
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-1 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެ އެވެ. ނިއު ކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ފަންސާސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން ނިއުކާސަލް މޮޅުވިއިރު އެ ޓީމު ވަނީ އިންޓަރނޭޝަނަލް ބްރޭކަށް ދިއުމުގެ ކުރިން ބްރެންޓްފޯޑް އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާއިރު ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މެންޗެސްޓަރ ސިޓީގެ ފިލް ފޯޑެން އަށް ޝާރ ކުރި ފައުލަކާއި ގުޅިގެން އެ ޓީމަށް ޕެނަލްޓީއެއް ދީފައިނުވާތީ ސިޓީގެ ކުޅުންތެރިންގެ އިތުރުން ކޯޗު ޕެޕް ގަޑިއޯލާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
މެންޗެސްޓަރ ސިޓީގެ ފޯވަޑް އާލިން ހާލަންޑް ގޯލަށް އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ހަމަލާ ނިއުކާސަލްގެ ގޯލުކީޕަރު ނިކް ޕޯޕް ވަނީ މަތަކޮށްފަ އެވެ. ޕްރިމިއާ ލީގުގައި މިހާތަނަށް 99 ލަނޑު ޖަހާފައިވާ ހާލަންޑް މި މެޗަށް ނިކުމެފައިވަނީ 100 ލަނޑު ޖަހާ ޕްރިމިއާ ލީގުގައި އެންމެ އަވަހަށް 100 ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހެދުމަށެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ނިއުކާސަލް އިން ކުރި ހޯދާފައިވަނީ މެޗުގެ 63 ވަނަ މިނިޓުގައި ހާވޭ ބާރންސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް އޭގެ ފަސް މިނިޓު ފަހުން މެންޗެސްޓަރ ސިޓީގެ ރުބެން ޑިއާސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ނިއުކާސަލް ޔުނައިޓެޑް އިން ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ ސިޓީ އިން މެޗުގެ ނަތީޖާ އެއްވަރުކުރިތާ ދެ މިނިޓު ފަހުން ހާވޭ ބާރންސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑު ޖެހިއިރު ބާރންސް އޮފްސައިޑް ވެފައިވާކަމަށް ގިނައިރުތަކެއް ވަންދެން ވީޑިއޯ އެސިސްޓެންޓް ރެފްރީން ވަނީ ވީޑިއޯތައް ބަލާފަ އެވެ. މި ނަތީޖާ އާއިއެކު ނިއުކާސަލް ޔުނައިޓެޑަށް ވަނީ ލީގުގައި މިޙާތަނަށް ކުޅުނު 12 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލުގެ 14 ވަނަ އަށް އަރާފަ އެވެ. މެންޗެސްޓަރ ސިޓީ އޮތީ 22 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
