
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އަންނަ އަހަރު ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާލޭގެ ހުރިހާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފައްޓަވާފައިވާ ޕްރޮގްރާމްގެ ތެރެއިން ވިލިމާލޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޅި ރާއްޖޭގައި ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދެއްވުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށެވެ. އަދި ވިލިމާލޭގައި ބޮޑު އާބާދީއެއް ދިރިއުޅޭއިރު ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ބިނާވެފައި ހުންނަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
“މި ފެށޭ އަހަރުގެ ތެރޭގައި ހިންގޭނެ އެންމެ މުހިންމު އެންމެ ބޮޑު މަޝްރޫއަކަށްވާނީ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުން، އެއީ ބާރަސަތޭކަ މީހުންގެ ޖާގައިގެ ސީޓިން ކެޕޭސިޓީ ހިމެނޭގޮތަށް އިންޑޯ ކުޅިވަރުތައް ކުޅެވޭގޮތަށް ތަރައްޤީ ކުރެވޭނެ މަރުކަޒެއް” ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވިލިމާލޭގައި މިހާރު އޮތް ފުޓްބޯޅަ ދަނޑު އަޕްގްރޭޑްކުރުމާއެކު ފީފާ ފެންވަރުގެ ސްޓޭޑިއަމަކަށް މިހާރު އޮތް ދަނޑު ބަދަކުުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމަށެވެ.
“ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑް ދަނޑަކަމަށް ހެދުންވެސް ހަމަ އޮތީ ކުރިޔަށް މިކަހަލަ ގިނަ ކަންތަތައްތަކެ އެބަހުރި ބަޖެޖުގައި އަޅުގަނޑުމެން ހިމަނާފަ ކުޅިވަރުގެ ދާއިރާއިންވެސް ވަރަށް ގިނަކަންކަން” ރައީސް ވިދާޅުވިއެވެ. ކުޅިވަރުގެ ދާއިރާއިން އަތޮޅުތެރެއެކޭ އެއްގޮތަށް މާލޭގައިވެސް ކުރިޔަށް އޮތް އަހަރު މުހިންމު ކަންތައްތަކެއް ކުރިޔަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
