
އަންނަ ޑިސެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ހަތްވަނަ ކެރަމް ވޯލްޑް ކަޕަށް ޤައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ އިންޑިއާގެ ދެ ޓްރެއިނަރުންގެ އިރުޝާދުގެ ދަށުން ކަމަށާއި، ޓީމު އޮތީ މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ޓީމުގެ މެނޭޖަރު ހުސައިން އަލީ ބުނެފިއެވެ. އަންނަ މަހުގެ 2 އިން 6 އަށް ނަސަންދުރަ ބާސެލޯސްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަތްވަނަ ކެރަމް ވޯލްޑް ކަޕަށް ގައުމީ ޓީމުން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ހުޅުމާލޭ ކެރަމް ހޯލުގައި ހުރެ ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ހުސައިން ބުނީ ޓީމުގެ ފަރިތަކުރުންތައް ފޯރީގަ ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރު ފަރިތަކުރުންތައް ކުރިއަށް ގެންދަނީ މުބާރާތުގެ ކުޅުން ހަމަޖެހިފައިވާ ބައްޓަމަށްކަމަށާއި އެކަމުގެ ބޭނުމަކީ މުބާރާތަށް ކުޅުންތެރިން ހޭނުވުންކަމަށް އޭނާ ބުންޏެވެ.
“ޓޯނަމެންޓު ތެރޭގަ ދުވަސްތައް ދާނެ ގޮތަކަށް މިހާރު އަޅުގަނޑުމެންގެ ޕްރެކްޓިސްވެސް މިހިރީ. ޓޯނަމަންޓު އާންމުކޮށް ސްޓާޓްކުރާނީ 9 ޖަހާއިރު. އެހެންވީމަ މިކޮޅުގަ ޕްރެކްޓިސްވެސް މި ސްޓާޓްކުރަނީ 9 ގަ” ހުސައިން ބުނެފަވެއެވެ.

މިއަހަރުގެ މުބާރާތުގައި 21 ގައުމުން ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އޭޝިއާގެ ގައުމުތަކާއި ޔޫރަޕުގެ އިތުރުން އެމެރިކާއިންވެސް ވާދަކުރާނެއެވެ. ރާއްޖެއަކީ މީގެ ކުރިންވެސް މިމުބާރާތުގައި ވާދަކޮށް ރަނގަޅު ވަނަތަކެއް ގެނެސްފައިވާ ގައުމެކެވެ. މިއަހަރުގެ މުބާރާތުގައި ދެ ޑިވިޝަނުން ޖުމްލަ 10 އެތުލީޓުން މުބާރާތުގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނައިރު ގައުމީ ޓީމަށް އިރުޝާދު ދިނުމަށް އިންޑިއާގެ ދެ ތަޖުރިބާކާރު ކޯޗުން އަންނަނީ މަސައްކަތްކުރަމުންނެވެ. ގައުމީ ކެރަމް ޓީމާ ގުޅޭގޮތުން ހުސައިން ބުނީ ޓީމާމެދު ކުރެވޭ އުންމީދު ފޮނިކަމަށެވެ. ޓީމުގެ ކުޅުންތެރިންނަކީ މީގެ ކުރިންވެސް މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ނަތީޖާތައް ގެނެސްފައިވާ ތަޖުރިބާހުރި ކުޅުންތެރިންކަމަށް އޭނާ ފާހަގަކުރިއެވެ. އޭނާ ބުނީ ކުރިއަށް އޮތް މުބާރާތް ފަސޭހަ ނުވާނެކަމަށާ އެހެންނަމަވެސް ގައުމީ ޓީމުން މުބާރާތާ ކުރިމަތިލާނީ ކާމިޔާބު ހޯދުމުގެ އަޒުމުގައިކަމަށެވެ.
“މިހާރުގެ ޕްރެޕެރޭޝަނަށް ބަލާއިރު މިވަގުތު އަޅުގަނޑުމެންގެ ފިރިހެން ޓީމުވެސް އަދި އަންހެން ޓީމުވެސް ފޯމު ފުދޭވަރަކަށް ރަނގަޅަށް ތިބީ. ދެން އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު ކާމިޔާބީއެއް ލިބޭނެކަމަށް އަޅުގަނޑު މިބަލަނީ” ހުސައިން ބުންޏެވެ.

ގިނަ ގައުމުތަކަކުން ވާދަކުރާ ކެރަމް ވޯލްޑްކަޕުގައި އެންމެ ވަރުގަދަކަމަށް ފާހަގަކުރެވެނީ މި ސަރަހައްދުގެ ގައުމުތައްކަމަށް ހުސައިން ބުންޏެވެ. އޭޝިއާ ސަރަހައްދުގެ ގައުމުތަކަކީ ކެރަމްގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ނިސްބަތްވާ ސަރަހައްދުތަކަކަށްވާއިރު، ޔޫރަޕުގެ ބައެއް ގައުމުތަކާއި އެމެރިކާއަކީވެސް ވަރުގަދަ ޓީމުތަކެއް ފެންނާނެ ގައުމުތަކެއްކަން އޭނާ ފާހަގަކުރިއެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ފަސޭހަނުވާނެކަމަށް ހުސައިން ބުންޏެވެ. “މީގެ ތެރޭގަ ވަރަށް ކޮމްޕެޓެޓިވްވާނެ އޭޝިއާ ތެރެއިން އަންނަ ގައުމުތައް. ޕްލަސް ޔޫރަޕުގަ އުޅޭނެ ދެ ގައުމެއް. ދެން ޔޫއެސްވެސް ފުދޭވަރަކަށް ކޮމްޕީޓްކުރާނެ އަޅުގަނޑުމެންނާ. އެހެންވީމަ މައިގަނޑު ގޮތެއްގަ ކޮމްޕެޓިޝަން ޓަފްވާނެ” ގައުމީ ކެރަމް ޓީމުގެ މެނޭޖަރ ބުންޏެވެ.
ފާއިތުވެދިޔަ އަހަރު އެމެރިކާގެ ކެލިފޯނިއާގައި ކުރިއަށް ދިޔަ ކެރަމް ވޯލްޑުކަޕުގައިވެސް ވާދަކުރި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ވަނީ އެމެރިކާ އަދި ސިންގަޕޫރު ބަލިކުރުމަށްފަހު ލޯ މެޑަލް ހާސިލްކޮށްފައެވެ. ކެރަމް ވޯލްޑް ކަޕު ރާއްޖޭގައި ބާއްވާ މިއީ ދެވަނަ އަހަރެވެ. މީގެ ކުރިން ކެރަމް ވޯލްޑްކަޕު ރާއްޖޭގައި ބާއްވާފައިވަނީ 2014 ވަނަ އަހަރުއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
