
ޗެމްޕިއަން ލިވަޕޫލް އިނގިރޭސި ޕްރެމިއާ ލީގުގައި އަނެއްކާ ވެސް ބަލިވެއްޖެއެވެ. މި ފަހަރު ބަލިވީ ޓޭބަލުގެ 16 ވަނާގައި އޮތް ފޮރެސްޓް އަތުން 3-0 އިންނެވެ. މިއީ އެންމެ ފަހުން ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ލިވަޕޫލް ބަލިވި ހަ ވަނަ މެޗެވެ. ތަށި ދިފާއު ކުރަން ނުކުތް ޓީމު ވަނީ މި ނަތީޖާއާއެކު ޓޭބަލުގެ 11 ވަނަ އަށް ވެއްޓިފަ އެވެ. މެޗަށް ފަހު ކޯޗު އާނޭ ސްލޮޓް ބުނީ ޒިންމާ ނަގާނީ ވެސް އަދި ނަގަންޖެހޭނީ ވެސް އޭނާ ކަމަށެވެ. “އަހަރުމެން ޓީމުގައި މޮޅު ކުޅުންތެރިން ވަރަށް ގިނަ. އަހަރެންގެ ޒިންމާއެއް އެ މީހުންގެ ފުށުން އެންމެ މޮޅު ކުޅުންތެރިން ދައްކައިދިނުމަކީ. އެކަން ނުކުރެވޭނަމަ އަހަރެން ޒިންމާވާން ޖެހޭނެ،” ކޯޗު ބުންޏެވެ.
އޭނާ ބުނީ ލިވަޕޫލް ޓީމުގައި ތަފާތު ގޮތެއް ހަދަން އޭނާ މަސައްކަތް ކުރި ކަމަށާއި ނަމަވެސް އޭނާގެ ރޭވުން ކާމިޔާބު ނުވި ކަމަށެވެ. “އަހަރެން މަސައްކަތް ކުރީ ކުޑަ ބަދަލެއް ގެންނަން. އެކަމަކު އެކަން ކާމިޔާބު ނުވި. މީގެ ޒިންމާ ނަގަންޖެހޭނީ އަހަރެން. ޓީމަށް ނަތީޖާ ނުލިބޭނަމަ އަހަރެން ޒިންމާ ވާން ޖެހޭނެ،” ކޯޗު ބުންޏެވެ. މިދިޔަ ސީޒަނުގައި ޓީމާ ހަވާލުވެ ޕްރެމިއާ ލީގު ތަށި ހޯދައިދިނުމަށްފަހު ސްލޮޓް ވަނީ މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް 500 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަރަދުކޮށްފަ އެވެ ނަމަވެސް އޭނާ ގެނައި އެއްވެސް ކުޅުންތެރިއަކަށް މޮޅު ކުޅުމެއް ނުދެއްކެ އެވެ. އަދި އެހެން ކުޅުންތެރިންގެ ފޯމު ވެސް ވަނީ ވަރަށް ދަށްވެފަ އެވެ. ކެޕްޓަން ވާޖިލް ވެންޑައިކް މެޗަށް ފަހު ބުނީ މި ދެރަ ނަތީޖާއާމެދު އެންމެންވެސް ޒިންމާ ނަގަން ޖެހޭ ކަމަށެވެ.
“އަހަރުމެން މި ތިބީ ވަރަށް ގޯސް ކަމެއްގެ ތެރޭގައި. މިކަމުން އަހަރުމެން އަރައި ގަންނަން އެބަޖެހޭ. އަހަރުމެން ކޮޅަށް ވަންނަނީ ވަރަށް ފަސޭހަ ގޯލުތަކެއް. މި މެޗުގައި ވެސް އެ މީހުން ފުރަތަމަ ގޯލު ޖެހީ ހިލޭ ޖެހުމަކުން ވަރަށް ފަސޭހައިން. އަހަރުމެން އެންމެން މަސައްކަތް ކޮށްގެން މި ކަމުން އަރައި ގަނެވޭނީ،” ވެންޑައިކް ބުންޏެވެ. ލިވަޕޫލް ފޯމު ވަރަށް ބޮޑަށް އަޑިއަޅާލުމާއެކު ކޯޗު އާނޭ ސްލޮޓަށް މިހާރު ވަރަށް ބޮޑަށް ޕްރެޝަރު ބޮޑުވެފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ވެސް ވަނީ ބުނަން ފަށައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
