
(ފޮޓޯ ކްްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުޅިވަރުގެ ދާއިރާއިން ވޭތުވެދިޔަ 104 ހަފްތާގެ ތެރޭގައި ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ އައު އިޞްލާޙުތަކަކާއެކު ފާސްކުރެވުނު ކުޅިވަރު ޤާނޫނުކަމަށާއި، މި ޤާނޫނު ވެގެންދާނީ ކުޅިވަރުގެ ތަރައްޤީ އައު މިސްރާބަކަށް ގެންދާނެ ފިޔަވަޅަކަށްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވޭތުވެދިޔަ 104 ހަފްތާގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން ހޯދުނު މުހިންމު ކާމިޔާބީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގަ ވަޒީރު ވިދާޅުވީ ކުޅިވަރު ޤާނޫނަށް އިސްލާޙުތަކެއް ގެނައުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައިވެސް ކުރައްވަން ފެއްޓެވިކަމަށެވެ. މިމަސައްކަތަކީ ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކާއި މަޝްވަރާކުރެވި އެންމެންގެ ޚިޔާލާއެކު ކުރެވުނު މުހިންމު މަސައްކަތެއްކަމަށް ވަޒީރު ސިފަކުރެއްވިއެވެ.
“ކުރީގަ އަޅުގަނޑުމެން ވާހަކަދެއްކީ ލޯންގް ޓާމް ޕްލޭންއެއް ހަދާ ވާހަކަ، އެއީ ހަމަ ހުރިހާ މުއައްސަސާތަކެއް ގުޅިގެން އޭރުގަ އަޅުގަނޑުމެން ދެއްކީ ޤާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭ ވާހަކަ. ގަވަރނަންސް ވަރުގަދަ ކުރަންޖެހޭ ވާހަކަ. އަދި އެ ބަދަލުތަކަކީ އަޅުގަނޑުމެން އެންމެން ޑިސްކަސްކުރިގޮތަށް އަޅުގަނޑުމެންގެ ކުޅިވަރުގެ މިސްރާބު ގެންދެވޭނެގޮތަށް ފަރުމާކުރެވިގެން އަންނާނެ ޤާނޫނަކަށްވުން” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ވަޒީރު ވިދާޅުވީ ކުޅިވަރު ދާއިރާއަށް ގެންނަންޖެހޭ އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެކިލެއްވީ ކުޅިވަރު ޤާނޫނަށް އިޞްލާޙުތަކެއް ގެނެސް ކުޅިވަރު އައު މިސްރާބަކަށް އަނބުރާލެއްވުންކަމަށެވެ. އެކަމަށް ކުރެވުނު ބުރަ މަސައްކަތާއެކު ކުޅިވަރު ޤާނޫނަށް އިސްލާހުތަކެއް ގެނެސް ކާމިޔާބުކަމާއެކު ޤާނޫނު ފާސްވެގެން ދިއުމަކީ މިދާއިރާއިން ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީކަމަށެވެ. އަލަށް އިޞްލާހުކުރެވުނު ކުޅިވަރު ޤާނޫނަކީ ޤާނޫނުން ބާރުތަކެއް ލިބިގެން ކުޅިވަރުގެ މިސްރާބު އެންމެ ހެޔޮ މަގަށް އެޅުވޭނެހެން ފަރުމާކޮށްފައިވާ ޤާނޫނެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މި ޤާނޫނު ފާސްވުމާއި ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުން އަންނަކަމަށް ވަޒީރު ހާމަކުރެއްވިއެވެ. “އެއާއި އެކު އެކަންކަން ޑީޓެއިލްކޮށް ކުރެވޭނެ ގޮތަށް ބައްޓަންކޮށްގެން ބައެއްކަންކަން މިހާރު ކުރެވެމުން މިދަނީ” ވަޒީރު ވިދާޅުވެފަވެއެވެ.
މި ޤާނޫނުގެ ދަށުން މިހާރު ކުރެވެމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ ކުޅިވަރު ފަންޑެއް އެކުލަވާލުމުގެ މަސައްކަތްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މިފަންޑާއެކު ކުޅިވަރު ވުޒާރާގެ ބަޖެޓަށް ލުއިތަކެއް އަންނާނެކަމަށާ މިބަޖެޓުގައި ބޭރުގެ ފަރާތްތަކުގެ އެހީތަކާއި ޕްރައިވެޓް ސްޕޮންސަރތައް ހިމެނޭނެކަމަށް ވަޒީރުވަނީ މައުލޫމާތުދެއްވާފައެވެ. “އޭގެ ތެރޭގަ ރާއްޖެއިން ބޭރުގެ ފަންޑު ލިބުމާއި އަދި ބައެއް ޕްރައިވެޓް ސްޕޮންސަރުންގެ އެހީ ފަންޑަށް ލިބުމާއި އަދި މިހާރު އަޅުގަނޑުމެންގެ ހުރި ކުޅިވަރު ވަސީލަތްތަކުން ލިބެންހުރި މަންފާ އެބަޖެޓު މެދުވެރިކޮށް އަޅުގަނޑުމެންނަށް ލިބުން. ޕްރައިވެޓް ސެކްޓަރއިންވެސް އަޅުގަނޑުމެންނަށް ލިބޭ އެހީ އެތުލީޓުން ބިނާކުރުމަށްޓަކައި އެފަންޑު މެދުވެރިކޮށް އަޅުގަނޑުމެން ބޭނުންކުރާނަން” ވަޒީރު ވިދާޅުވެފަވެއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ޤައުމީ އެތުލީޓުންނާއި އޮފިޝަލުންނަށް އިޝުއަރެންސް ދިނުމުގެ ކަންކަން މިއަހަރުގެ ތެރޭގައި ހަމަޖެހި މިއަންނަ އަހަރުގެ މަޖެޓުގައި އެކަން ހިމަނާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. މިއާއެކު ރާއްޖެ ތަމްސީލުކުރާ ހުރިހާ އެތުލީޓުންނާއި އޮފިޝަލުންނަށް ފުރަތަމަ ފަހަރަށް އިންޝުރަންސް ލިބިގެންދާނެއެވެ. މިއަހަރުގެ ތެރޭގައި ކުރެވުނު އިތުރު މަސައްކަތްތަކަށް ބަލާލާއިރު މިއަހަރު ފެށުނު ކުޅިވަރު އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ މަޝްރޫއުތަކުގެ ތެރެއިން 30 މަޝްރޫއެއް މުހާތަނަށް ނިންމާ، މީގެކުރިން ފެށިގެން ކުރިއަށްދިޔަ މަޝްރޫތަކުގެ ތެރެއިން 59 މަޝްރޫއެއް މިއަހަރުގެ ތެރޭގައި ނިންމާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހާރުވެސް 300 ވުރެ ގިނަ މަޝްރޫގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
