
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލުގެ އެއްވަނައިގައި ލިބިފަ އޮތް ލީޑު ދަމަހައްޓައިފިއެވެ. އޭއެފްސީ އޭޝިޔަން ކަޕް ކޮލިފައިންގައި ފިލިޕީންސްއާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗަށް ލީގި މެދު ކަނޑާލުމަށް ފަހު ކުޅުނު މެޗުން މާޒިޔާ ކާމިޔާބު ކުރީ 3-0 ލަނޑުންނެވެ. ވިކްޓަރީ އަތުން ހޯދި މޮޅާ އެކު މާޒިޔާ ވަނީ ލީގުގެ އެއްވަނައިގަ ހަތް ޕޮއިންޓުގެ ލީޑެއް ނަގާފައއެވެ. ދެ ވަނައިގައި އޮތް ނިއު ރޭޑިއަަންޓް ސްޕޯޓްސް ކްލަބަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތް މާޒިޔާ އަށް ވަނީ އަށް މެޗުން ވެސް މޮޅުވެ، 24 ޕޮއިންޓް ލިބިފައެވެ. ދެ ވަނައިގައި އޮތް ނިއު އިން މިރޭ ކުޅޭނީ ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އޮޑި އަށް ވަނީ ހަތް މެޗުން 16 ޕޮއިންޓް ލިބިފައެވެ.
މާޒިޔާ މުޅި މެޗު ޑޮމިނޭޓް ކޮއްގެން ކުޅުނު މެޗުގައި ވިކްޓަރީއަށް މާގިނަ ހަމަލާއެއް ނުއުފެއްދުނު ނަމަވެސް އެޓީމުން ވަނީ މާޒިޔާ ކައިރީގަ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ކުރީކޮޅު މާޒިޔާގެ ހަމްޒާ މުހައްމަދާއި އެޓީމުގެ ސްޕެއިންގެ ފޯވާޑް ސާޖިއޯ މެންޑީއަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުކެއް ލިބިފައެވެ. ވިކްޓަރީ އަށް މެޗުގެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އަބްދުﷲ މިދުހަތު ފަހުމީ އަށެވެ. 15 ވަނަ މިނޓުގައި މާޒިޔާގެ ޕެނެލްޓީ އޭރިއާ ތެރެއިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މާޒިޔާ އިން މެޗުގައި ފުރަތަމަ ލަނޑު ޖެހީ 37 ވަނަ މިނިޓުގައި ހަމްޒާ ނަގައިދިން ކޯނަރަކުން މެންޑީ ބޮލުން ގޯލުތެރެއަށް ވައްދައިލައިގެންނެވެ. މީ މެންޑީ ލީގުގައި ޖެހި ނުވަވަނަ ލަނޑެވެ. މި ލަނޑަށް ފަހު މާޒިޔާގެ އަހުމަދު އައިހަމް ވަނީ ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތު ލިބިފައެވެ.
މެޗުގެ ދެވަނަ ހާފުގައި ސާޖިއޯ މެންޑީ ވަނީ ގާތްގާތުގައި ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. މާޒިޔާގެ ފަހު ދެލަނޑު ފެނިގެން ދިޔައީ މެޗުގެ ފަހުކޮޅުގައެވެ. 84 ވަނަ މިނިޓުގައި އިއަހަމް އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ގޯލަށް ވައްދާލި އިރު މެޗުގެ އިތުރު ވަގުތު ތެރޭގައި މާޒޔާއަށް ތިންވަނަ ލަނޑު ކާމިޔާބުކޮއްދިނީ ނާއިޒް ހަސަން ދިން ބޯޅައަކުން ހައިޝަމް އެވެ. ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މާޒިޔާ ނުކުންނާނީ ނިއުރޭޑިއަންޓާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
