
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނެވުނު އިސްލާހަކާއެކު، ރަސްމީގަޑީގެ މަސައްކަތްތައް ނުރަސްމީގަޑީގައި ކުރެވޭނެ އުސޫލު، ނޭޝަނަލް ޕޭ ކޮމިޝަނުން މިހާރު ވަނީ ތައާރަފްކޮށްފަ އެވެ. “ފްލެކްސިބްލް ވޯކިން ޓައިމް”ގެ ނަމުގައި ހަމަޖެއްސި މި އުސޫލުގެ ދަށުން، މެއިންޓަނެންސް، އިންސްޕެކްޝަން، ސާވޭ އަދި އައިޓީ ދާއިރާގެ މަސައްކަތްތައް ކުރާ މުވައްޒަފުންނަށް، ރަސްމީގަޑީގައި ކުރަން ދަތި މަސައްކަތްތައް އެހެން ގަޑިތަކުގައި ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މީގެ މަގްސަދަކީ މަސައްކަތުގެ ނަތީޖާ ރަނގަޅުކޮށް، ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމެވެ.
މި ބަދަލުތައް އައިސްފައި މިވަނީ، 2022 ވަނަ އަހަރު ދައުލަތުގެ ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފެށި ފަހުން، ގިނަ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންތަކެއް ލިބި، މިމަހުން ފެށިގެން އެއްވެސް މުވައްޒަފެއްގެ އަސާސީ މުސާރަ 7،400ރ. އަށްވުރެ ދަށްނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ ކުރިން ބައެއް މުވައްޒަފުންނަށް 3،100ރ. ގެ އަސާސީ މުސާރައެއް ވެސް ލިބިފައިވާކަން ޕޭ ކޮމިޝަނުން ފާހަގަކުރެ އެވެ. އަދި މި އުސޫލުގެ ސަބަބުން މަސައްކަތުގެ މާހައުލުގެ ކަލްޗާ ހެޔޮ ބަދަލެއް ގެނެސް، ހާޒިރުވުމަށްވުރެ ނަތީޖާއަށް އިސްކަންދިނުމަކީ ކޮމިޝަންގެ އަމާޒެކެވެ. ކުރިން ތައުލީމީ އަދި ސިއްހީ ދާއިރާއަށް ގެނެވުނު މިފަދަ ބަދަލުތަކުން ރަނގަޅު ނަތީޖާތަކެއް ފެނިފައިވާ ކަމަށް ވެސް ޕޭ ކޮމިޝަނުން ބުނެ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
