
ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ “ބޮޓްސްވާނާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް” އިން ރިވައިވަލް ސްޕޯޓްސްގައި ހިމެނޭ ޤައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ރިހި މެޑެއްޔަކާއި ލޯ މެޑެއްޔެއް ހޯދައިފިއެވެ. މި މުބާރާތުން މެޑެލް ހޯދައިފައިވަނީ އާމިނަތު ނަބީހާ (ނަބީ) އާއި ފާޠިމަތު ނަބާހާ (ނަބާ) ގެ އިތުރުން ހުސައިން ޒަޔާން ޝަހީދު ޒަކީއެވެ. އެގޮތުން ނަބީހާ އާއި ނަބާހާގެ ޕެއާއިން ވަނީ އަންހެން ޑަބަލްސް އިވެންޓުން ރިހި މެޑެލް ހޯދައިފައެވެ. މި އިވެންޓުގެ ފައިނަލްގައި ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޖޮހާނިޓާ ޝޯލްޓްޒްއާ ކުޅެގެން ނަބީހާ އާއި ނަބާހާ ބަލިވީ 2-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-19، 13-21 އަދި 15-21 އިންނެވެ.
މިއީ އެފްރިކާ ޓުއާގައި ނަބީހާ އާއި ނަބާހާގެ ޕެއާއަށް ލިބުނު ދެވަނަ ރިހި މެޑެއްޔެވެ. އެގޮތުން މި މަހު ކުރިއަށްދިޔަ ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒްއިންވެސް މި ޕެއާ ވަނީ ރިހި މެޑެލް ހޯދާފައެވެ. ބޮޓްސްވާނާ އިންޓަރނޭޝަނަލްއިން ދެން މެޑެލް ލިބުނީ މިކްސް ޑަބަލްސްގައި ވާދަކުރި ޒަޔާން އާއި ނަބާހާގެ ޕެއާއަށެވެ. އެ ޕެއާއިން ލޯ މެޑެލް ހޯދިއިރު، ޒަޔާން އާއި ނަބާހާގެ ޕެއާ ވަނީ ސެމީ ފައިނަލުގައި ދެކުނު އެފްރިކާގެ ރޮބާޓް ސަމާސް އާއި އެމީގެ ޕެއާ އަތުން 21-15 އަދި 21-12 އިން ބަލިވެފައެވެ. ބޮޓްސްވާނާ ޒަޔާން އާއި ނަބާހާގެ ޕެއާއަށް ލޯ މެޑެއްޔެއް ލިބުނު ނަމަވެސް، އެ ޕެއާ ވަނީ ޒެމްބިއާ މުބާރާތުން ރަން މެޑެލް ހާސިލުކޮށްފައެވެ.
މި ފަހަރުގެ އެފްރިކާ ޓުއާގައި ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިންނަށް ދެން އޮތީ ދެކުނު އެފްރިކާ މުބާރާތެވެ. އެ މުބާރާތް ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
