
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް ވެލެންސިޔާ ބަލިކޮށް ކުލަބު އިގަލްސްއިން ހަތަރު ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. އީގަލްސް މެޗު ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. މި މޮޅާއެކު އީގަލްސް ގަދަ ހަތަރެއްގަ ހަމަޖެހިލީ 8 މެޗުން ހޯދި 12 ޕޮއިންޓާއެކުއެވެ. އީގަލްސްއާ އެންމެ ގާތުން ވާދަކުރާ ވިކްޓަރީ ފަސްވަނައިގަ އޮތީ ތިން ޕޮއިންޓް މަދުން ހޯދައިގެން 9 ޕޮއިންޓާއެކުއެވެ. މެޗުގެ ކުޅުން ފަށައިގެން އީގަލްސްގެ އެޓޭކްތަށް ވަރުގަދަކޮށް ފެނުނުއިރު އީގަލްސްގެ ކުރިއަށް ކުޅޭ ކުޅުންތެރިން ވަނީ ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. ފުރަތަމަ ހާފުގައި ވެލެންސިޔާއަކަށް މާ ނުރައްކާތެރި ހަމަލާއެއް އީގަލްސްގެ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ.
ދެވަނަ ހާފު ފަށައިގެން ދެވަނަ މިނިޓުގައި އީގަލްސްގެ ކެޕްޓަން އިބްރާހިމް ރިޒުވާން އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އީގަލްސްގެ ފުރަތަމަ ލަނޑަކީ އޭރިއާ ތެރެއިން އިބްރާހިމް މަހުދީ ހުސެއިން ލިބުނު ބޯޅައެއް އޯވާހެޑް ކިކަކުން ގޯލަށް ވައްދާލި ބޯޅައެކެވެ. މި ލަނޑަށްފަހު އީގަލްސްގެ ޒައިން ޒަފަރު އޭރިޔާ ބޭރުން ފޮނުވާލި ބޯޅައެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގެ ދެވަނަ ހާފުގައި ވެލެންސިޔާއަށްވެސް ލިބުނު މަދު ފުރުސަތުތަކުގައި އީގަލްސް ގޯލަށް ނުރައްކާ ކުރެވޭތޯ ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ވެލެންސިޔާގެ ސްޕެއިން ފޯވާޑް އަބޫބަކުރު ސިއްލާ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.
އީގަލްސްއިން ދެވަނަ ލަނޑު ކާމިޔާބުކުރީ 64 ވަނަ މިނިޓުގައި ރިޒްވާން އޭރިޔާތެރެއަށް ވަދެ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑަށް ފަހު ރިޒްވާން އޭރިއާ ތެރެއަށް ވަދެ ހުސްކޮށް ހުރި މަހުދީއަށް ބޯޅަ ދިނުމުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިންނެވެ. އީގަލްސްއަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ދެވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ޒުވާން ކުޅުންތެރިއާ އަހުމަދު ލައިތު އައްބާސްއެވެ. ލައިތުގެ މި ލަނޑަކީ އޭރިޔާތެރޭގައި ހުރެފަައި ގޯލުގެ މަތީ ކަނަށް ފޮނުވާލި ބޯޅައެކެވެ. ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި އީގަލްސް ނުކުންނާނީ ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ރައީސް މުޢިއްޒު ވަނީ ނޫސްވެރިންނަށް މީގެކުރިން ނުލިބޭފަދަ މިނިވަންކަމެއް ދެއްވާފައި: ލަމްއާން
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނޫސްވެރިކަމަށް ދެއްވަނީ ކުރީގެ ސަރުކާރުތަކާ ނުބައްދަލު ފުރިހަމަ މިނިވަންކަމެއް ކަމަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ލަމްއާން...
ރަސްމާލެ މަޝްރޫއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކޮންމެހެން ހިންގަން މަޖުބޫރު މަޝްރޫއެއް: މުއްޠަލިބް
މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް "ރަސްމާލެ" މަޝްރޫޢަކީ ކޮންމެހެން ހިންގަންޖެހޭ މުހިންމު މަޝްރޫޢެއް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު...
ނޫސްވެރިން ޒިންމާދާރުވާން ނައިބު ރައީސް ގޮވާލައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތައް ހިފަހައްޓައި، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ނޫސްވެރިންނަށް...
ގާނޫނާ އެއްގޮތަށް ސިޔާސީ ހަރަކާތް ހިންގަން އެމްޑީޕީ އާއި ޕީއެންއެފަށް އީސީން ނަސޭހަތްދީފި
ފޮޓޯ ކްރެޑިޓްސް: އިލެކްޝަންސް ކޮމިޝަން) ސަރުކާރާ ދެކޮޅަށް އެމްޑީޕީ އާއި ޕީއެންއެފުން މާލޭގައި ބާއްވަމުންދާ ހަރަކާތްތަކުގައި އިޖުތިމާއީ މިންގަނޑާ ހިލާފަށް ވާހަކަދައްކައި، ހަމަނުޖެހުމަށް ހިތްވަރުލިބޭ...
އައިޔޫއެމްގެ ކެމްޕަހެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަނީ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ އައު ކެމްޕަހެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި 35،000 އަކަފޫޓުގެ ބިމެއްގައި އިމާރާތްކުރުމަށް ވަނީ ނިންމާފައެވެ. މި...
ކުރިއަށް އޮތް 24 ގަޑިއިރު ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ރާއްޖެއަށް...
