުށަހަޅައިފައެވެ. އޭގެ ބޭނުމަކީ އެ ސަރަޙައްދުގައި ދެ ޤައުމުގެ ހަތިޔާރު އެޅި ސިފައިންގެ މެދުގައި ޙަަމަލާ ބަދަލުކުރަން ޖެހޭ ފަދަ ޙާލަތެއް މެދުވެރިވިޔަ ނުދިނުމެވެ. ނަމަވެސް އެ ހުށަހެޅުމަށް އުތުރު ކޮރެޔާއިން ޖަވާބެއް ދީފައެއް ނުވެއެވެ.
ދެކުނު ކޮރެޔާގެ ރައީސް ލީ ޗޭއި-މައިޔޮންގް ވިދާޅުވީ ކުރިމަތިލުމަކާ ހަމައަށް ނުގޮސް މަޝްވަރާގެ މަގުން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ޙައްލުކުރުން ކޮންމެހެން މުހިންމު ކަމަށެވެ. ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ބޭއްވުމަށް ދެކުނު ކޮރެޔާއިން ގޮވާލަމުންދާ ގޮވާލުންތަކަށް އުތުރު ކޮރެޔާއިން ބީރު ކަންފަތެއް ދެމުންދާ ކަމަށާއި، އޭގެ ބަދަލުގައި ދެ ޤައުމުން ޙިއްޞާކުރާ ސަރަޙައްދީ ރޮނގުގައި އުތުރު ކޮރެޔާއިން ކަށި ނަރު ދަމަމުންދާ ކަމަށް ލީ ވިދާޅުވެފައިވެއެވެ. އެއީ 1950ން 1953އަށް ކުރި ކޮރެއާ ހަނގުރާމައިގެ ފަހުން ކޮށްފައިވާ ކަމެއް ނޫން ކަމަށް ވެސް ލީ ފާހަގަކުރެއްވިއެވެ.
ލީ އިތުރަށް ވިދާޅުވީ ދެ ކޮރެޔާގެ ދެމެދުގައި އޮންނަ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، އުތުރު ކޮރެޔާގެ ޢަމަލުތަކުން އެ ޤައުމުން ދެކުނު ކޮރެޔާއަށް އެއްވެސް މިންވަރަކަށް އިތުބާރު ނުކުރާ ކަން ހާމަވާ ކަމަށެވެ. އުތުރު ކޮރެޔާއިން ޢަމަލުކުރަމުން ދަނީ ޙާލަތާ ނުބައްދަލު އަދި ނުރައްކާތެރި ގޮތަކަށް ކަމަށް ވެސް ލީ ވިދާޅުވެފައިވެއެވެ. މި އަހަރުގެ ތެރޭގައި އުތުރު ކޮރެޔާގެ ސިފައިން ދިހަ ފަހަރެއްގެ މަތިން ދެކުނު ކޮރެޔާގެ ސަރަޙައްދަށް ވަދެފައިވެއެވެ. އޭގެ ސަަބަބުން، ކަނޑައެޅިފައިވާ ޤަވާއިދުގެ މަތިން ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން އިންޒާރު ދިނުމުގެ ގޮތުން އެ ސަރަޙައްދަށް ބަޑި ޖަހާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
