
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކޮންމެ ޕާޓީއަކަށްވެސް ސިޔާސީ މަސައްކަތް ކުރުމުގެ މާހައުލު މިއަދު ރާއްޖޭގައި ޤާއިމުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް 2 އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްގެ “ހަފްތާ 104” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގައި ސިޔާސީ ހަމަޖެހުން ޤާއިމުކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން ސިޔާސީ ގޮތުން އެކި މީހުންނަށް ފިޔަވަޅު އެޅުން ނިމުމަކަށް ގެނެސް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޤާނޫނުގައިވާ ގޮތަށް ފަހިކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި އުފެދުނު ސަރުކާރުތަކާއި އަދުގެ ސަރުކާރު ވަރަށް ތަފާތު ކަމަށެވެ. ކުރީ ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމުގެ އިތުރުން މިވީ ދެއަހަރުގެ ތެރޭގައި ސިޔާސީ ގޮތުން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް އެއްވެސް ސަރުކާރަކުން ސިޔާސީ ހަމަޖެހުން ޤާއިމުނުކުރެވޭ ވަރަށް މި ދެ އަހަރު ތެރޭގައި ސިޔާސީ ހަމަޖެހުން ގާއިމުވެފައިވާ ކަމަށެވެ.
“ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު އެއްވެސް ކަހަލަ ކަންބޮޑުވުމެއް ނެތް. ސިޔާސީ ކޮންމެ ޕާޓީއަކަށްވެސް އެ ޕާޓީއަކުން ކުރަން ބޭނުންވާ ސިޔާސީ މަސައްކަތް ކުރުމުގެ މާޙައުލު މިއަދު އެބައޮތް ރާއްޖޭގައި ޤާއިމުވެފައި. އެބައެއްގެ ސަޕޯޓް އޮންނަ މިންވަރަކުން އެބަޔަކަށް ހަރަކާތް ހިންގޭނީ. އެއީކީ އެއްވެސް ވަރަކަށް ސަރުކާރުން ހުއްޓުވައިގެން، ސަރުކާރުން އެއަށް ނުފޫޒު ފޯރުވައިގެންވާ ކަމެއް ނޫން،” ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ)
މަޖިލީހުގެ ރައީސް ވިދާޅުވީ، ޤައުމުގައި ހަމަޖެހުން ގާއިމު ކުރެވޭނީ، އަދުލު އިންސާފު ގާއިމުކުރެވިގެން ކަމަށްވާއިރު ޝަރުޢީ ދާއިރާ މިނިވަން ކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު އަޅުއްވާފައިވާ ފިޔަވަޅުތަކުން އެކަން ޙާސިލް ކުރެވޭނެ ކަމަށެވެ. “އިންސާފު ނެތްތަނެއްގައި ހަމަޖެހުން ނޯންނާނެ. ތަރައްޤީއެއް ނުގެނެވޭނެ. ޝަރުޢީ ދާއިރާ މިނިވަންކުރަން ބޭނުންވާވަރު ބަޖެޓަށް ބަލާލިޔަސް ފެންނާނެ. ޤައުމެއްގެ ތަރައްޤީގެ މަގުގައި ހަމަޖެހުން އޮވެގެން ސުލްޙަވެރިކަމާއެކު ކުރިއަރައިގެން ދިއުމުގައި އެންމެ ބޮޑަށް ބޭނުންވަނީ، މިނިވަން މުސްތަޤިއްލު ޝަރުޢީ ނިޒާމެއް ޤާއިމުވެފައި އޮތުން. އެކަން ރައީސް ކުރައްވަނީ،” މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ތަމްސީލް ކުރާ ޕީއެންސީއަށް ދިނީ ރާއްޖޭގައި ހަމަޖެހުން ޤާއިމުކޮށް، ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނައުމަށް ކަމަށެވެ. އެހެންވެ ރައްޔިތުން އެދޭ ގޮތަށް ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށް ސަރުކާރުން ކުރައްވާ ކަންކަމަށް މަޖިލީހުން ދޭންޖެހޭ އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައި ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
