
ބާސެލޯނާގެ ދަނޑުން އަލުން ހަދައި ކުޅުނު ފުރަތަމަ މެޗުގައި އެ ދަނޑުގައި އެންމެ ފުރަތަމަ ގޯލެއް ޖެހި ކުޅުންތެރިއަކަށް ޕޮލެންޑްގެ ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ ވެއްޖެއެވެ. އެތްލެޓިކް ބިލްބާއޯ އަތުން ބާސެލޯނާ 4-0 އިން މޮޅުވި މެޗުގައި ލެވޮންޑޯސްކީ ފުރަތަމަ ގޯލު ޖެހީ މެޗުގެ ހަތަރު ވަނަ މިނިޓްގަ އެވެ. އޭގެ ފަހުން ފެރަން ޓޮރޭޒް ދެ ލަނޑު އަދި ލަމީން ޔަމާލް ވެސް ވަނީ ލަނޑު ޖަހައިފަ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން 38 އަހަރުގެ ފޯވަޑް ބުނީ މި ގޯލަކީ އަބަދުވެސް އޭނާގެ ހަނދާނުގައި ހުންނާނެ ގޯލެއް ކަމަށެވެ.
“އަހަރެން ވަރަށް ގިނަ ސްޓޭޑިއަމްތަކުގައި ކުޅެފިން. އެކަމަކު މި ދަނޑުގައި ކުޅުމަކީ މުޅިން ތަފާތު އިހުސާސެއް ކުރެވޭ ކަމެއް. އަމުދުން އަހަރެން މި ގޯލު ވަރަށް ހަނދާން ހުންނާނެ. މި ދަނޑުގައި ފުރަތަމަ ގޯލު ޖެހި މީހަކަށް އަހަރެން ވުމުން ވަރަށް އުފާވެއްޖެ،” ލެވޮންޑޯސްކީ ބުންޏެވެ. ބާސެލޯނާއިން އެކުލަބުގެ ރަސްމީ ދަނޑު ކަމަށްވާ ކޭމްޕް ނޯ ދޫކޮށް 2023 ވަނަ އަހަރު ސްޕޭނުގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅެން ފެށީ ސްޓޭޑިއަމް ތަޅާލައި އަލުން ބިނާކުރަން ފެށުމަށެވެ. މި މެޗަކީ ސްޓޭޑިއަމުގެ ބޮޑުބައި ނިމި ބޭނުން ކުރެވޭ ގޮތްވުމުން ކުޅުނު ފުރަތަމަ މެޗެވެ. ޖުމުލަ 105000 މީހުންނަށް ވަދެވޭ ގޮތަށް ބިނާކުރަމުންދާ ސްޓޭޑިއަމުގައި ބާސެލޯނާއިން މެޗުތައް ކުޅެން ފަށާނީ 45000 މީހުންގެ ޖާގަ އަށް މީހުން ވައްދައިގެންނެވެ. އެއީ މިހާތަނަށް ސްޓޭޑިއަމުގެ ފުރަތަމަ ބައިގެ ދެ ފޭސް ނިމި ސިޓީ ކައުންސިލްގެ ހުއްދަ ލިބިފައިވާތީ އެވެ.
ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ވަނީ އަލުން މި ދަނޑުގައި ކުޅުން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. އޭނާ ވިދާޅުވީ ސްޓޭޑިއަމް ބިނާކޮށް، އަލުން އެ ދަނޑުގައި ކުޅެން ފެށުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިކަން ކުލަގަދަކޮށް ފާހަގަ ކުރުމަށް ސަޕޯޓަރުންނަށް ދަނޑަށް އައުމަށް އެންގީ ބާސެލޯނާ ނިސްބަތްވާ ކުލަތަކުގަ އެވެ. އަދި މެޗު ބެލުމަށް ބާސެލޯނާގެ ކުރީގެ ކުޅުންތެރިންނާއި އެކިއެކި ހަރުކުލައިގެ ފަރާތްތަކަށް ދަނޑަށް ދައުވަތު ދިނެވެ. މި ގޮތުން ބާސެލޯނާ ކައުންސިލްގެ ރައީސް ވެސް ދަނޑަށް ވަޑައިގަތެވެ. ލަޕޯޓާ ވިދާޅުވީ އުއްމީދަކީ މި އަހަރު ނިމުމުގެ ކުރިން ސްޓޭޑިއަމުގައި 60000 މީހުންނަށް ކުޅިބަލަން ތިބެވޭ ގޮތަށް މެޗުތައް ކުޅުން ކަމަށެވެ. “ސްޓޭޑިއަމް އެއްކޮށް ނިމެނީ 2026ގެ ނިޔަލަށް. ދެން ސްޓޭޑިއަމުގެ ފުރާޅު ހަދަން ތިން މަހެއްހާ ދުވަސް ނަގާފާނެ. އެހެންވީމާ އަހަރުމެންގެ ޝެޑިއުލާ އެއް ގޮތަށް ކަންކަން އެބަދޭ،” ލަޕޯޓާ ވިދާޅުވި އެވެ.
ނޯކޭމްޕްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޖޯން ސެންޓެޔޭސް ވިދާޅުވީ ދަނޑުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކޮންމެ މެޗެއް ކުޅުމުގެ 48 ގަޑިއިރު ކުރިން މެދު ކަނޑާލާނެ ކަމަށެވެ. އަދި އެންމެ އިސްކަންދެނީ ސަޕޯޓަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
