
ދިވެހީންނަކީ އެތައް ހާސް އަހަރެއްގެ މުސްތަޤިއްލު ތާރީޚެއް އޮތް ބަޔެކެވެ. ހުރަވީ ދުވަހަކީ މި މިނިވަންކަން ނަގަހައްޓަން ކުރެވުނު ހަނގުރާމައަކުން ލިބުނު ކާމިޔާބުގެ ހަނދާން އާކުރާ ދުވަހެކެވެ. މީލާދީން 1752 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު ރަސްކަން ކުރައްވަމުން ގެންދެވިއިރު، އެ ރަދުންނަކީ ރައްޔިތުންނަށް އޯގާތެރި ބޭފުޅެކެވެ. ނަމަވެސް، އުއްތަމަ ފަނޑިޔާރު މުޙައްމަދު ޝަމްސުއްދީނާއި އެބޭފުޅާގެ ކޮއްކޮ ޚަޠީބު އަޙްމަދު މުޙްޔިއްދީނުގެ ހިތުގައި ރަސްކަމަށް ދަހިވެތިކަން އުފެދި، ރާއްޖޭގެ ޒަމާންވީ ޢަދުއްވު ކަންނަންނޫރު ޢަލީ ރާޖާއަށް ދިވެހިރާއްޖެ ހިފުމަށް ސިއްރިޔާތުގައި ދައުވަތު ދިނެވެ. ރާއްޖޭގެ ހާލަތު އިސްލާމީ އުސޫލުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ ރަސްމީ ސިއްކަ ޖެހި ފަތްކޮޅެއް ފޮނުވުމުން، ޢަލީ ރާޖާ ހޮޅީންގެ ލަޝްކަރެއް މާލެއަށް ފޮނުވައި، ދިވެހިރާއްޖެ ހިފިއެވެ.
މި ހާދިސާގައި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން އާއި އެހެން ބޭކަލެއް ކަންނަންނޫރަށް ގެންދެވުނުއިރު، ދިވެހީންގެ މިނިވަންކަން ނިގުޅައިގަނެ، ޢަލީ ރާޖާ ދިވެހިރާއްޖޭގެ ރަސްކަމަށް އިޢުލާނުކުރިއެވެ. ހޮޅީންނަށް އެހީވި ދެ ދިވެހިންނަށް އަނިޔާކޮށް ކަނޑުފެއްތުމަށްފަހު، ހޮޅީން ދިވެހީންގެ މުދާތައް ފޭރި، އަނިޔާކޮށް، ދިވެހީން ނިކަމެތިކޮށްގެން މާލޭގައި ދިރިއުޅެމުން ދިޔައެވެ.

ތިން މަސް ދުވަހުގެ އަޅުވެތިކަމަށްފަހު، ދިވެހި ހިތްވަރުގަދަ ފަހުލަވާނުންތަކެއް ހޮޅީންގެ ވެރިކަމާ ދެކޮޅަށް ތެދުވުމުގެ މަޝްވަރާ ފެށިއެވެ. މުލީގޭ ދޮން ހަސަން މަނިކުފާނު (ފަހުން ދޮންބަންޑާރައިން) ގެ އިސްވެރިކަމުގެ ދަށުން 200 ފަހުލަވާނުންގެ ލަޝްކަރެއް އެއްކޮށް، ހޮޅީން ނިދާފައި ތިއްބާ ކުއްލި ހަމަލާއެއް ދީ ނަސްރު ހޯދިއެވެ. މީލާދީން 1753 ވަނަ އަހަރު ޖުމާދިލްއާޚިރު މަހުން 3 ވީ އާދިއްތަ ވިލޭރޭގައެވެ. މި ދުވަހުގެ މުހިންމު ބަޠަލަކީ ފަހުން އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީނުގެ ނަމުން މަޝްހޫރުވި މުލީގޭ ދޮން ހަސަން މަނިކުފާނެވެ. މިއަދު އަޅުގަނޑުމެން ފާހަގަކުރާ ހުރަވީ ދުވަހަކީ މި ކާމިޔާބީގެ ހަނދާނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
