
(ފޮޓޯ ކްރެޑިޓްސް: ރޮއޓާރސް)
މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް، ދުނިޔޭގެ ޤައުމުތަކުން ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ހުރަސްއެޅޭ ކަމަށް ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، އީޔޫން ބުނަމުންދާތީ، ބްރެޒިލްގައި ކުރިއަށްދާ އދގެ މޫސުމާބެހޭ ބައްދަލުވުން، ކޮޕް-30ގެ ސަމިޓަށް ހުށަހެޅި ނިންމުންތަކަށް އެއްބަސްވެވޭނެކަމާމެދު ސުވާލު އުފެއްދިއްޖެއެވެ. މި މަހުގެ 10 ވަނަ ދުވަހު، ބްރެޒިލްގައި ފެށި ބައްދަލުވުން، ހުކުރު ދުވަހުގެ ހަވީރު ނިންމަން ހަމަޖެހިފައި އޮތް ނަމަވެސް، ރޭގަނޑާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްގެންވެސް ޚިޔާލުތަފާތުވުންތަކަށް ހައްލެއް ލިބޭ ގޮތެއް ނުވިއެވެ. މިކަމުގެ ސަބަބުން، ބައިބައިވުމަށް ފުރުޞަތު ދިނުމުގެ ބަދަލުގައި، މޫސުމީ ކާރިސާއިން އަރައިގަތުމަށް ޤައުމުތަކުން އެއްބަސްވުމަކަށް އާދެވޭނެ މަގެއް ހޯދުމަށް، ކޮޕް-30ގެ ރައީސް އަންޑްރޭ ކޮރެއާ ޑޯ ލާގޯ ވަނީ އިލްތިމާސްކުރައްވައިފައެވެ.
ސާފުނުކުރާ ތެލާ މެދު އީޔޫން ޚިޔާލުތަފާތުވާނަމަ، އެ އިއްތިޙާދުން ފަގީރު ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް ބޭނުންވާ މާލީ އެހީ އިތުރުކުރަންޖެހޭ ކަމަށް އެ ޤައުމުތަކުން ވަނީ ގޮވާލައިފައެވެ. މިކަމުގައި އެންމެ ބޮޑު ޚިޔާލުތަފާތުވުމެއް އުފެދިގެން އުޅެނީ، ޖައްވަށް ވިހަ ގޭސް އެންމެ ބޮޑަށް ދޫކުރާ ތެޔޮ އެންދުމާ ގުޅޭގޮތުންނެވެ. މިގޮތުން، ސާފުނުކުރާ ތެޔޮ ނޫން ގޮތަކުން ހަކަތަ އުފެއްދުމަށް އީޔޫން ބާރުއަޅާއިރު، ތެލާއި ގޭސް އުފައްދާ ގިނަ ޤައުމުތަކުން އެކަން ކޮޕް-30ގެ ނިންމުންތަކުގެ ތެރޭގައި ހިމަނަން ދެކޮޅެވެ.
ކޮޕް-30ގެ ނިންމުންތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަރުދާސް މިހާރަށް ވުރެ ބޮޑަށް ހަރުކަށި، އަދި ހަރުދަނާވާންޖެހޭނެ ކަމަށް އީޔޫން ޤަބޫލުކުރެއެވެ. އެ ނޫން ގޮތަކަށް، އެ ކަރުދާހަށް އެއްބަސްނުވެވޭނެކަމަށް އީޔޫގެ ކޮމިޝަނަރު ފޯ ކްލައިމެޓް، ހޮޕްކަރ ހޯކްސްޓްރަރ ވަނީ ވިދާޅުވެފައެވެ. އަދި އީޔޫން ބޭނުންވާ ގޮތަށް އެ ކަރުދާހުގައި ތެޔޮ އެންދުމާ ބެހޭ މާއްދާ ހަރުކަށިކޮށްފިނަމަ، ކްލައިމެޓް ފައިނޭންސް އިތުރުކުރުމާމެދު ދޫދޭނެކަމުގެ އިޝާރާތެއް އޭނާ ވަނީ ދެއްވައިފައެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމަށްޓަކައި، 2025 ވަނަ އަހަރުގެ މިންވަރަށް ވުރެ 2030 ވަނަ އަހަރުގެ ނިޔަލަށް ޤައުމުތަކަށް ލިބޭ މާލީ އެހީތެރިކަން ތިންގުނަ އިތުރުކުރުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރުމަށް ވެސް އެ ކަރުދާހުގައި ހިމަނާފައިވެއެވެ.
ނަމަވެސް މި ފައިސާ ފޯރުކޮށްދޭނީ، މުއްސަނދި ޤައުމުތަކުން ކަމެއް ނުވަތަ ޑިވެލޮޕްމަންޓް ބޭންކުތައް ނޫނީ އަމިއްލަ ފަރާތްތަކުން ކަމެއް އެ ކަރުދާހުގައި ސީދާ ބަޔާންކޮށްފައެއް ނުވެއެވެ. މި ނިންމުންތައް ހިމެނޭ ކަރުދާސް ފާސްކުރުމަށްޓަކައި، އެ ބައްދަލުވުމުގައި ބައިވެރިވާ ގާތްގަނޑަކަށް 200 އެއްހާ ޤައުމުން އިއްތިފާގުވާންޖެހޭނެއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
