
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް ބަލިކޮށް އޮޑި ސްޕޯޓްސް ކުލަބުން ލީގު ދެވަނައަށް ޖެހިލައިފިއެވެ. އޮޑިން މިމެޗު ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. މި މޮޅާ އެކު، އޮޑިން ލީގުގެ ދެ ވަނަ އަށް ޖެހިލީ، އަށް މެޗުން 19 ޕޮއިންޓާ އެކުއެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަކީ މި ވަގުތު ލީގުގައި ބަލިނުވެ، އޮތް ހަމައެކަނިޓީމެވެ. އެ ޓީމުން އެއް ވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، 24 ޕޮއިންޓާ އެކު އެވެ. ނިއު، ފުރަތަމަ ފަހަރަށް ލީގުގައި ބަލިވިއިރު، އެ ޓީމު ލީގުގެ ތިން ވަނައިގައި އޮތީ އަށް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ނިއުއަށް މެޗަށް ނުކުތްއިރު އަނިޔާގެ ހިޔަނި އޮތީ އެޅިފައެވެ. އެގޮތުން ތަޖުރިބާކާރު މިޑްފީލްޑަރ މުހައްމަދު އިރުފާން އަނިޔާގެ ސަބަބުން ރޭގަ މެޗުގައި ނުކުޅުއިރު މި ސީޒަންގައި ނިއުގެ ގޯލު ބަލަހައްޓަމުން ދިޔަ ހަނީފް ސާގިބަށް ވެސް ވަނީ ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ކުޅެވޭގޮތް ނުވެފައެވެ. ހަނީފްގެ ބަދަލުގައި މެޗުގައި ނިއުގެ ގޯލު ބެލެހެއްޓީ ސްރީލަންކާގެ ގައުމީ ޓީމުގެ ގޯލު ކީޕަރު ކަވީޝް ލަކްޕްރިއާ ފެނާންޑޯއެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ފުރަތަމަ ހާފުގައި މާ ރަނގަޅު އެޓޭކްތަކެއް ދެ ޓީމަށް ވެސް އުފެއްދިފަނުވެއެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ނިއުގެ ކުޅުންތެރިން އުފެއްދި ހަމަލާއެއް އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު ވަނީ ދިފާއުކޮއްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނިއުގެ މުސާ ޔާމިން އޮޑީގެ ޕެނެލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ ސީދާ ނުވެއެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އޮޑީގަ މުޒްދާން ހަސަން އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރު ކަވީޝް ވަނީ ދިފާއުކޮއްފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 66 ވަނަ މިނިޓުގައި އޮޑިން ކާމިޔާބުކުރީ އަހުޒަމް ރަޝީދު އޭރިޔާތެރެއަށް ވަދެ ނަގައިދިން ބޯޅައެއް އިބްރާހިމް ވަހީދު ހަސަން ބޮލުން ގޯލަށް ވައްދާލި ބޯޅައިންނެވެ. މި ލަނޑަށްފަހު އޮޑީގެ އަހުޒަމް އޭރިޔާ ބޭރުން ކީޕަރު ކައިރިން ނައްޓާލާފަ އޭރިޔާތެރެއަށް ވަދެ ނަގައިދިން ބޯޅަ އޮޑީގެ ލިތުއޭނިޔާ ފޯވާޑް ކަރޮލިސް ލިކުއެޒްމީ ފޮނުވާލުމުން ގޯލު ރޮނގުމަތިން ނިގެ ބިދޭސީ ޑިފެންޑަރ ފަރަކަޖޯން ވަނީ ދިފާއުކޮއްފައެވެ.
މެޗުގެ ފަހުކޮޅު ނިއުގެ ހަސަން ރާއިފު ވަނީ ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ނިއު ނުކުންނާނީ މާޒިޔާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
