
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
މި ދައުރުގެ މިހާތަނަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް 114.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެއަރ އެމްބިއުލާންސްގެ ޚިދުމަތަކީ ވައިގެ މަގުން ބަލިމީހުން އުފުލުމަށް ޚާއްސަކޮށް ރާއްޖޭގައި ފެށި ޚިދުމަތެކެވެ. ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ޚިދުމަތް ރަސްމީކޮށް އެއަރ އެމްބިއުލާންސްގައި ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ފުރަތަމަ ދުވަހުގައެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި ދައުރުގެ މިހާތަނަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް 114.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އެގޮތުން މިދިޔަ އަހަރު މި ޚިދުމަތަށް 29 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެންސްފާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިއަހަރު އެކަނިވެސް މި ޚިދުމަތަށް 85.1 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ހަފްތާ 104 ގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން#Hafthaa104 pic.twitter.com/Kk9Am4FfpH
— NSPA (@NSPAmaldives) November 22, 2025

(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
ވައިގެ މަގުން ބަލި މީހުން އުފުލުމަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތްފެށީ ސަރުކަރުން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ޚިދުމަތް ދިނުމުގައި އުޅަނދުތައް އަބަދުވެސް އޮންނާނީ ތައްޔާރީ ޙާލަތުގައެވެ. އެއަރ އެމްބިއުލާންސް ތަޢާރަފްކުރުމުގެ ކުރިން ރާއްޖޭގައި ބަލިމީހުން އުފުލާފައިވަނީ އިންޑިއާގެ ސިފައިންގެ އެހީތެރިކަމާއެކު ހެލިކޮޕްޓަރުގައާއި މޯލްޑިވިއަންގެ އާއްމު ދަތުރުފަތުރުތަކަށް ބޭނުންކުރާ ބޯޓުތަކުގައެވެ. ސަރުކާރުގެ ޢަމާޒަކަށްވީ ބަލި މީހުން އުފުލުމަށް ޚާއްސަ ބޯޓަކާއެކު، ދިވެހިން އެމަސައްކަތުގައި ދިވެހިން ހަރަކާތްތެރިވުމެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
