
(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
ފުލުހުންގެ މުޢައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް ފުރުޞަތެއް ނުދޭނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިހެން ވިދާޅުވީ، ވިލިމާލެ ޕޮލިސް ސްޓޭޝަނުން 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލާގައި ނެރުނު ބަޔާނެއްގައެވެ. ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވީ، އެ މުޢައްސަސާގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ޚިދުމަތުގެ އަޚުލާޤީ މިންގަނޑުތަކާއި، އަސާސީ އުސޫލުތަކާއި ޚިލާފަށް ކުރާ ކޮންމެ ކަމަކީ އެކަމަށް ބޮޑު އިސްކަމެއްދީގެން ފުލުހުން ތަހުޤީޤުކޮށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަޚުލާޤާއ،ި ހަރުދަނާ މަސައްކަތުގެ ރޫޚާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވިދާޅުވިއެވެ.
ފުލުހުން ވަނީ، މިކަމުގައި ބައިވެރިވި ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނެ ކަމުގެ ޔަޤީންކަން ދީފައެވެ. ފުލުހުން ވިދާޅުވީ، އެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި އެ ޚިދުމަތުގެ ހުރިހާ މުވައްޒަފުންނަކީވެސް، ޖަވާބުދާރީވުމާއި، ނަޒާހަތްތެރިކަން ހިފަހައްޓައި ސާބިތުކަމާއެކު ދެމިތިބެ، އިޚުލާސްތެރި ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ، އެ މުޢައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަން ކުރަމުން ގެންދާ މައިގަނޑު އަމާޒު ކަމަށެވެ.
މިމައްސަލައިގެ މައުލޫމާތު ހާމަކޮށް ފުލުހުން ވިދާޅުވީ، ޤާނޫނާއި ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް 32 ކާޓަން ސިނގިރޭޓު ގެންގޮސްފައިވާ ކަމަށެވެ. އަދި މިތަކެއްޗަކީ، ބިދޭސީއެއްގެ އަތުން މިއަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ނެގި ތަކެތި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތި ބަހައްޓާފައި ހުރީ، ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައެވެ. މީގެ ތެރެއިން 6 ކާޓަން މަދުވި މައްސަލައެއް ފެންމަތިވެ އެ މައްސަލަ މިހާރު ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތި މަދުވިކަން އެނގުނީ، އޮންނަ އުސޫލުގެ ތެރެއިން މިތަކެތި ކަސްޓަމްސްއާއި ހަވާލުކުރުމަށް މިމަހުގެ 12 ވަނަ ދުވަހު ބެލުމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ތަހުޤީޤު ކުރަމުން ދަނިކޮށް މީގެ ކުރިންވެސް މިފަދަ ކަމެއް ހިންގާފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު 2 ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 25 ކާޓަން ސިނގިރޭޓު ގެއްލިފައިވާކަން ފާހަގަވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، މި ދެ މައްސަލައާއި ގުޅިގެން ޖިނާޢީ ތަހުޤީޤެއް ކުރަމުންދާ ކަމަށެވެ. އަދި މައްސަލަތަކާއި ގުޅޭ އިދާރީ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
