
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަމާޒަކީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ބެޑްމިންޓަންގެ ސަރަހައްދީ ރޭންކު ތިންވަނަ ނުވަތަ ހަތަރުވަނައަށް އުފުލާލުން ކަމަށާއި، ނާޒުކު ފައްތަރެއްގައި އޮތް ބެޑްމިންޓަން އަލުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ރައީސްކަމަށް އަލަށް އިންތިޚާބުވި އިޝްފާން މުޙައްމަދު (އިއްޕަ) ވިދާޅުވެއްޖެއެވެ. ބީއޭއެމްގެ ރައީސްކަމަށް އިންތިޚާބުވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އިޝްފާން ވިދާޅުވީ ރާއްޖޭގެ ބެޑްމިންޓަނުގެ ހާލަތު މިވަގުތު ދަތި ދުވަސްތަކެއް ގުނަމުން ދިޔަކަމަށްވިޔަސް ކުރިއަށް އޮތް ދުވަސްތަކަކީ އުންމީދީ ދުވަސްތަކަކަށްވާނެކަމަށް ކުރެވޭ އުންމީދު ބޮޑުކަމަށެވެ.
ތާރީޚަށް ބަލައިފިކަމަށްވާނަމަ މީގެ އަށެއްކަ އަހަރުކުރިން ބެޑްމިންޓަނަކީ ރާއްޖެއަށް ވަނަތަކެއް ހޯދައިދިން ކުޅިވަރެއްކަން ފާހަގަކުރައްވާ އިޝްފާންވަނީ މިހާރުގެ ހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. “މިހާރު ބެޑްމިންޓަން މި ވިދާޅުވިހެން މިހާރު އޮތީ ވަރަށް އެހެން ފައްތަރެއްގަ. އެއީ އަޅުގަނޑުމެން ރީޖަނަލް ލެވެލްގަ މީގެ ގާތްގަނޑަކަށް އަށެއްކަ އަހަރުކުރިން ވެއްޖެކަމަށް ވެއްޖިއްޔާމު 2018ގަ އޭޝިއަން ގޭމްސްގަ އަޅުގަނޑުމެންގެ އަންހެން ޓީމުވަނީ ކުއާޓަރ ފައިނަލުގަ ކުޅެފަ. ދެން ސާކު ރީޖަންގަ އަޅުގަނޑުމެން އޭރު ދިޔައީ 3 ވަނަ 4 ވަނަ ހިސާބުގަ ކޮމްޕީޓުކުރަމުން” އިޝްފާން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާޢިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވެންދެން އެ އެސޯސިއޭޝަނަށް ދީފައިވާ ޤައުމީ ޙައިސިއްޔަތު ވަގުތީ ގޮތުން މިއަހަރުގެ އޭޕްރިލްމަހުގެ 30 ވަނަ ދުވަހު އުވާލާފާވާއިރު ބެޑްމިންޓަނުގެ ދުނިޔޭގެ މައި ޖަމިއްޔާ، ބީޑަބްލިއުއެފުން ވަނީ މިއަހަރުގެ މޭމަހުގެ 20 ވަނަ ދުވަހު ބީއޭއެމް ސަސްޕެންޑުވެސްކޮށްފައެވެ. މިމައްސަލަތަކާ ގުޅިގެން ރާއްޖޭގެ ބެޑްމިންޓަން މިވަގުތު އޮތީ އެންމެ ފުލުގައިކަމަށް ހާމަކުރައްވަމުން އިޝްފާން ވިދާޅުވީ ޓީމެއްގެ ގޮތުގައި ގައުމު ތަމްސީލުކުރުމުގެ ފުރުސަތުވެސް ބެޑްމިންޓަން ޓީމަށް ގެއްލިފައިވާކަމަށެވެ. އެހެންކަމުން ބީއޭއެމްގެ އައު ހިންގާ ކޮމިޓީން އެންމެ ބޮޑު އިސްކަމެއްދޭނީ ސަރަހައްދީ ގޮތުން ބެޑްމިންޓަންގެ ރޭންކް ހިއްލާލުމަށްކަމަށް އޭނާ ހާމަކުރެއްވިއެވެ.
