
(ފޮޓޯ ކްރެޑިޓްސް: ސިޓީތަކާބެހޭ މިނިސްޓްރީ)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ސިޓީޓަކާބެހޭ ވުޒާރާއިން އެ ވުޒާރާގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުޅިވަރު ހަރަކާތްތަކެއް މިއަދު ވަނީ ކުރިއަށްގެންގޮސްފައެވެ. 4 ޓީމަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ސިޓީތަކާބެހޭ ވުޒާރާގެ 200އެއްހާ މުވައްޒަފުން ބައިވެރިވެފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ސިޓީތަކާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ކުޅިވަރު ހަރަކާތްތަކަކީ، އެ ވުޒާރާގެ މުވައްޒަފުންގެ ގުޅުން ވަރުގަދަކޮށް، އެއްބައިވަންތަކަން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތްތަކެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މި ހަރަކާތުގެ ތެރެއިން، ރިލޭތަކާއި، ޖޫގޯ ރަން، ޓަގް އޮފް ވާ، ޖަޔަންޓް ފުޓް ވޯކް ފަދަ ތަފާތު ގިނަ ކުޅިވަރުތަކެއް ކުޅެފައިވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ސިޓީތަކާބެހޭ މިނިސްޓްރީ)
ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ، މުވައްޒަފުންގެ އެއްބައިވަންތަކަން އިތުރުކުރުމަށް ކުރިއަށްގެންދެވޭ ހަރަކާތްތަކެއްކަމަށެވެ. އަދި 2 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ވުޒާރާއިން ގިނަ ހަރަކާތްތަކެއް ރާވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. “ވޭތުވެދިޔަ 2 އަހަރަކީ މިނިސްޓްރީގެ ވަރަށް ކާމިޔާބު މަސައްކްތަކެއް ކުރެވުނު 2 އަހަރު. މީގެ ހުރިހާވެސް ނަތީޖާއެއް މި ނެރެވޭ އެންމެ ބޮޑު އެއް ސަބަބަކީ އަޅުގަނޑުމެންގެ މިނސިްޓްރީގެ މުވައްޒަފުންގެ އޮންނަ ބަދަހި ގުޅުމާއި އެއް ޓީމެއްގެ ގޮތުގަ ކުރެވޭ މަސައްކަތްތަކެއް. އެގޮތުން މިއަދުވެސް އަޅުގަނޑުމެން މި ހިންގި ހަރަކާތަކީ މުވައްޒަފުންގެ މެދުގަ ގުޅުން އިތުރަށް ބަދަހިކުރުމާއި ޓީމެއްގެ ގޮތުގަ މަސައްކަތް ކުރުމަށްޓަކައި ކުރިއަށްގެންދިޔަ ހަރަކާތެއް.” ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރަށާއި ސިޓީތަކާބެހޭ ވުޒާރާއަށް 2 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުުން ބެޑްމިންޓަން މުބާރަތަކާއި، ފުޓްސެލް އަދި ހޭންޑްބޯ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
