
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އާމްދަނީގެ ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓި، ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 9.9 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރައިން ވިދާޅުވެއްޖެއެެވެ. މާލީ ވުޒާރާއިން އާންމު ކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ ޖުމްލަ އާމްދަނީއާއި ހިލޭ އެހީ 33.2 ބިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. މިއީ ކުރީ އަހަރުގެ 30.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 9.9 އިންސައްތައި ގެ ކުރިއެރުމެކެވެ.
ޓެކްސް އާމްދަނީ 7.7 އިންސައްތަ އިތުރުވެ 24.8 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއާއެކު މުދަލާއި ޚިދުމަތުގެ ޓެކްސް ނުވަތަ ޖީއެސްޓީ އާމްދަނީ 11.5 އިންސައްތަ އިތުރުވެ 13.5 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން މި އަހަރުގެ ޖުލައި 1 އިން ފެށިގެން ޓޫރިޒަމް ޖީ.އެސް.ޓީ ނުވަތަ ޓީ-ޖީ.އެސް.ޓީ ރޭޓު %17 އަށް ބޮޑުކޮށްފައިވާތީ 13.7 އިންސައްތަ އިތުރުވެ 9.0 ބިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. ގްރީން ޓެކްސް 108.0 އިންސައްތަ އިތުރުވެ 1.9 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖަސް/ޑިޕާޗަރ ޓެކްސް 60.2 އިންސައްތަ އިތުރުވެ 1.5 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް މާލީ ވުޒާރައިން ވިދާޅުވިއެވެ.
ޓެކްސް ނޫން އާމްދަނީ 22.1 އިންސައްތަ އިތުރުވެ 8.2 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރެއިން އެކިއެކި ޚިދުމަތަށް ނެގޭ ފީގެ ގޮތުގައި ލިބޭ އާމްދަނީ 60.3 އިންސައްތަ އިތުރުވެ 3.7 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މި އިތުރުވުމުގެ ބޮޑުބައެއް ހިއްސާކުރަނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިހާތަނަށް 1.6 ބިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ 60.4 އިންސައްތައިގެ އިތުރުވުމެކެވެ. މާލީ ވުޒާރާއިން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައި ޖުމްލަ ޚަރަދު 34.1 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ ކުރީ އަހަރުގެ 39.4 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 13.5 އިންސައްތައި ގެ ދަށްވުމެކެވެ. ސަރުކާރު ހިންގުމުގެ ޚަރަދުތައް 10.7 އިންސައްތައިން ދަށްކޮށް މިދިޔަ އަހަރާ އަޅައިބަލާއިރު 2.0 ބިލިޔަން ރުފިޔާއިން ޚަރަދުތައް ކުޑަކޮށްފައިވެއެވެ.
ސަރުކާރުން ދޭ އެހީ އިޝްތިރާކާއި ސަބްސިޑީސްއަށް ކުރާ ޚަރަދުތައް ކުރީ އަހަރާ އަޅައިބަލާއިރު 4.0 އިންސައްތައިން ކުޑަކޮށްފައިވެއެވެ. އަދި ވަކިން ހާއްސަކޮށް ސަބްސިޑީއަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރު ނަމަވެސް، މިބަޔަށް ހިނގާފައިވާ ޚަރަދުތައް ފާއިތުވި އަހަރާ އަޅައިބަލާއިރު 11.1 އިންސައްތަ ދަށެވެ. މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށްވެފައިވުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިހާތަނަށް އައި އިރު، ކެޕިޓަލް ޚަރަދުގެ ޖުމްލަ 4.9 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ އަހަރުގެ 10.5 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 53.9 އިންސައްތައިގެ ދަށްވުމެކެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބަކީ މަޝްރޫޢުތަކަށް ހިނގާ ޚަރަދުތައް ކޮންޓްރޯލްކޮށް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސިންގފަދަ އުސޫލުތަކުގެ ދަށުން މަޝްރޫއުތައް ހިންގަން ފަށާފައިވުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. މިއަހަރު މިހާތަނަށް، ޕީ.އެސް.އައި.ޕީގެ ޚަރަދުތައް 6.9 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ކުރީ އަހަރުގެ 9.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު މިއީ 25.6 އިންސައްތައިގެ ދަށްވުމެކެވެ.
ޕީ.އެސް.އައި.ޕީގެ އެންމެ ބޮޑު ބައެއް ޚަރަދުކުރެވިފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށް ކަމަށްވާއިރު، މިއީ 4.3 ބިލިޔަން ރުފިޔާއެވެ. ފާހަގަކޮށްލެވޭ ގޮތެއްގައި، ވައިގެ ބަނދަރުތަކުގެ އިންވެސްޓްމަންޓް 10.5 އިންސައްތަ އިތުރުވެ 3.2 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ބްރިޖްއެޅުމަށް 846.7 މިލިޔަން ރުފިޔާ އަދި ބަނދަރުހެދުމަށް 309.4 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ.
މި އަހަރު ފެށުނީއްސުރެ މިހާތަނަށް އޯވަރޯލް ބެލެންސް ސަރޕްލަސް ނުވަތަ އަރަނިކޮށް ހުރުމަށްފަހު، އޮކްޓޫބަރު މަހުގެ ފަހު ހަފުތާގައި ޑެފިސިޓްވެފައިވެއެވެ. މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓު އޯވަރޯލް ޑެފިސިޓް ހުރީ 807.3 މިލިޔަން ރުފިޔާގައެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރިކޯޑުކުރެވުނު 9.1 ބިލިޔަން ރުފިޔާގެ ޑެފިސިޓާ އަޅާބަލާއިރު، 91.1 އިންސައްތައިގެ ދަށްވުމެކެވެ. މި ކުރިއެރުން ޙާޞިލުވެފައިވަނީ އިގުތިސާދީ ކުރިއެރުމާއި އާމްދަނީގެ ފިޔަވަޅުތަކާއެކު އާމްދަނީ އިތުރުވެފައިވާތީއާއި ޚަރަދުތައް ކޮންޓްރޯލްކުރުމުގައި ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވާތީ ކަމަށް މާލީ ވުޒާރައިން ވިދާޅުވިއެވެ. މި މުއްދަތުގައި އޯވަރޯލް ބެލެންސް ޑެފިސިޓްކޮށް ހުރި ނަމަވެސް، ޕްރައިމަރީ ބެލެންސް 3.2 ބިލިޔަން ރުފިޔާއިން އަރަނިވެފައިވާކަން މާލީ ވުޒާރައިން ފާހަގަކޮށްފައިވެއެވެ.
މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން، ދައުލަތުގެ ޚިދުމަތުގައި ހަމަހަމަ އަދި ޢަދުލުވެރި އޮނިގަނޑެއް އެކުލަވާލެވިގެންދާނެއެވެ. އަދި މި ސިޔާސަތާއެކު ޚަރަދުތައް ކޮންޓްރޯލްކުރުމާއި ކެޕިޓަލް މަޝްރޫޢުތައް ފަރުމާކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އާމްދަނީ ކުރީ އަހަރަށްވުރެ ރަނގަޅުވަމުންދާއިރު، ކެޕިޓަލް ޚަރަދުތައް އިތުރަށް އަމާޒުކުރެވެމުންދަނީ ކުރިއެރުމަށް މުހިންމު ވަސީލަތްތަކަށް ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
