
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުން ފައްޔާޞް އިސްމާއިލް އިސްތިއުފާ ދެއްވައިފިއެވެ. ފައްޔާޞް އިސްތިއުފާދެއްވިކަން ހާމަކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި ފައްޔާޞް ވަނީ ނިމިދިޔަ ވެރިކަމުގެ ދުވަސްވަރުން ފެށިގެން މިހާތަނަށް އައިއިރު ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. ފައްޔާޞް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީ ނިމުނުއިރު އެ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އެމްޑީޕީ އޮތީ ވަރަށް ބޮޑަށް ބައިބައިވެފައިކަމަށެވެ. އަދި އޭނާ އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ އެމްޑީޕީގެ ލީޑަރޝިޕްގައި ތެރޭގައި އުފެދުނު މައްސަލަތައް ހައްލު ކުރެއްވުމަށްކަމަށާއި ނަމަވެސް އެކަމުގައި މާބޮޑު ކާމިޔާބެއް ނުލިބުނުކަމަށް ފައްޔާޞް ވިދާޅުވިއެވެ.
ފައްޔާޞް ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރައްވާފައިވާކަމަށާއި ރަސްމީކޮށް އިއުލާން ނުކުރެއްވިނަމަވެސް ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ޝައުގުވެރިކަން ހުރި އެހެން ބޭފުޅުންވެސް ޕާޓީގައި އެތިއްބެވިކަމަށެވެ. ފައްޔާޞް ވިދާޅުވީ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކޮށްފައި އޮތުމުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ކުރިމަތިވަމުންދާކަމަށެވެ. އަދި ޕާޓީން ހިންގާ ހަރަކާތްތަކަކީ އޭނާގެ އަމިއްލަ ފައިދާއާށް ހިންގާ ހަރަކާތްތަކެއްގެ ގޮތުގައި ދެކުމުގެ ފުރުސަތުވެސް އޮންނާނެތީ، ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމާފައިވާކަމަށް ފައްޔާޞް ވިދާޅުވިއެވެ.
ފައްޔާޞް ވިދާޅުވީ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވިނަމަވެސް، ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ދެމިހުންނަވާނެކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
