
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް އެއްބަސްވުމެއް ޤާއިމްކޮށް، އެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ނަމަވެސް އަދިވެސް ޔަހޫދީންގެ ވަރުގަދަ ޙަމަލާތައް ދަނީ ޣައްޒާއަށް އަމާޒުވަމުންނެވެ. އެ ގޮތުން އެއްބަސްވުމަށް ބެލުމެއް ނެތި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް ޔަހޫދީން ވަނީ ޣައްޒާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޝަހީދުކޮށްލައިފައެވެ. ޣައްޒާގެ އިދާރާތަކުން ބުނީ އެންމެ ފަހުގެ ޙަމަލާތަކުގައި ޔަހޫދީން ޣައްޒާގެ 20 ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އެ ޙަމަލާތަކުގައި 80އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ. އެނގިފައިވާ ގޮތުގައި ޔަހޫދީންގެ ފުަރަތަމަ ޙަމަލާ އަމާޒުކޮށްފައި ވަނީ ރިމާލް ކިޔައި ބައިބޯ އަވަށެއްގައި އޮތް ކާރަކަށެވެ. އެ ޙަމަލާގައި ފަސް މީހުން ޝަހީދުވެފައިވެއެވެ.
އޭގެ އިރުކޮޅެއް ފަހުން ޔަހޫދީން ވަނީ ދީރުލް ބަލާޙްއާއި ނުޞައިރާތު ކޭމްޕުގައި ހުރި ދެ ގެއަކަށް ޙަމަލާ ދީފައެވެ. އެ ދެ ޙަމަލާގައި ވެސް ދިހަ މީހުން ޝަހީދުވެ، ގިނަ ޢަދަދެއްގެ މީހުންނަށް ޒަަޚަމްވެފައިވެއެވެ. ހަމަ އެ ދުވަހު ޣައްޒާ ސިޓީގެ ހުޅަނގު ސަރަޙައްދުގައި ހުންނަ ގެއަކަށް ދިން ޙަމަލާއެއްގައި ވެސް އިތުރު ފަސް މީހުން ޝަހީދުކޮށްލާފައިވެއެވެ. އެއާއެކު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަމުން ދަނިކޮށް ނޮވެމްބަރު މަހުގެ 22މީ ހޮނިހިރު ދުވަހު އެކަނި ޝަހީދުވި މީހުންގެ ޢަދަދު 20އަށް އަރައެވެ.
ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ނެރެފައިވާ ބަަޔާނެއްގައި ބުނީ ޔަހޫދީންގެ ޙަމަލާތައް ދުވަހެއް ދުވަަހަކަށް އިތުރުކުރަމުންދާ ކަަމަށާއި، ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން އެކުލަަވައިލުމަށް އެހީތެރިވި ޤައުމުތަކުން ޔަހޫދީންގެ ޢަމަލުތަކާ މެދު ފިޔަވަޅު އަޅަައި، އެއްބަސްވުން ދަމަހައްޓަންޖެހޭ ކަމަށެވެ.
ޔަހޫދީންނަށް ހަތިޔާރު ވިއްކާތީ އިޓަލީވިލާތުގެ މަދަނީ އިޖްތިމާޢީ ޖަމްޢިއްޔާތަކުން ކޯޓަށް
ޔަހޫދީން ޣައްޒާއަށް އަދިވެސް ޙަމަލާތައް އަމާޒުކުރަމުންދާ އިރު، ދުނިޔޭގެ އެކި ޤައުމުތަކުން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދޭތީ އެ ޤައުމުތަކުގެ ޢާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެ ގޮތުން އިޓަލީވިލާތުގެ ތިން މަދަނީ ޖަމްޢިއްޔާއަކުން ވަނީ އެ ޤައުމުގެ ދައުލަތުން ހިންގާ ދިފާޢީ ކުންފުނި، ލިއޮނާޑޯއާއި އިޓަލީވިލާތުގެ ސަރުކާރާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ. އެ ޖަމްޢިއްޔާތަކުން އެދެނީ ޔަހޫދީންނަށް ހަތިޔާރު ވިއްކުމަށް އެކުލަވާލާފައިވާ އެންމެހާ އެއްބަސްވުންތައް ބާޠިލް ކުރުމަށެވެ.
އިޓަލީވިލާތުން ޔަހޫދީންނަށް ހަތިޔާރު ވިއްކުން މަނާކޮށްފައިވާ ކަން އިޢުލާންކުރީ 2023ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އޭގެ ކުރިން ޔަހޫދީންނަށް ހަތިޔާރު ވިއްކުމަށް ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ޙުއްދަ ދޫކޮށްފައިވާ ހަތިޔާރު އަދިވެސް ޔަހޫދީންނަށް ފޯރުކޮށްދެއެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިޓަލީވިލާތުގެ ރޯމްގައި ހުންނަ ކޯޓަކަށް ފަލަސްޠީނުގެ ރައްޔިތަކާއި އިޓަލީވިލާތުގެ ތިން ޖަމްޢިއްޔާއަކުން އެކުގައި ހުށަހެޅި މައްސަލައިގައި ބުނީ ދުނިޔޭގެ އެންމެ ބޮޑު ހަތިޔާރު ކުންފުނިތަކުގެ ތެރޭގައި ލިއޮނާޑޯ ހިމެނޭއިރު. އެ ކުންފުނިން ޔަހޫދީ އަސްކަރިއްޔާއަށް ހަތިޔާރު ފޯރުކޮށްދެމުންދާ ކަމަށާއި، އެއީ އިޓަލީވިލާތުގެ ޤާނޫނުއަސާސީއާއި ބައިނަލްއަޤްވާމީ ޤަނޫނުތަކުން މަނާކުރާ ކަމެއް ކަމަށެވެ. އިޓަލީވިލާތުގެ ޤާނޫނުގައި ބުނާ ގޮތުން ހަނގުރާމަ ހިނގަމުންދާ ޤައުމުތަކާއި ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކަށް އިޚްތިރާމު ނުކުރާ ފަރާތްތަކަށް ހަަތިޔާރު ވިއްކުން މަނާވާނެއެވެ.
އެ ތިން ޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޔަހޫދީން އިިސްތިޢުމާރު ކޮށްފަައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ޔަހޫދީންނަށް ޖަރީމާ ހިންގެނީ ބޭރުގެ ޤައުމުތަކުން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދެމުން ދާތީ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
