
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މީގެ ކުރިން ނެތް ވަރަށް ފޮރިން އިންވެސްޓްމެންޓް ޤާނޫނަށް އިތުރުބާރު އޮތް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ވޭތުވެދިޔަ 2 އަހަރު ސަރުކާރަށް ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުން، ޕީއެސްއެމް ނިއުސްގެ ހަފުތާ 104 ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ފޮރިން އިންވެސްޓްމެންޓް ޤާނޫނަށް ގެނެވުނު އިސްލާހުތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު މުޙައްމަދު ސަޢީދު ވަނީ ޤާނޫނަށް ގިނަ ދުވަސްތަކެއް ވަންދެން އިސްލާހު ނުގެނެސް ބާއްވާފައި އޮތްއިރު، ދުނިޔެއަށް ގިނަ ބަދަލުތަކެއް އައި ކަމަށެވެ. އެހެން ވުމާއެކު ވިޔަފާރީގެ ނިޒާމަށް އިތުބާރު އުފައްދާނެ ގޮތަށް، ކުރީގެ ޤާނޫނުތައް ޒަމާނަށް ފެއްތުމުގެ މަސައްކަތް ކުރުމަށް ވެރިކަމާއި ހަވާލުވެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.
އެކަމަށް ކުރެވުނު މަސައްކަތާއެކު މިހާރު ޤާނޫނު އިސްލާހު ކުރެވި، އެއާގުޅޭ އުސޫލުތައް ތަޢާރަފް ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ނިޒާމެއް މިހާރު ތަޢާރަފް ކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. “ދުނިޔޭގެ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފަ ހުރި ޤައުމުތަކުގައިވެސް ޢަމަލުކުރާ ނިޒާމު މިހާރު މިއޮތީ އިރާދަކުރެއްވިއްޔާ ގެނެވިފައި. ހުރިހާ ކަމެއް އަކުރުން އަކުރަށް އޮތެކޭ ނޫން. ޒަމާނީ، ދެފުށް ފެންނަ ޤާނޫނެއް އަދި ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކަށް ޔަޤީންކަންދޭ ޤާނޫނެއް ފާސްވެފައި އޮތީ. އެއާއެކު ދިވެހިންނަށް ޚާއްސަ ވިޔަފާރީތައް ކަނޑައެޅިއްޖެ.” ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވަނީ ޤާނޫނުގެ ތެރެއިން އައިސްފައިވާ ބައެއް ބަދަލުތަކަށް އަލިއަޅުވާފައެވެ. އެގޮތުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ދީފައިވާ ލުއިތަކާއި، ރެއަލް އެސްޓޭޓް ވިޔަފާރިކުރުމަށް ދިވެހިންނަށް އިސްކަން ދިނުމަށް ގެނައި ބަދަލުތައް ވަޒީރު ފާޙަގަކުރެއްވިއެވެ. މީގެ އިތުރުން ލޮޖިސްޓިކް ދާއިރާ ފަދަ ދާއިރާތައް ދިވެހިންނަށް ޙާއްސަ ކުރެވިފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މީގެ ކުރިން އިޤްތިޞާދީ ވަޒީރުގެ އެކަނި ނިންމެވުމެއް ގޮތުގައި އިންވެސްޓު ކުރެވޭނެ ދާއިރާތައް ކަނޑައަޅަން އޮންނަ ނަމަވެސް މިހާރު އެކަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ހިމެނޭހެން ބާއްވާ ކެބިނެޓް ބައްދަލުވުމަކުން ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
“އެ އުސޫލަށް އަޅުގަނޑުމެން ރުޖޫޢަވީއިރު، ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރެވިފައި. މިކަން ބަލައިވެސް ގަނޭ. ބިޒްނަސް ކައުންސިލްގައި އެކި މަރުހަލާތަކުގައި ވާހަކަ ދެކެވި އެކި ގޮތްގޮތަށް ފިކުރު ހިނގިގެން، ކައިރީގައި ހުންނަ ޤައުމުތަކުގައި މިކަން ކުރާ ގޮތްވެސް ބަލާ ދިރާސާކޮށްގެން އުސޫލް ކަނޑައެޅިފައި އޮތީ. މީގެ އިތުރުން ރާއްޖޭގެ ޓޮޕް ލޯޔަރުންގެވެސް ލަފާ ލިބިގެން ޤާނޫނަކަށްވީ. އެހެންވީމަ މިއަދު އިތުބާރު އެބައޮތް މި ޤާނޫނާއި ދޭތެރޭ ” ވަޒީރު ވިދާޅުވިއެވެ. ސަރުކާރުން ވަނީ ފޮރިން އިންވެސްޓްމެންޓް ޤާނޫނަށް ގެނައި އިސްލާހުތަކުން ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދޭން ޒަމާނީ ބަދަލުތަކެއް ޤާނޫނަށް ވަނީ ގެނެސްފައެވެ.
ފޮރިންގ އިންވެސްޓްމަންޓް ޤާނޫނަށް އަލަށް ގެނައި ބަދަލުތަކާއެކު ދިވެހީންގެ ހުނަރާއި ޤާބިލުކަން އިތުރުކަމަށް ބެލެވޭ އިތުރު ބައެއް ދާއިރާތައް ދިވެހިންނަށް ހާޢްސަކޮށް ނުވަތަ އިންވެސްޓްމެންޓް ފުރުސަތު ބޭރުގެ ފަރާތްތަކަށް ވަނީ ހަނިކޮށްފައެވެ. އޭގެތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތް، ބަންކަރިންގެ ޚިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ އިތުރުން 100 މިލިޔަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތައް ހިމެނެއެވެ. މި ދާއިރާތަކަކީ ދިވެހިންނަށް ފަހި ފުރުސަތުތަކެއް އޮތް އަދި އިންވެސްޓް ކުރުމުގެ ބާރުވެރިކަން ހުރި ދާއިރާތައްކަން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
