
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ޒަޚަމު ކުރަމުންދާ އަންހެނުންނާއި ކުޑަކުދިންގެ އަދަދު އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަން، އެ ސަހަރުގެ ރައްޔިތުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ޑޮކްޓަރސް ވިތުއައުޓް ބޯޑަރސް (އެމްއެސްއެފު)ން ހާމަކޮށްފިއެވެ. ޔަހޫދީން މިހާރު ޣައްޒާއަށް ބޮންއަޅަމުން ދަނީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ އެކު އަމަލު ކުރަމުންދާ އެއްބަސްވުމާ ޚިލާފަށެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގާފައިވާއިރު، ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާއިން 69,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލިއެވެ. އަދި، 158,000އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލިއެވެ. ޔަހޫދީންގެ ޢުދުވާންތައް މެދުކަނޑައިލާފައި ވަނީ އޮކްޓޫބަރު 10ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ފައުޖުން އަދިވެސް ދަނީ ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާ ދެމުންނެވެ. އެމްއެސްއެފްގެ ޑޮކްޓަރުން ބުނީ، ޔަހޫދީން މިހާރު ދެމުންދާ ޙަމަލާތަކުގައި އެންމެ ގިނަ ޒަޚަމުތައް ލިބިފައި ވަނީ އަންހެނުންނާއި ކުޑަކުދިންނަށް ކަމުގައެވެ. މި ގޮތުން، ނޮވެންބަރު 19ވަނަ ދުވަހަށް ފަހު ވެސް ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާ ދޭން ޖެހުނު ކަމުގައި އެ ޖަމުޢިއްޔާއިން ހާމަކުރިއެވެ. އޭގެ ތެރެއިން ގިނަ މީހުންގެ ހަށިގަނޑުގެ ކަށިތައް ބިނދި، ވަޒަން އަރައިގެން ފަރުވާ ދޭން ޖެހުނު ކަމުގައި ވެސް އެ ޖަމުޢިއްޔާގެ ޑޮކްޓަރުން ބުންޏެވެ. ބައެއް އަންހެނުންނާއި ކުޑަކުދިންގެ ބޮލުގެ ނާށިގަނޑު ފެޅިފައިވާ ކަން ވެސް އެމްއެސްއެފްގެ ޑޮކްޓަރުން ހާމަކުރިއެވެ.
ޔަހޫދީންގެ އެންމެ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޣައްޒާގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީއާއި ދެކުނުގައި އޮތް ރަފަޙުގައި ދިރިއުޅޭ ޢާންމުންނަށެވެ. ޔަހޫދީންގެ ޑްރޯން ޙަމަލާއެއްގައި މޫނަށް ބޮޑެތި ޒަޚަމުތަކެއް ލިބުނު ނުވަ އަހަރުގެ ކުޑަކުއްޖަކަށް ޣައްޒާ ސިޓީގެ ހަސްފަތާލެއްގައި ފަރުވާ ދޭން ޖެހުނު ކަމުގައި ވެސް އެމްއެސްއެފްގެ ޑޮކްޓަރުން ބުންޏެވެ. ޣައްޒާ ސިޓީއާއި ރަފަޙްގައި ޒަޚަމު ކުރަމުންދާ މީހުންނަށް ޞިއްޙީ ފަރުވާ ދިނުމަށް އެ ޖަމުޢިއްޔާގެ ޑޮކްޓަރުން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ.
ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ޔަހޫދީން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 312އަށް އުފުލިފައިވާ ކަމުގައެވެ. އޭގެ ތެރޭގައި 67 ކުޑަކުދިން ހިމެނޭ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފު)ން ހާމަކުރިއެވެ. “ދޮޅަހަކަށް ވުރެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމު ކޮށްލާފައި. ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ފަހުން ވެސް ކޮންމެ ދުވަހަކު އެވުރެޖުކޮށް ދެ ކުޑަކުދިން ޒަޚަމު ކޮށްލާ،” ޔުނިސެފްގެ ތަރުޖަމާނު ރިކާރްދޯ ޕީރްޝް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
