
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މަސްވެރިކަމުގެ ސިނާޢަތައް ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަކީ، މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތައް ޙައްލު ކޮށްދިނުމަށް އައިސްޕާންޓުތައް ޤާއިމްކުރުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. އައިސް ހޯދުމަށް ދިގު ދަތުރުތައް ކުރަން ޖެހުމަކީ، މަސްވެރިންގެ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމަށް ވުމާއިއެކު އިތުރު ސަރަހައްދުތަކުގައި އައިސްޕްލާންޓުތައް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.
މި ސަރުކާރުގެ ފުރަތަމަ 2 އަހަރު ދުވަހުގެ ތެރޭގައި ވަނީ، 5 އައިސްޕްލާންޓެއް ޤާއިމްކޮށް ނިންމާފައެވެ. މި 5 އައިސްޕްލާންޓުގެ ސްޓޯރޭޖް ކެޕޭސިޓީ 280 ޓަނަށް އަރައެވެ. އަދި 165 ޓަނުގެ
އައިސް އުފެއްދެއެވެ.
މި ސަރުކާރުން މަސައްކަތް ފަށާ އޮޕަރޭޝަނަށް ގެނެސްފައިވާ އައިސްޕްލާންޓްތައް:
ގއ. ގެމަނަފުށި – ޕްރޮޑަކްޝަން: 50 ޓަން / ސްޓޯރޭޖް ކެޕޭސިޓީ: 100 ޓަން
ގއ. ދެއްވަދޫ – ޕްރޮޑަކްޝަން: 25 ޓަން / ސްޓޯރޭޖް ކެޕޭސިޓީ: 30 ޓަން
ށ. ފުނަދޫ – ޕްރޮޑަކްޝަން: 30 ޓަން / ސްޓޯރޭޖް ކެޕޭސިޓީ: 50 ޓަން
ދ. މީދޫ – ޕްރޮޑަކްޝަން: 30 ޓަން / ސްޓޯރޭޖް ކެޕޭސިޓީ: 50 ޓަން
ދ. ބަނޑިދޫ – ޕްރޮޑަކްޝަން: 30 ޓަން / ސްޓޯރޭޖް ކެޕޭސިޓީ: 50 ޓަން
5 އައިސްޕްލާންޓެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، އިތުރު އައިސްޕްލާންޓުތަކުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އެގޮތުން މިހާރުވެސް 6 އައިސްޕްލާންޓެއްގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ. އަދި އިތުރު 8 އައިސްޕްލާންޓު އިމާރާތްކުރުމަށް ނިންމާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ)
ސަރުކާރަށް 2 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ގިނަ އައިސްޕްލާންޓް ހުރީ ހަލާކުވެފައި ކަމަށެވެ. ނަމަވެސް ސަރުކާރުން މި އައިސްޕްލާންޓުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. “އައިސްޕްލާންޓަށް ބަލާއިރުވެސް އައިސްޕްލާންޓްތައް ހަލާކުވެފައި. އެހެންނަމަވެސް އެތައް އައިސްޕްލާންޓެއް މަރާމާތުކޮށް އެތައް އައިސްޕްލާންޓެއް ހަދައި މިހާރު އަލަށް 4 ރަށެއްގައި އައިސްޕްލާންޓް އަޅުގަނޑުމެން ހުޅުވައިފިން. އަދި އޭގެ އިތުރަށް އެތައް ދޯންޏެއްގައި މިހާރު އެވަނީ އާރު.އެސް.ޑަބްލިއު ސިސްޓަމް ގާއިމްކޮށްފައި.” ރައީސް ވިދާޅުވިއެވެ.
އައިސްޕްލާންޓުތަކަކީ، މަސްވެރިން ބާނާ މަސް ތާޒާކަމާއެކު ބާޒާރަށް ފޯރުކޮށްދޭ މަގެކެވެ. މަސްވެރި މޫސުމުގައި އައިސްޕްލާންޓުތަކަށް އޮންނަ ޑިމާންޑު ވަކިން ބޮޑެވެ. އައިސް ލިބޭނެ ރަށެއް ކައިރީގައި ނެތްނަމަ ދުރަށް ދުއްވަން ޖެހުމަކީވެސް ތެލަށް ކުރަންޖެހޭ ހޭދަ އިތުރުވާ ކަމެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