“އަޅުގަނޑުމެން މިމަސައްކަތްކުރަނީ ސާކް ލެވެލްގަ އަޅުގަނޑުމެން ތިންވަނަ ނުވަތަ ހަތަރުވަނަ ހިސާބުގަ ކޮމްޕީޓުކުރެވޭނެ ހިސާބަކަށް ޓީމު ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގަ ގެންނަން މަސައްކަތްކުރުން” ބީއޭއެމްގެ ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރިވައިވަލް ސްޕޯޓްސް)
އިޝްފާން ވިދާޅުވީ ބެޑްމިންޓަން އަލުން ކޮޅަށް ޖެހުމަށް ދަތުރުފަށާފަވާއިރު ސަރުކާރާއި މިކުޅިވަރަށް ލޯބިކުރާ އެންމެހާ ފަރާތްތަކުން އެންމެ ބޮޑަށް އިންތިޒާރުކުރަމުންދާ އެއް މުބާރާތަކަށް މިހާރު ވާނީ 2027 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ އައިއޯއައިޖީ މުބާރާތްކަމަށެވެ. އެމުބާރާތުގައި ރާއްޖެ ޓީމެއްގެ ގޮތުގައި ތަމްސީލުވެގެން ދިއުމަކީ ދެކެމުންދާ ހުވަފެނެއްކަމަށާ އެއަމާޒަށް ވާސިލްވުމަށް އެންމެން ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އޭނާވަނީ ދެއްވާފައެވެ. “މިވަގުތު ހަމަ ދިވެހިރާއްޖޭގެ ސަރުކާރުންވެސް އަދި ބެޑްމިންޓަނަށް ލޯބިކުރާ ހުރިހާ ބޭފުޅުންވެސް އެންމެ ލުކްފޯވަޑް ކުރާނީ 2027 ގެ އައިއޯއައިޖީއަށް. އައިއޯއައިޖީގަ އިރާދަކުރެއްވެއްޖިއްޔާ ޓީމެއްގެ ގޮތުގައި ގޯލްޑް މެޑަލް ގެނައުން އަޅުގަނޑުމެންގެ ޓާގެޓަކަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެން” އިޝްފާން ވިދާޅުވެފަވެއެވެ.
ބެޑްމިންޓަނަށް އުނދަގޫ ދުވަސްތަކެއް ކުރިމަތިވެފަވީ ނަމަވެސް ރާއްޖޭގެ އެތުލީޓުން އަންނަނީ ބައިނަލްއަގްވާމީ އެކި މުބާރާތްތަކުގައި އަދިވެސް ވާދަކޮށް ރަނގަޅު ވަނަތަކެއް ހޯދަމުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޒެމްބިއާގެ ވެރިރަށް ލޫސަކާގައި ދާދިފަހުން ނިމިގެން ދިޔަ ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025ގެ ޑަބަލްސް އިވެންޓުގައި ވާދަކޮށް ރާއްޖޭގެ ނަބާހާ ޢަބްދުއްރައްޒާޤު އަދި ހުސައިން ޒަޔާން ޝަހީދު ޒަކީގެ ޕެއަރވަނީ ރަން މެޑަލް ހާސިލްކޮށްފައެވެ. އަދި ހަމަ އެމުބާރާތުން އަންހެން ޑަބަލްސް އިވެންޓުގައި ވާދަކޮށް ނަބާ އާއި ނަބީހާ ޢަބްދުއްރައްޒާޤުގެ ޕެއާރ ވަނީ ރިހި މެޑަލްވެސް ހާސިލްކޮށްފައެވެ.
ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތަކުން ނަބާހާ އަދި ޒަޔާންވަނީ މީގެ ކުރިންވެސް ރަން މެޑަލް ހޯދާފަކަން ފާހަގަކޮށްލެވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
