
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އިސް ވަފުދެއް އަވަށްޓެރި މިޞްރުގެ ޖާސޫސީ އިސްވެރިޔާއާ ބައްދަލުކޮށް ޣައްޒާގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ ގުޅޭގޮތުންނާއި ޣައްޒާގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް، ދެ އަހަރަށް ފަހު ނިމުމަކަށް އައީ މިޞްރާއި ޤަޠަރާއި އެމެރިކާގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. ދެ އަހަރު ދުވަހަށް ފަހު ހަނގުރާމަ ނިމުަމަކަށް އައީ މި އަހަރުގެ އޮކްޓޯވަރު މަހުގެ 10ވަނަ ދުވަހު އެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުންނެވެ. ނަމަވެސް ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް ގާތްގަނޑަކަށް 400 މީހުން ޝަހީދުކޮށްލާފައިވެއެވެ.
ޙަމާސްއިން ނެރުނު ބަޔާނެއްގައި ބުނީ މިޞްރުގެ ޖާސޫސީ އިސްވެރިޔާއާ ބައްދަލުކޮށް، ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ތަންފީޒު ކުރުމުގައި ޙަމާސުން ދެމި ތިބޭނެ ކަމުގެ ޔަޤީންކަން އަރުވާފައިވާނެ ކަމަށެވެ. ނަމަވެސް ޔަހޫދީން އެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވަމުންދާ ކަމަށާއި، އޭގެ ސަބަބުން އެއްބަސްވުމަށް ހިޔަނި އެޅިފައިވާ ކަމަށް ޙަމާސުން ވަނީ ފާހަގަކޮށްފައެވެ. އެ ޖަމާޢަތުން އިތުރަށް ބުނީ އެއްބަސްވުން އެކުަލަވައިލުމަށް އެހީތެރިވި ޤައުމުތަކުގެ ބެލުމުގެ ދަށުން، އެއްބަސްވުމާ ޚިލާފަށް ހިންގާ ކޮންމެ ޢަމަލަކާ ގުޅޭ ގޮތުން ލިޔެކިޔުންތައް ހަދައި ދަމަހައްޓާނެ ހަރުދަނާ އުސޫލެއް ޤާއިމްކުރަން ޖެހޭ ކަމަށެވެ.
އޭގެ އިތުރުން ރަފަޙްގެ ބިންގަރާސްތަކުގައި ތާށިވެފައިވާ ޙަމާސްގެ ހަނގުރާމަވެރިން އަވަސް ގޮތަކަށް ސަލާމަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ޙަމާސުން މިޞްރާއެކު މަޝްވަރާކޮށްފައިވެއެވެ. ބިންގަރާސްތަކުގައި ތިބި ހަނގުރާމަވެރިންނާ މުވާސަލާތީ ގުޅުން މިހާރު ކެނޑިފައިވާ ކަމަށް ޙަމާސުން ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
