
(ފޮޓޯ ކްރެޑިޓްސް: އޭއެފްސީ)
17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ކުޅުނު ދެވަނަ މެޗުން ތުރުކުމެނިސްތާން އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ. ރާއްޖެ ހިމެނޭ ގްރޫޕް އެފްގެ މެޗުތައް ކުރިއަށްދަނީ މި މަހުގެ 30 ގެ ނިޔަލަށް ތައިލެންޑުގެ ޗޮންބުރީގައެވެ. ޗޮންބުރި ސްޓޭޑިއަމުގައި އިއްޔެ ކުޅުނު މެޗުން ރާއްޖެ ބަލިވީ ތުރުކުމެނިސްތާން އަތުން 6-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަަމަަ ހާފު ތުރުކުމެނިސްތާނުން ނިންމާލީ ދެ ލަނޑު ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ތުރުކުމެނިސްތާނުން ވަނީ އިތުރު ހަތަރު ލަނޑު ޖަހާފައެވެ. މި މެޗުން ރާއްޖެ ބަލިވިއިރު، ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ވަނީ މޮންގޯލިއާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.
އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫފް އެފްގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ކޮލިފައިން ބާއްވާ ގައުމު ކަމަށްވާ ތައިލެންޑާއި، ކުވައިތު އަދި ތުރުކުމެނިސްތާނުގެ އިތުރުން މޮންގޯލިއާއެވެ. މި ވަގުތު ގްރޫޕް އެފްގެ ތާވަލަށް ބަލާއިރު، ރާއްޖެ ނޫން އަނެއް ހަތަރު ޓީމަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ދެ މެޗު ކުޅެފައިވަނީ ތުރުކުމެނިސްތާނާއި ރާއްޖެއިންނެވެ. ކޮލިފައިންގައި ރާއްޖެއިން ދެން ކުޅޭ މެޗުގައި ބުދަ ދުވަހު ނުކުންނާނީ ކޮލިފައިން ކުރިއަށްދާ ގައުމު ކަމަށްވާ ތައިލޭންޑާ ދެކޮޅަށެވެ. އަދި ކޮލިފައިންގެ ފަހު މެޗުގައި ކުވައިތާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަަނަ ދުވަހެވެ. މި ފަހަރުގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކޯޗަކީ ސޮބާހު މުޙައްމަދެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
