
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރު ނިމޭއިރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލަށް ބައިނަލްއަޤްވާމީ ހުރިހައި އެއަރލައިނެއް ބަދަލުކުރެވޭވަރުވާނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ސަރުކާރަށް 2 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓަރމިނަލް ނިންމައި މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވުމެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފަތުރުވެރިކާއި ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން މިހާބޮޑަށް ފުޅާވެގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމުންކަމަށެވެ. މިހާރު އައު ޓަރމިނަލް ފުލީ އޮޕަރޭޝަނަލައިޒްވެގެން ބައިނަލްއަޤްވާމީ އެއަރލައިންތައްވެސް އައު ޓަރމިނަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. “އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިއަހަރު ނިމޭއިރު އަންނަ އިންޓަނޭޝަނަލް ހުރިހައި ފްލައިޓްތަކެއްވެސް އައު ޓަރމިނަލުން ޚިދުމަތް ދޭގޮތަށް މަސައްކަތް ފެއްޓިގެންދާނެ. މިއީ ވަރަށް ބޮޑެތި ކުރިއެރުމެއް ރާއްޖޭގެ ފަތުރުވެރިކަމަށް.” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ، ރާއްޖޭގެ ބައެއް ސަރަހައްދުތަކަކީ ފަތުރުވެރިކަން ތަރައްޤީވެފައި ނެތް ސަރަހައްދުތަކަށްވުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. އެއީ ހއ، ހދ، ށ، ތ، ލ، އަދި އައްޑޫ ސިޓީއެވެ. އެހެންކަމުން މި ސަރަހައްދުތަކުގައި އިތުރަށް ކޮންސިޝަންސް ދީގެން ފަތުރުވެރިކަމަށް ރަށްތަކެއް ހުޅުވާލާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. “މިދެންނެވި ކޮންސެޝަންސްގައި ގާތްގަނޑަކަށް 42 ރަށެއް މިވަނީ ހުޅުވާލެވިފައި. އޭގެތެރޭގައި 6 ރަށެއް ވޭ ހަލާލް ޓޫރިޒަމަށް. އެއީ މުޅިން އައު ކޮންސެޕްޓެއް. މިދެންނެވި 6 ރަށް ހުޅުވާލެވުނުއިރު މިހާރު މިވަނީ 1 ރަށް އެވޯޑް ކުރެވިފައި. އޭގެއިތުރަށް އޯޕަން ބޮޑިންއިން 17 ރަށެއް ހުޅުވާލެވިފައި މިވަނީ. އޭގެތެރެއިން 2 ރަށް މިހާރު ވަނީ އެވޯޑްކުރެވިފައި. އަދި 1 ރަށް މިހާރު ވަނީ އެބޭފުޅުންނާއިއެކު ސޮއިވެސް ކުރެވިފައި. އަދި ކްލޯޒް ބިޑިންއިން 19 ރަށެއް މިވަނީ ހުޅުވާލެވިފައި. އަދި އޭގެތެރެއިން 6 ރަށެއް އެވޯޑްކުރެވި 2 ރަށެއް މިހާރު ވަނީ ކޮންޓްރެކްޓް ކުރެވިފައި.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖެއަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ބޮޑެތި ލުއިތަކެއް ހޯދައިދެވިފައިވާކަމަށެވެ. މި ސަރުކާރުގެ 2 އަހަރުގެ ތެރޭގައި ފަތުރުވެރިކަމަށް 6223 އެނދު ވަނީ އިތުރުކޮށްފައެވެ. މި ހިނގާ 2025 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މުޅިން އަލަށް 122 ތަނެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. މީގެތެރޭގައި 2 ރިސޯޓް، 1 ޓޫރިސްޓް ހޮޓާ، 87 ގެސްޓްހައުސް، 20 ހޯމްސްޓޭ ޓޫރިސްޓް ގެސްޓްހައުސް އަދި 12 ޓޫރިސްޓް އުޅަނދު ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
