
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާރންލީ އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެ ތާވަލުގެ ދެވަނަ މަގާމް ހޯދައިފި އެވެ. އިންޓަރނޭޝަނަލް ބްރޭކަށް ފަހު ރޭ ކުޅުނު މި މެޗުން ޗެލްސީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން ޖުމްލަ 23 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 26 ޕޮއިންޓެވެ. ބާރންލީ އަށް 12 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު އޮތީ ތާވަލުގެ 19 ވަނައިގަ އެވެ.
ބާރންލީގެ ދަނޑުގައި ކުޅުނު މި މެޗަށް ޗެލްސީ ނިކުތްއިރު އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އަންނަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ދެކޮޅަށް ޗެލްސީ ކުޅޭ މެޗަށް އެ ޓީމުގެ ބައެއް ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދީފަ އެވެ. އެގޮތުން އެ ޓީމުގެ މެދުތެރޭގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަމުންދާ މޯސެސް ކައިސޭޑޯ އާއި ގަރްނާޗޯ މި މެޗުގައި ކުޅުވާފައެއް ނުވެއެވެ. ޗެލްސީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި ޗެލްސީގެ ޓްރެވަރ ޗަލޮބާ ފޮނުވާލި ބާރު ހަމަލައެއް ބާރންލީގެ ގޯލުކީޕަރު ވަނީ މަތަކޮށްފަ އެވެ. މި މެޗުގައި ޗެލްސީ އަށް ލީޑު ނަގައިދީފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން އަށް މިނިޓަށް ވެފައިވަނިކޮށް ޕެޑްރޯ ނެޓޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޖެމީ ގިޓެންސް ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗުގެ ދެވަނަ ހާފަށް ޗެލްސީ ނިކުތްއިރު މަރެސްކާ ވަނީ އެ ޓީމުގެ ކެޕްޓަން ރީސް ޖޭމްސް ގެ ބަދަލުގައި ބަޑިއަޝޭލް ކުޅެން އަރުވާފަ އެވެ. ޗެލްސީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް މާކް ޖިއޫގެ އެސިސްޓަކުން އެންޒޯ ފެނާންޑޭޒް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
