
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފިރިހެނުންގެ ޓެނިސް ވޯލްޑް ކަޕް ކަމަށްވާ ޑޭވިސް ކަޕް 2025 ގައި ރާއްޖެ ހިމެނޭ އޭޝިއާ އޯޝޭނި ގުރޫޕް 5 ގެ އެއްވަނަ ހޯދި ޤައުމީ ފިރިހެން ޓެނިސް ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. މިއީ ޓެނިސް ވޯލްޑް ކަޕްގައި ރާއްޖެއަށް ގުރޫޕު ސްޓޭޖުން އެއްވަނަ ލިބުނު ފުރަތަމަ ފަހަރެވެ. މިކާމިޔާބީ ހޯދައިދިން ސީނިއާ ގައުމީ ޓެނިސް ޓީމު މާލެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލައުންޖުން ޓީމަށް މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި ސްޓޭޓް މިނިސްޓަރ ޢަބުދުއްރައްޒާގް އިބްރާހީމް އާއި ޓެނިސް އެސޯސިއޭޝަންގެ ރައީސް އަޙުމަދު ހަފީޒާއި، ނައިބު ރައީސް އިގްނާޒް މަންސޫރާއި އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލެވެ.
ބަހްރެއިންގައި ކުރިޔަށްދިޔަ ޑޭވިސް ކަޕްގައި ރާއްޖޭގެ އެތުލީޓުން ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކައި އޭޝިއާ/އޯޝޭނިއާ ސަރަޙައްދުގެ ވަރުގަދަ ގައުމުތައް ބަލިކޮށްފައެވެ. އެގޮތުން ޔޫއޭއީ އާއި ތަޖިކިސްތާނާއި، މަކާއޯގެ ޗެމްޕިއަނުން ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދުމަށްފައެވެ. އަދި ޕްރޮމޯޝަނަލް މެޗާ ހަމައަށް ދަތުރުކުރި މި ޓީމުން ކުރި ހިތްވަރު ފާހަގަ ކުރައްވައި ވަޒީރު ވަނީ ކުޅުންތެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަދި މިކާމިޔާބީގެ ސަބަބުން އަންނަ އަހަރަށް ވަރަށް ބޮޑު އުއްމީދެއް އައުވެއްޖެ ކަމަށާއި، އެހެން ޓެނިސް ކުޅުންތެރިންނަށް ޤައުމީ ޓީމުގެ މިކާމީޔާބީގެ ސަބަބުން ކުރިޔަށްދާން އިތުރު ހިތްވަރެއް ލިބޭނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ޑޭވިސް ކަޕްގައި ވާދަކުރާ ޓީމުގައި ހިމެނެނީ ޓީމުގެ ކެޕްޓަން ޢަބުދުالله ފާއިހް ފަޒީލް، ދާއޫދު ޝަހީބު، މުޙައްމަދު ކައިސާން އިއްޒަތު ރަޝީދު، އަޙުމަދު ސާއި ވަހީދު އަދި އާދަމް އާލް ނިޔާޒެވެ.
ރާއްޖެ ވަނީ އޭޝިއާ އޯޝޭނިއާ ގުރޫޕް 5 ގެ ޑީގެ އެއްވަނައަށް ދަތުރުކޮށް ކުޅުނު ޕްރޮމޯޝަން ޕްލޭ އޮފްގައި ގުރޫޕް އޭގެ ޗެމްޕިއަން ނޮދާން މެރިއާނާ އައިލެންޑްސް އަތުން ބަލިވެފައެވެ. އެހެންނަމަވެސް މިއީ ޓެނިސް ވޯލްޑް ކަޕްގައި ރާއްޖެއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ. މީގެ ކުރީ އަހަރުތަކުގައި ގުރޫޕުގެ އެއްވަނައާ ހަމައަށް ނުދެވުނަސް މިއަހަރު ކުޅުންތެރިން މި ހޯދި ކާމިޔާބީއަކީ ޓެނިސް ކުރިއަރަމުން އަންނަކަމުގެ ހެއްކެއްކަމަށް ޓެނިސް އެސޯސިއޭޝަން ފާހަގަކުރެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި ތާރީޚީ ކާމިޔާބީި ހޯދައިދިން ޓެނިސް ކުޅުންތެރިން މަރުޙަބާ ދެންނެވުމަށްފަހު ޓެނިސް އެސޯސިއޭޝަންގެ ރައީސް އަޙުމަދު ހަފީޒް ވަނީ އަންނަ އަހަރުގެ މުބާރާތްތަކުން އިތުރު ކާމިޔާބީ ހޯދުމަށް ކުޅުންތެރިންނަށް ހިތްވަރު ދެއްވައިފައެވެ.
އަދި ކުރިޔަށް އޮތްތަނުގައި އިތުރު ކޯޗުން ގެނެސްގެން ޓްރޭނިން ޕްރޮގްރާމްތައް އިތުރުކޮށްދެއްވާނެކަމަށާއި، އަންނަ އަހަރު ވަރަށް ބޮޑު ކުޅުންތެރިންގެ ކުރިއެރުމަށް ކަންކަން މަގުފަހިކޮށްދެއްވާނެ ކަމަށް އެސޯސިއޭޝަންގެ ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
