
ސްޕެނިޝް ލީގުގެ ރައީސް ހާވިއާ ޓެބާސްގެ މައްސަލަ ބަލަން ބާސެލޯނާއިން މިހާރު ބޭނުން ނުވާ ކަމަށް އެ ކުލަބުން ވިދާޅުވެއްޖެއެވެ. ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ މިހެން ވިދާޅުވީ ސްޕޭނުގެ ޓްރާންސްޕޭރަންސީ އެންޑް ޑިމޮކްރަސީ ސްޕޯޓްސް އެސޯސިއޭޝަނުން ޓެބާސްއާ ދެކޮޅަށް ބާސެލޯނާއާ ގުޅޭ މައްސަލައެއް ހުށަހެޅުމުންނެވެ. އެ އެސޯސިއޭޝަނުގެ ރައީސް މިގުއެލް ގަލަން ހުށަހެޅި މައްސަލަ އަކީ މިދިޔަ އަހަރުގެ ކުރީކޮޅު ސްޕެނިޝް ލީގުން ބާސެލޯނާގެ ސިއްރު މާލީ ހާލަތުގެ ރިޕޯޓް ލީގު ކުރި މައްސަލަ އެވެ.
ސްޕެނިޝް ލީގުގައި ބާސެލޯނާގެ މާލީ ހާލަތު އެނގޭ ގޮތަށް ލިޔެކިއުންތައް އާއްމު ކުރުމުން ލަޕޯޓާ ވެސް ފުރަތަމަ މައްސަލަ ޖެއްސި އެވެ. އަދި މި މައްސަލާގައި ޓެބާސްއާ ދެކޮޅަށް މައްސަލަ ޖައްސާނެ ކަމަށް ވެސް ލަޕޯޓާ ވިދާޅުވި އެވެ. “މިހާރު އެ މައްސަލަ ބަލާކަށް އަހަރެން ބޭނުމެއްނޫން. އެކަމަށް އެތައް ދުވަހެއް ވެއްޖެ. މިހާރު އަހަރުމެން ދެ ފަރާތުގެ ގުޅުން ވެސް އަންނަނީ ރަނގަޅުވަމުން. އެހެންވީމާ މިހާރު ތިކަން ކުރާބަލާއިރު އެއީ އަހަރެން އެހާ ހިތްހަމަ ޖެހޭ ކަމެއްނޫން،” ލަޕޯޓާ ވިދާޅުވި އެވެ.
ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި މި މައްސަލަ ބެލުމަށް ޓެބާސް ވަޒީފާއިން ސަސްޕެންޑް ކުރުން ގާތެވެ. އަދި ފަހަރުގައި ދާއިމީކޮށް އޭނާގެ މަގާމު ގެއްލުމަކީ ވެސް ގާތުގައިވާ ކަމެކެވެ. ސްޕެނިޝް ލީގުން ބާސެލޯނާގެ މާލީ ހާލަތު އެނގޭގޮތަށް ލިޔެކިއުންތައް އޭރު ލީގު ކުރީ ބާސެލޯނާ ތުހުމަތު ކުރި ގޮތުގައި އެ ކުލަބަށް ކުޅުންތެރިން ގަތުމަށާއި މޮޅު ކުޅުންތެރިން އައުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ. ސަބަބަކީ ސްޕެނިޝް ލީގުން ވުޖޫދުކުރި ސީވީސީ ޑީލަށް ރުހުން ނުދިން ތިން ކުލަބުގެ ތެރޭގައި ބާސެލޯނާ ހިމެނުމެވެ. މިކަމާ ގުޅިގެން އޭރު ލަޕޯޓާ ވެސް ވަނީ މިއީ ސްޕެނިޝް ލީގަށް ކުރެވޭނެ ކަމެއްނޫން ކަމަށާއި ކުލަބަށް ލިބުނު ގެއްލުމާ ދެކޮޅަށް ޓެބާސްއަށް ފިޔަވަޅު އަޅަން އެދޭނެ ކަމަށް ބުނެފަ އެވެ. މިއާއެކު ސްޕެނިޝް ލީގުން ފަހުން ވަނީ ހުރިހާ ލިޔެކިއުންތައް ފަހުން ވެބްސައިޓުންނާއި އެކަމާ ގުޅޭ އެންމެހާ ލިޔެކިއުންތައް އެކިއެކި ޕްލެޓްފޯމްތަކުން ފޮހެލައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
