
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
އަންނަ އަހަރުން ފެށިގެން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ހެލްތު އިންޝުއަރެންސް ހަމަޖެހުމާއި، އަރުތަ ޕްރޮގުރާމަށް ގެނައި ބަދަލު މިއީ ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި ވަރަށް ބޮޑަށް ބާރުއެޅިގެންދާނެ ކަމެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ކުޅިވަރާ ބެހޭ ވަޒީރު މިހެން ވިދާޅުވީ ޑޭވިސް ކަޕްގައި އޭޝިއާ/އޯޝޭނިއާ ގުރޫޕު 5 ގެ އެއްވަނަ ހޯދައިގެން ރާއްޖެއަށް ތާރީހީ ކާމިޔާބީއެއް ހޯދައިދިން ގައުމީ ޓެނިސް ޓީމާއި ބައްދަލުކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. ޑޭވިސް ކަޕްގައި ރާއްޖެ ހިމެނޭ ގުރޫޕުން އެއްވަނަ ހާސިލުކުރުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަހްރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ 14 ގައުމު ބައިވެރިވި މުބާރާތަކުން ދެވަނައަށް ތިންވަނައަށް މިހެން ދެވުމަކީ މީ ފަސޭހަކަމެއް ނޫން ކަމަށެވެ.
”އެހެންވީމަ އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑު ދެކެނީ. އެކުދިން އެ ހޯދި ކާމިޔާބީ އަޅުގަނޑުމެން ފާހަގަކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމުގައި ދެކޭތީވެ އަޅުގަނޑުމެން އެކުދިންނާއި ބައްދަލުކޮށް މިހާރަށްވުރެ ބޮޑަށް ހިތްވަރުދީ ސަރުކާރުން ކޮށްދެވެން ހުރިކަންކަން ފާހަގަކުރިން” ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެތެރޭގައި މުސާރަ ބޮޑުކުރުމާއި، އަރުތަ ޕްރޮގްރާމު އެހެން ލެވެލަކަށް ގެންދިއުމާއި އަންނަ އަހަރުގެ ޖެނުއަރީ ހިސާބުގައި ގައުމީ ޓީމުތަކުގެ ކުދިންނަށް ހެލްތް އިންޝުއަރެންސް ހޯދައިދިނުމާއި މިކަންކަމަކީ ވަރަށް ގިނަ ޒަމާންވަންދެން ދެއްކި ވާހަކަތައް ހަގީގަތަކަށް ވެގެންދާ ދިއުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ޑޭވިސް ކަޕްގެ ތާރީހީ ކާމިޔާބީއަށް އިޝާރާތް ކުރައްވާ ވަޒީރު ވިދާޅުވީ މިއީ ފަސޭހަކަމެއް ނޫން ކަމަށާއި، ޔޫއޭއީ، މަކާއޯ އަދި ތަޖިކިސްތާނު ބަލިކޮށް ގުރޫޕުގެ އެއްވަނައިގައި އޮވެގެން ރާއްޖެއަށް ފައިނަލަށް ދެވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
”މިއަހަރު ވަރަށް ގިނަ ކަންކަން އަޅުގަނޑުމެންނަށް ހާސިލުކުރެވިއްޖެ. އޭގެތެރޭގައި ދާދިފަހުން އަންހެން ޓީމުވެސް ވަނީ އަންހެނުންގެ ވޯލްޑް ކަޕްގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައި ގުރޫޕު ސްޓޭޖުން. މިއީ އަޅުގަނޑުމެންނަށް މިހާތަނަށް ޓެނިހުން ލިބުނު އެންމެ ބޮޑު ކާމިޔާބީ” ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މިއަހަރު ފެނިގެން ދިޔައީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ މުބާރާތެއް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ރާއްޖޭގައި ބޭއްވިގެންދިޔަތަން ކަމަށާއި، އެހެންކަމުން މިއީ ހުރިހާ ގޮތަކުން ބެލިނަމަވެސް ޓެނިހުގެ ވަރަށް ކާމިޔާބު އަހަރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަނީ ޓެނިސް އެސޯސިއޭޝަނާއި ވަރަށް ގާތުން ކަމަށާއި، އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްފިނަމަ މިއަށްވުރެވެސް ބޮޑެތި ކާމިޔާބީތައް އިރާދުކުރެއްވިއްޔާ ހާސިލް ކުރެވޭނެ ކަމަށެވެ. އަދި ކުޅިވަރުގެ ދިގު ރާސްތާ ޕްލޭން ތަންފީޒު ކުރުމަށްޓަކައި އެއް ހަރުފަތުން އަނެއް ހަރުފަތަށް ދާ މަންޒަރު ފެނިގެންދާކަމީ ވަރަށް އުފާކުރާކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
